އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ދަރިވަރަކާއި ބިދޭސީ ޓީޗަރަކު ދެމެދު ހަމަނުޖެހުމެއް ހިނގި ވީޑިއޯއެއް އާއްމުވުމާއެކު ޓީޗަރުންގެ ރައްކާތެރިކަން ޔަގީންކޮށްދޭން ސޯޝަލް މީޑިއާގައި ގޮވާލަން ފަށައިފި އެވެ.
ޓީޗަރަކާއި ދަރިވަރުގެ ދެމެދުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
އެކަން ހިނގާފައިވަނީ އިންޑިއާގެ ޓީޗަރަކާއި ދަރިވަރަކާ ދެމެދު އެވެ. އެ ޓީޗަރު މިހާރު ސަސްޕެންޑް ކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ޓީޗަރުގެ ދިފާއުގައި ނިކުމެފަ އެވެ.
ބިޝާރާ ނަމަކަށް ކިޔާ ޓީޗަރަކު ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ބުނީ، މިދިޔަ އަހަރު ކްލާސް ރޫމެއްގެ ތެރޭގަިއ ދަރިވަރަކު އޭނާއާ ދިމާލަށް ބޭއަދަބީ ބަސް ބޭނުންކޮށް ރުޅި އައިސްގެން ކްލާސް ޓޭބަލެއް އޭނާއާ ދިމާލަށް ކޮއްޕާލި ކަމަށެވެ.
ބިޝާރާ ބުނީ އެ ދުވަހު ކްލާހުން ނިކުމެގެން ދިޔައިރު އޭނާ ހުރީ ތުރުތުރު އަޅައި އަޅައި ކަމަށާއި، އެކަމަކު އެކަންތައް ހަނދާން ނައްތާލައި ކުރިއެކޭ އެއްގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ ކަމަށެވެ.
''އަބަދުވެސް މި ދައްކަނީ ދަރިވަރުންގެ ހައްގުތަކުގެ ވާހަކަ، އެކަމަކު ޓީޗަރުންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކަނީ ކާކު؟'' އޭނާ ބުންޏެވެ.
އަހުމަދު އުސައިދު ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި އަދުލާއި އިންސާފަށް ލޯބިކުރާނަމަ މިއަދު ކުރަންވީކަމަކީ ނަސަބެއް ގައުމެއް ބެލުމެއްނެތި ޓީޗަރުގެ ދިފާއުގައި ބަސްބުނުން ކަމަށެވެ
''މިފަދައިން ތަރުބިއްޔަތު ކޮށްފައިތިބި ދަރިންނާހުރެ ތައުލީމީ ދާއިރާއަށް މިއަދު ނިކުންނާނެ ބަޔަކު ނެތް. ޓީޗަރުންގެ ކަރާމަތަށް އަރައި، ގަޔަށްބޮލަށް އަރައި، ލަދެއް ހަޔާތެއްނެތި ބުލީ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން'' އޭނާގެ ޕޯސްޓުގައި ބުންޏެވެ.
''ކުރިން އަހަރެންވެސް އަބަދުހެން ޓީޗަރުން ބްލޭމް ކުރަން، އެކަމަކު ވިސްނުނީ އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫންކަން'' ޝަފީއްޔާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓު ފަށަމުން ބުންޏެވެ.
ޝަފީއްޔާ ބުނީ، ދަރިވަރު ޓީޗަރަށް އުދަނގޫކޮށް އެ ޓީޗަރުގެ ވީޑިއޯ ނަގައި ޓީޗަރުގެ ބޮލަށް ހުރިހާ ކަމެއް ޖަހާލުމަކީ އެއީ ދެރަވާ ކަމެއް ކަމަށެވެ.
އައްޑޫ އަށް ނިސްބަތްވާ ނަޖުދު ފޭސްބުކް ގަިއ ލިޔުނު ޕޯސްޓެއްގަިއ ބުނީ ގައުމު ދޫކޮށް ރާއްޖެއަށް އައިސް ކިޔަވައިދޭ ބޭރު ޓީޗަރުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
''ޓީޗަރު ހަމައެކަނި ދަތުރެއް ނޫން ކުރަނީ، އާއިލާ ދޫކޮށް، އަމިއްލަ ސަގާފަތާއި އެތައް ކަމެއް ދޫކޮށްލައި ރާއްޖެ އަށް އަންނަނީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް'' ބޭރު ގައުމުތަކުން އަންނަ ޓީޗަރުންނަށް އިހުތިރާމް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ނަޖްދުގެ ޕޯސްޓުގައި ބުންޏެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2