ރައީސް މުއިއްޒު އަށް މިލަންދޫގައި އަޅާ އެއާޕޯޓުގެ މޮޑެލެއް ހަދިޔާކުރަނީ
ރަށް ރަށުގައި އެއާޕޯޓް އެޅުން މިހާރު ވަނީ ވާދާއަކަށްވެފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާ ދަތުރުުތަކުގައި އެއާޕޯޓަށް ރައީސް އަރިހު ރަށްރަށުގެ އެދޭ ވާހަކަ އެމަނިކުފާނު ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
އެގޮތުން އެންމެ ގިނަ އެއާޕޯޓް ފެންނާނެ އަތޮޅަކަށް ށ. އަތޮޅުވުން ވަނީ ގާތްވެފަ އެވެ. ށ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ.
ރައީސް މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިން ރަށެއްގައި ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއަށެވެ.
ދެން އެ އަތޮޅުގައި އެއާޕޯޓް އަޅާ ރަށްތަކަކީ:
ށ. މިލަންދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުން#RayyithunGaathah #ShaviyaniAtollVisit pic.twitter.com/5IF5g2yPib — The President's Office (@presidencymv) October 15, 2025
ކޮމަންޑޫ އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
މިލަންދޫގައި ރިޔާސީ އިންތިހާބުގައ ރައީސް މިލަންދޫ އަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވުމެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.
ބިންހިއްކުމާއި ބަނދަރުގެ މަސައްކަތް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
https://t.co/4Aute2Zej7#RayyithunGaathah #ShaviyaniAtollVisit pic.twitter.com/07OAx48Yyv — The President's Office (@presidencymv) October 15, 2025
އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރެވެ.
ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލާ ހަވާލުކޮށް އަދި އެ މަސައްކަތް މިއަދު އަލުން ފަށާފައިވާއިރު އެ އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުމުގެ މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރުވެސް އެ މަސައްކަތް ނުފެށެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2