އުމަރު ނަސީރު - ފޮޓޯ: ޕީއެސްއެމް
2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ގާތްގަނޑަށް 1000 ދުވަސް ބާކީ އޮތް ކަމަށް އަންދާޒާކޮށް، ކައުންޓްޑައުނެއް ވެސް ގެންދާ ގޮތަށް އުމަރު ނަސީރުގެ ކެމްޕެއިން ރޭ ފަށައިފި އެވެ.
އުމަރު ރޭ މި ކައުންޓްޑައުން ފެށުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި އެ އަހަރު ރިޔާސީ އިންތިހާބު އޮންނަނީ 9 ސެޕްޓެމްބަރުގައި ކަމަށެވެ. އެހެން ނަމަ އިއްޔެއިން ފެށިގެން ރިޔާސީ އިންތިހާބަށް އޮތީ 1000 ދުވަހެވެ.
އުމަރު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބުގައި އޭނާ ނުކުތުމުން ގިނަ ބަޔަކު ގަބޫލުކުރީ އޭނާއަށް ލިބޭނީ 7 ވަނަ ކަމަށެވެ. ނަމަވެސް ހަތަރުވަނަ ހޯދައި ގިނަ ބަޔަކު ސިއްސުވައިލެވުނު ކަމަށް ވިދާޅުވި އެވެ.
"އެ އިންތިހާބުގައި ވާދަކުރީ އޭރުގެ ރައީސް އާއި މީހުންގެ މަގުބޫލުކަން އޮތް ކުރީގެ ތިން ރައީސެއް އެންޑޯޒްކުރެއްވި ތިން ކެންޑިޑޭޓުންނާއި ދެ ބިލިއަނަރުންނާއި އަޅުގަނޑާއި އަދި އެކަކާ. އެހެންވެ 7 ވަނަ ލިބޭނޭ ކަމަށް ހީކުރީ," މިދިޔަ ރިޔާސީ އިންތިހާބުގެ ހަނދާންތައް ތާޒާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އުމަރު ދެން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ތިންވަނަ ހޯދި ސިޔާސީ ޕާޓީ، ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅުމުން މިހާރު ތިންވަނައިގައި އޮތް ޓީމަކީ އުމަރާއި އޭނާގެ ޓީމު ކަމަށެވެ.
"އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަޅުގަނޑުމެން މި ފަށަނީ ވެސް އިރާދަކުރެއްވިއްތީ ތިންވަނައިގައި ތިބެގެން. ނިންމާނީ އަނެއްކާ ވެސް ސިއްސައިގެންދާވަރުގެ ނަތީޖާއަކާ އެކީ," އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ގައުމަށް ހެޔޮ ބަދަލެއް ގެންނާނެ ބަޔަކީ އުމަރުގެ ޓީމު ކަން މިހާރު ދިވެހިންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. މީގެ ކުރިން ބަދަލަކަށް ވޯޓު ދިން ނަމަވެސް އެ ބަދަލު ހެޔޮ ބަދަލަކަށް ނުވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރަކީ 2013ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ޔާމީނާ ވާދަކުރެއްވި ލީޑަރެވެ. ނަމަވެސް ލިބުނީ ނާކާމިޔާބީ އެވެ.
އޭގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ހަދައިގެން ވާދަކުރި އެވެ. ނަމަވެސް އެ އިންތިހާބުގައި އުމަރަށް ލިބުނީ %2 ވޯޓެވެ. 6 ކެންޑިޑޭޓުން ވާދަކުރި އެ އިންތިހާބުގައި އުމަރަށް ލިބުނީ 5 ވަނަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އުމަރު ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. މާ ބޮޑު ކެމްޕެއިން ހަރަކާތްތަކެއް ނުހިންގި ނަމަވެސް 6,000 އެއްހާ ވޯޓާއެކު އިންތިހާބުގެ ހަތަރުވަނަ އުމަރު ހޯއްދެވި އެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2