ޝަހީދު ހުސައިން އާދަމްގެ ޑައިރީން: ލޯބީގެ ސިޓީތަކުގެ ތަންކޮޅުތައް

Shaheed Hussain Adam ge dairy in: Loabee ge sitee thaku ge thankolhu thah

ރިޕޯޓް

ޝަހީދު ހުސެއިން އާދަމް އަކީ ދިވެހިންނަށް މި ލިބުނު ނަސްރުގެ އިމާރާތުގެ މައި ތަނބެވެ. އޭނާގެ ހަޔާތުގެ ކޮންމެ ޗެޕްޓަރަކީ ވެސް އަހަރުމެން ދިވެހިންގެ ޝައުގު އޮންނާނެ ކަމެކެވެ. ހުސައިން އާދަމްގެ ހަޔާތާ ގުޅޭ ގޮތުން ޑރ. ހުސައިން ހަލީމް ލިއުއްވި ފޮތަކުން އެންމެ އަޅައިގަތީ ހުސައިން އާދަމްގެ ޑައިރީގެ ބައިބައިކޮޅެވެ.

އެއީ މޮނީޓަރު ފޮތެކެވެ. ހުސައިން އާދަމްގެ އާއިލާގެ އެކި މީހުންނާ އިންޓަވިއުކުރުމަށް ޑރ. ހުސައިން ހދ. ކުޅުދުއްފުށްޓަށް ދިޔަ އެވެ. ހުސައިން އާދަމްގެ ބޭބެ، ހަސަން އާދަމްއާ ވާހަކަ ދައްކަމުން ދަނިކޮށް މީގެ ފޮތެއް އޮތް ކަން އެނގުނެވެ. ޑރ. ހުސައިނަކީ ލިއުންތެރިއަކަށްވެ، ހަސަން އޭނާއަށް އެ ފޮތް ހަދިޔާ ކުރި އެވެ. 

މި ލިޔުމުގައި ހިމަނާލާފައިވާނީ ޑރ. ހުސައިންގެ 316 ސަފުހާގެ ފޮތުން، ހުސައިން އާދަމްގެ ޑައިރީން އޭނާ ހިމަނާފައިވާ ލޯބީގެ ސިޓީތަކުން ބައެކެވެ. އެ ގޮތުން އެ ފޮތުގައި ހަތަރު ސިޓީއެއް ހިމަނާފައިވެ އެވެ.

ފުރަތަމަ ސިޓީ

ދުނިޔެ ދޫކޮށްލަން ޖެހުނަސް، ވެރިފަރާތާ ވަކިވާން ޖެހުނަސް، ދުނިޔެ ދޫކޮށްލަން ޖެހުނަސް، ވެރިފަރާތާ ވަކިވާން ޖެހުނަސް، އަހަރެންގެ ފުރާނަ ދިޔައަސް ކޮންމެ ގޮތެއް ވިޔަސް އަހަރެން ނުދާނަމެވެ. 

އަހަރެންގެ ލޯބިވެރިޔާ އެވެ. ހިލޭ މީހުންނާއި ކާތަކެތި ޖައްސަމުން އަހަރެންގެ ހިތް އަންދަނީ ކީއްވެގެން ހެއްޔެވެ؟ މުޅި ބޮޑު ބާޒާރުގެ އެންމެން އަހަރެން ކުޅިވަރަކަށް ހަދާނީ ކީއްވެ ހެއްޔެވެ؟

ކަލާގެ އަނިޔާތަކަށް ކެތްކުރާނަމެވެ. އެކަމަކު ކަލާގެ މީހެއްގެ ގޮތުގައި ހުންނާނަމެވެ. އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު ކަލާގެ ނަން ކިޔާނަމެވެ. ލޯބީގެ ދުޝްމަނުން ކޮންމެ ގޮތަކަށް ދުނިޔެ ބަދަލުކޮށްލިއަސް އަހަރެން މި ގޮތުގައި ހުންނާނަމެވެ.

އަހަރެންގެ ލޯބިވެރިޔާ އެވެ. މި ގޮތަށް ހިތް އަންދަނީ ވިއްޔާ ކަލާ ވެސް އަދައިގެން ދާނެ އެވެ. ކަލާގެ ނިދި ވެސް ގެއްލޭނެ އެވެ. ކަލާގެ ހިތަކަށް ވެސް ބާރެއް ނުހިންގޭނެ އެވެ. ލޯބިވެރިޔާ އެވެ. ބޭވަފާތެރިކަން ކަލާއަށް ވެސް ހެވެއް ނޭދޭނެ އެވެ. 

އަހަންނަކީ ކަލާގެ ދިރިއުޅުމެވެ. އެކަމަކު ހީވަނީ ނުދަންނަ މީހެއް ހެންޏެވެ. ލޯބީގެ އަލިފާނުން އަނދަމުން ގޮސް ދުނިޔޭގައި ކަލާ ތާހިރު ވާށެވެ.

ދެވަނަ ސިޓީ 

ކަލާ އަހަރެންނާ އެކުގައި ވަނީ ނަމަ އަހަރެންނަށް ފަތަހަ ލިބޭނެ އެވެ. ދިރިއުޅުމަށް ޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ އާ ހަނގުރާމަ އެކެވެ. އަހަރެންގެ ތުންފަތުގައި މި ރާގު އެޅުވީ ކަލާ އެވެ.

ކަލާގެ ލޯބީގެ ސަބަބުން އަހަރެންގެ މުޅި ހަޔާތަށް ރާގުތައް ފެތުރިގެން ހިނގައްޖެ އެވެ. އަހަރެންގެ ހުރިހާ ވެސް އެއްޗެއްސަކީ ކަލާގެ އެއްޗެއްސެވެ. 

އަހަރެންގެ ހިތުގެ ލޯތްބާ އެވެ. އަހަރެންނަކީ ތަސްވީރެކެވެ. އަހަރެންގެ ކުލަ އާއި ސޫރައަކީ ކަލާ އެވެ. ހިތްވަރު ދެރަ ނުކުރާށެވެ. ދުނިޔޭގެ ދަތިތަކާ ކުރިމަތިލާށެވެ.

ދެކިބަލާށެވެ. އުޑުގެ ކުލަ އެއޮށް ބަދަލު ވަމުން ދަނީ އެވެ. މިއީ ބަލިވުމުގެ ކުލައެއް ނޫނެވެ. އަހަރެމެން އަލިފާން ރޯކޮށްގެން އަނދިރިކަން އަލިކަމަށް ބަދަލުކޮށްފާނަމެވެ.

ހިތުގައި މި އުންމީދު އޮތްހާ ހިނދަކު ހިތާމައެއް ނެތެވެ. އަހަރެމެން ދެ މީހުންގެ ނަން އެއް ނަމާއި އަނެއް ނަން ގުޅިފައި ވަނީ މަޑިއާއި ރޮދި ފަދައިންނެވެ. މަސްތުވައިގެ ތެރޭގައި އުދުހެނީ ވެސް މަޑިއާރޮދިފަށް ފަދައިންނެވެ. އަހަރެމެން ދެ މީހުން ގުޅިފައިވަނީ އެފަދައިންނެވެ. 

ހަނގުރާމައިގެ ބޭނުމަކީ ތަޅާފޮޅުމެވެ. ވީއިރު މަރު ދެކެ ބިރު ގަންނަންވީ ކީއްކުރަން ހެއްޔެވެ؟ ތަޅާފޮޅުމުގައި ދިރިތިބެންވީ އެވެ. ތަޅާފޮޅަމުން މަރުވާންވީ އެވެ. މި ޒަމާނުގައި ދިރިއުޅެންވީ ގޮތަކީ މިއީ އެވެ. ދިރިއުޅުމަށް ޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ އާ ހަނގުރާމަ އެކެވެ.

ތިންވަނަ ސިޓީ

ގެއްލިފައިވާ ލޯތްބެވެ. ލޯބިވާ އުލްފަތުގެ ރާނީއަށް އެންމެހާ ވަސްމީރުވެގެންވާ މާމެލާ މެލީގެ އަބީރުން ކަނޑުގެ ރާޅުބާނީތަކާއި ޖައްވުގެ ވަޔާހަވާލުކޮށް ވެދުމާ ސަލާމުގެ ގުލްހާރުތައް ބަރުތީލަ ކޮށްލާ ފޮނުވަމެވެ. 

އެއަށްފަހު ދަންނަވަމެވެ. އިޝްގުގެ ރާނީ އެވެ. އަހަރެން ރޭގަނޑު ދާހަތަރުދަމު ނިދި ދޫކޮށްލާފައި، ފިކުރު ކުރަން އިނުމުގެ އަސްލަކީ ކޮބައިތޯ؟ 

ޝައްކެއް ނެތެވެ. ހަމަ ތިޔަ މަލުގެ ރާނީގެ ސޫރަ އެހެން އިބާރާތަކުން ދަންނަވާނަމަ، ތިޔަ ރާނީގެ ތަސްވީރީ ފޮޓޯ އަހަރެންގެ ހިތުގެ ވޯޑުގައި ކުރެހިފައިވުމާއެކު، އަހަންނަށް އުނދަގޫ ކުރަނީ އެވެ. 

އާދޭހެވެ. އެއްކަލަ ޖޯލިފަތި މަތިން ހަނދާން ވަނީ އެވެ. ދެ މީހުން އެކަނި ތިބެގެން ހޭދަކުރާ ގަޑިތަކާއި ދެ މީހުންގެ ދެމެދުގައި ދެކެވިފައިވާ ލޯބީގެ ވާހަކަތަކުގެ މަތިން ވެސް ހަނދާން ވަނީ އެވެ. 

އޭ އިޝްގުގެ ރާނީ އެވެ. ޖަޒީރާތަކުގެ ވެރި ﷲ ކަލާއަށް ދެއްވާފައި ވަނީ ވަރަށް ވެސް ދީލަތި ކަމެވެ. އަވައްޓެރި ހުރިހާ އެންމެނަށް ސަލާމް، އިހުތިރާމާއި ގަބޫލުކުރެއްވުން އެދެމެވެ. 

ހަތަރުވަނަ ސިޓީ

ދެލޯފަދަ ލޯބިވާއަށް. ކުލަގަދަ އަސަރުގަދަ ފިނިފެންމަލުގެ ވެދުން. 

ކަނޑުގެ ރާޅާއި ޖައްވުގެ ވަޔާއި ހަވާލުކޮށް ކަލާގެ އަރިހަށް ފޮނުވަމެވެ. 

އާދޭހެވެ. ލޯބިވާ އެވެ. ކަލާގެ ތަސްވީރެއް ފެންނަން ހުރިނަމަ އޭގައި ބޮސްދީގެން އެއް ދުވަހަކު ދެ ދުވަހަކު ކެތް ކޮށްލެވިދާނެ އެވެ.

ނަމަވެސް ކުރާނީ ކީއްތޯއެވެ. ހުވަފެނުގައި ވެސް ފެންނަނީ ރަތް ތުންފަތެކެވެ. ބްރައުން ކުލައިގެ އިސްތަށިގަނޑެކެވެ. އަދި ނާޒުކީ އަސަރުގަދަ ފިނިފެންމަލުގެ ކޯތާފަތުގެ ކަރުގަނޑެވެ. 

އާދެހެވެ. ލޯބިވާ އެވެ. އަހަންނަށް ހިނިތުންވުން ވެވޭނީ ކިހިނަކުންތޯ އެވެ؟ ތި ކަރުގަނޑު ނުލިބެނީސް މި ބަހާރެވެ. މި ރަބީއޭ އެވެ. ފޮޅިފައިވާ މާ ތަކުގެ ވެސް އަބީރީ ވައިރޯޅި ގޮވައިގެން އުދުހެނީ އެވެ. ދޫނިތައް އުފާ އުފަލުގައިި މިއުޒިކް ކުޅެނީ އެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

1438 ge Mashup 2: Raajjeyge Enme avas million views aa dhimaalah

1438ގެ މެޝަޕް 2: ރާއްޖޭގެ އެންމެ އަވަސް މިލިއަން ވިއުސްއާ ދިމާލަށް

0