މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ރައްޔިތުންނަށް ދައްކައިގެންނެވެ. ޕޯސްޓަރުތަކުގައި ވެސް މުއިއްޒުއާ އެއްވަރުގެ ޔާމީނުގެ ބޮޑު ފޮޓޯއެއް ވެސް ފެނެ އެވެ. ކެމްޕެއިން ޖަލްސާތަކުގައި ޔާމީނަށް ހާއްސަކުރައްވައި ހުސް ގޮނޑިއެއް ވެސް ބައިންދާފައި ހުއްޓެވެ.
މިއަދު ޔާމީން އާއި މުއިއްޒުގެ ގުޅުން ހީނަރުވެފައި އޮތަސް، މުއިއްޒަކީ ޔާމީނުގެ ދަރިވަރެކެވެ. އަދި އެއީ އޭރުގެ އިދިކޮޅު ލީޑަރު ޔާމީނަށް ވާދަނުކުރެވިގެން ދެއްކި 'ބެކްއަޕް' ލީޑަރެކެވެ. ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވެރިކަން ކުރައްވާއިރު ވެސް ވެސް ހަގީގަތުގައި ފެންނަނީ ޔާމިނުގެ ކުލަވަރެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އިޝްތިހާރުކުރައްވާ އިހުތިރާމުގެ ސަގާފަތް އެކުލަވާލުމުގެ ސިޔާސަތަކީ ވެސް ޔާމީނުގެ ވިޝަން އެވެ.
ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރު ގައުމީ ހައްގުތަކަށާއި ވަކިވަކި ފަރުދުންނަށް އިހްތިރާމްކުރުމުގެ ސަގާފަތެއް އަށަގަންނެވުމަށް ''ރެސްޕެކްޓް'' ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފެށި އެވެ. ޔާމީނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފެއްޓެވި އެ ކެމްޕޭނަކީ ސަރުކާރު ހިންގާ ގިނަ ކުންފުނިތަކުން އެންޑޯޒް ކުރި އެވެ.
ހަމަ އެފަދަ ކެމްޕޭނެއް ފައްޓަވާނެކަން ރައީސް މުއިއްޒު ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ. މިދިޔަ އަންގާރަ ދުވަހު މަހިބަދޫގައި ރައީސް ވިދާޅުވީ އެ ކެމްޕޭނަކީ ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމް އަދާކުރުމުގެ ގޮތުން ހިންގަވާނެ ކެމްޕޭނެއް ކަމަށެވެ.
ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގައި ބައިވެރިވެވަޑައިގެން، އިހު އޮތް އިޙްތިރާމް އަދާކުރުމުގެ އާދަ އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އަންނަ އަހަރުގެ ތެރޭގައި މީހުންނަށް އިޙުތިރާމް އަދާކުރުމަށް "ރެސްޕެކްޓް ކެމްޕޭން" ފަށަން ބޭނުންވޭ: ރައީސް@presidencymv@MMuizzu#RayyithunGaathah #AlifuDhaaluAtollVisit pic.twitter.com/MY7vGvMpt8 — PSM News (@psmnewsmv) October 7, 2025
ހަގީގީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ކެމްޕޭން ހިންގާނެ ގޮތެއް ސަރުކާރުން އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކެމްޕޭނުގައި ޔާމީންގެ ސަރުކާރުން ކެމްޕޭން ހިންގި ގޮތާއި އެއްގޮތް ކަންތައްތަކެއް ފެނުން އެކަށީގެންވާ ކަމެކެވެ.
މުއިއްޒުގެ ސަޕޯޓަރުން ބުނާނީ މިއީ ޔާމީނަށް ނުވި ކަންކަން ތަންފީޒުކުރާނެ ފަހަރު ކަމެވެ. ޔާމީނުގެ ސަޕޯޓަރުން ބުނާނީ މުއިއްޒަށް ލެގަސީއެއް ނުއުފެއްދިގެން ޔާމީނުގެ ލެގަސީ ކޮޕީ ކުރައްވަނީ ކަމަށެވެ.
ވާނެ ގޮތް ބަލަން ތިބެމާ ދޯ އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2