8 އެޕްރީލު 2025
ސިމްބޮލިކުން 2021 ވަނަ އަހަރު ނެރުނު "ކޯވަރެއް" ލަވަ ބެލުންތެރިންނަށް ކަމުގޮސް ޔޫޓިއުބުގައި މިލިއަން ވިއުސް ލިބިއްޖެއެވެ.
ސިމްބޮލިކުން ނެރުން "ކޯވަރެއް"ލަވައަކީ ރާއްޖޭގެ ކުދިބޮޑު އެންމެނަށް އެނގޭނެ ލަވައެކެވެ. މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު(ޕެސްޓް) އަދި ރައްޔާނު މުހައްމަދު(ރައިޑޭ) ގެ މިލަވަ ބެލުންތެރިންނަށް ދޫކޮށްލިތާ 24 ގަޑިއިރުތެރޭގައި ވައިގައި ހިފިއެވެ. ސޯސަލް މީޑިއާގައި ޕޯސްޓުތައް ޖަހާލަނީ "މި އަދި ބޯންދެނި ކޯރެއްގެ ކޯވަރެއް" ޖަހާލާފައެވެ. އެ ލަވައަށް ހަތަރު އަހަރު ވެގެން ދިޔައިރުވެސް އަދިވެސް އެ ލަވައަކީ އަހަރެމެންގެ ހަނދާނުން ފިލައިގެން ގޮސްފައިވާ ލަވައެއް ނޫނެވެ.
ރާއްޖޭގެ ލަވަ ކިޔުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ބަޔަކީ "ސިންބޮލިކް ރިކޯޑްސް"އެވެ. އަލަށް ރާއްޖެއަށް ރެޕް ލަވަކިޔުންތެރިންތަކެއް ނެރެ ގެނެސްދޭފެށި ލަވަތަކަކީ ރާއްޖޭގައި މީގެ ކުރިން މީހުންނަށް އަޑު އިވޭނެކަމަށް ހީވެސް ނުކުރާ ކަހަލަ ލަވަތަކެކެވެ.
ސިމްބޮލިކް ރެކޯޑްސްގެ ލަވަތައް ހަމައެކަނި މީހުންނަށް ކަމުދާންފެށީ ލަވަތަށް ކިޔާފައި ހުންނަ ގޮތަކުން ނޫނެވެ. ރާގުގެ ގޮތަކުން ނޫނެވެ. ލަވަތަކުގައި ހުންނަ މޮޅު ޅެންވެރިކަން ފެނި ރާއްޖޭގެ ފުންނާބު އުސް އެތައް ބަޔަކު ސިއްސުވާލި ބަޔަކަށް "ސިމްބޮލިކް" ވާނެއެވެ. ތަފާތު ގޮތަކަށް، އަޑު އަހާލަން ކަންފަތަށް ފަސޭހަ ގޮތަކަށް ޅެންތައް އަތުރާލާފަވާއިރު މީހުންގެ ހިތްތަކަށް "ސިމްބޮލިކް"ގެ ލަވަތައް ތީރެއް ފަދައިން ވަދެގެން ދެއެވެ.
https://www.youtube.com/watch?v=NwUWF1heYSo
ރާއްޖޭގެ ސިޔާސީ ބޭފުޅުން ޖަލްސާތަކުގެ ޕޯޑިއަމްތަކުގައިވެސް "ސިމްބޮލިކް"ގެ މޮޅު ޅެންވެރިކަން ދައްކުވައިދިން ލަވައެއް އަޑު އިއްވާލާފައިވާއިރު، އެތަކެއް ބައެއްގެ ލޯބި މިހާރު ސިމްބޮލިކުން ވަނީ ހޯދާފައެވެ.
މިގޮތުން މީގެ ކުރިން "ސިމްބޮލިކް"ގެ ލަވަތައް އަޑުއަހާ އުޅެނީ ޒުވާނުން އެކަނި ކަމުގައިވީނަމަވެސް މިއަދު އެއްވެސް އުމުރުފުރާއެއްނެތި ކޮންމެ ޖެނެރޭޝަނެއްގެ ބަޔަކަށްވެސް "ސިމްބޮލިކް"ގެ ލަވަތައް ކަމުދެއެވެ.
މިހާރު "ސިމްބޮލިކް"ގެ ލަވަތަކަށް މީހުން އިންތިޒާރު ކުރެއެވެ. ލޯބީގެ ވިޔަސް ހިތާމަވެރި ވިޔަސް އުފާވެރި ވިޔަސް މިކަހަލަ ކޮންމެ އިހުސާސެއް "ސިމްބޮލިކް"ގެ ލަވަތަކުން ގެނެސްދެނީ ވަރަށް ފުރިހަމަކޮށެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0