ސްޓޭޖް ކޯ އިން ތައްޔާރުކޮށްފައިވާ ބައިބަލާ ރިންގް -- ފޮޓޯ: ކުރިއަށް
ބައިބަލާ އަކީ ޒަމާނުންސުރެ ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. މީގެ އަހަރުތަކެއް ކުރިން އުފެދުނު ބައިބަލާ އެސޯސިއޭޝަނަށް ފަހު، ކޮންމެ އަހަރަކު މަދުވެގެން އެއް މުބާރާތް ބާއްވަ އެވެ. މިހާރު އާންމު އުސޫލެއްގެ ގޮތުން ފިތުރު އީދަށް ފަހު ބާއްވާ މި ބައިބަލާ މުބާރާތަކީ، ދިވެހި ޒުވާނުންނަށް ޖޯޝުން ފުރިގެންވާ އީދެއްފަދަ އެވެ.
މިފަހަރުގެ ބައިބަލާ މުބާރާތް ފޯރީގައި ކުރިއަށް ގޮސް، މިހާރު ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، މިއަހަރު އެހެން އަހަރުތަކާ ހިލާފު ކަމެއް ފާހަގަކުރެވުނެވެ. އެއީ ބައިބަލާ ކުޅޭ ސަރަހައްދުގައި "ސްޓޭޖް ކޯ"އިން ގާއިމްކޮށްފައިވާ ނަލަ ސެޓަޕުގެ ސަބަބުން މި މުބާރާތަށް ލިބިފައިވާ އާ ދިރުމެވެ.
ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި އެންމެ ތަރުހީބު ބޮޑު މި މުބާރާތުގެ ސެޓަޕް، އިވެންޓް ޕްރޮޑަކްޝަން ކުންފުނި ކަމުގައިވާ ސްޓޭޖް ކޯ އިން ގާއިމްކޮށްދީފައި ވަނީ އާދައިގެ ގޮތަކަށް ނޫނެވެ. މިއީ ދުނިޔޭގެ ފެންވަރުގެ ސެޓަޕެކެވެ.
ސްޓޭޖް ކޯ އިން ވަނީ މި މުބާރާތް ބާއްވާ ބައިބަލާ ރިންގުގައި އެންމެ ޒަމާނީ ފެންވަރުގެ ލައިޓިން އާއި އޯޑިއޯ އަދި ވިޝުއަލް އިކިއުޕްމަންޓްތައް ބަހައްޓާފަ އެވެ. އެލްއީޑީ ސްކްރީނުގައި ބަދަލުވަމުންދާ ގޮތަށް އަޅުވާފައިވާ އިސްތިހާރުތަކައި، އެ ސަރަހައްދުގައި ތިބޭ ބެލުންތެރިންނަށް މުބާރާތުގެ މަންޒަރުތައް ވަގުތުން ދައްކުވައިދޭކަމުން މުޅި ސަރަހައްދުގެ ރޫހު އާވެ އެވެ. މި މުބާރާތް ބަލާލުމަށް އެ ސަރަހައްދަށް ޖަމާވާ ސަޕޯޓަރުން ވެސް އެންމެ ހިތްހަމަޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރަނީ މިފަހަރުގެ ސެޓުގެ ހިތްގައިމު ކަމެވެ.
"މިފަހަރު ހަމައެކަނި ފުރިހަމަ އިވެންޓެއް އިންތިޒާމްކުރުމުގެ ބަދަލުގައި، މިފަދަ އިވެންޓުތައް ބާއްވަންވީ ފެންވަރު މި ކަނޑައެޅުނީ. އަހަރުމެން ބޭނުންވަނީ ކްލައިންޓުންނާ ވީހާ ވެސް ގާތުން މަސައްކަތްކޮށް ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭން. އަހަރުމެންގެ ކޮލިޓީއަށް ކުރާ އިތުބާރަކީ އަހަރުމެން ކުރިއަރަން ލިބޭ ބާރެއް" ސްޓޭޖްކޯއިން ބުނެ އެވެ.
ސްޓޭޖްކޯއަކީ މިހާތަނަށް މިފަދަ ކާމިޔާބު އެތައް މަސައްކަތެއް ކޮށްފައިވާ ތަޖުރިބާކާރު ބައެކެވެ. ސްޓޭޖް ކޯ އަކީ އުރީދޫ މޯލްޑިވްސްގެ ވެސް އޮފިޝަލް އިވެންޓް ސޮލިއުޝަން ޕްރޮވައިޑާ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0