19 މޭ 2025
ރާއްޖޭގެ މަޝްހޫރު މިއުޒިކް އާޓިސްޓް ޓޯއި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 20 ލަވައިގެ ސިންގަލް އަލްބަމެއް 'ވީއައި: ދަ އަންރިޓެން ޗެޕްޓަރ' ގެ ނަމުގައި ނެރެފިއެވެ.
މިއީ ދިވެހި މިއުޒިކް އިންޑަސްޓްރީގައި މުހިންމު ސަފުހާއެއް ކަމުގައި ބެލެވެއެވެ. މި އަލްބަމަކީ ގިނަ ބައެއްގެ ބުރަ މަސައްކަތާ އެހީތެރިކަމުން އުފެއްދި މަސައްކަތެއްކަމަށް ޓޯއި ފާހަގަކުރި އެވެ.
މި 20 ލަވައިގެ އަލްބަމްގެ ޕްރޮޑަކްޝަން މަސައްކަތުގައި ޝާހުވެއިން، ޕެންޑާ، ޑީމަން އަދި ރީޕާ ފަދަ ޕްރޮޑިއުސަރުން ބައިވެރިވެފައިވެ އެވެ. މިކްސިންގް މަސައްކަތުގައި ހައިޝަމް ނަސީރުގެ އެހީތެރިކަން ލިބިފައިވެއެވެ.
މި އަލްބަމްގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ޕެންޑާ، ނައްލު، ޝާދިން، ޒިޔާ، ނައިޑެން، ތިފޫ، ސިރާޖު، މާނު، މާޓު، ޕެސްޓް ،ސައިފް އަދި ޑެވިން ވަނީ ބައިވެރިވެފައެވެ. މިއީ ރާއްޖޭގެ މިއުޒިކް ސީނުގައި އެންމެ ފާހަގަކޮށްލެވޭ ފަންނާނުންގެ ތެރެއިން ގިނަ ބަޔަކު އެއް އަލްބަމެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
އަލްބަމްގެ މަސައްކަތުގައި އަތޫފްގެ އިތުރުން ހުޝާމް، ހިޝާމް، ސިރާޖު، ސައިފް، ޔައްނު، ނައްލު، ޕެސްޓް، މާޓު، އަދޫ، މުއްލި، އޭޑީ، ބްލަޑް، މުސްކޯ، ޖަވިޔަނި، އަލާއު އަދި ސިރާ އަޒްވަރު ފަދަ ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ޓޯއި ބުންޏެވެ.
އަދި ކެޕިޓަލް ބީޗްވިލާ (އއ. މަތިވެރި) އާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ވެސް މި އަލްބަމަށް ލިބިފައިވެއެވެ.
އަލްބަމްގެ އާޓްވޯކް އީޝާ (ދި.އާޓް.ބިން_އެމްވީ) އުފައްދާފައިވާއިރު، އަލްބަމްގެ ކަވާ އާޓްގެ އެނިމޭޝަން މަސައްކަތް ވަނީ އަލާއު ކޮށްފައެވެ. މީގެ އިތުރުން އަލްބަމްގެ ވިޝުއަލް މަސައްކަތްތަކުގައި މުސްތޮ (ކުލަފިހި)، އެކްމެޑް، ޓެޑީ، ވިއްޓެ އަދި އިމްކާން ފަދަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ މިއުޒިކް ތާރީޚުގައި މިހާ ގިނަ ލަވައިގެ ސިންގަލް އަލްބަމެއް ނެރުމަކީ މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި އަލްބަމްގެ ހުރިހާ ލަވަތަކެއް މިހާރު ވަނީ ޔޫޓިއުބްއާއި ސައުންޑް ކްލައުޑްގައި ރިލީޒްކޮށްފައެވެ.
އަލްބަމްގެ މަސައްކަތުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޓޯއި ވަނީ ޝުކުރު އަދާކޮށްފައެވެ.
އަލްބަމް ގައި ހިމެނޭ ލަވަތަކަކީ:
1.ވަށާފާރު - ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
2. ސުވާލޭ – ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
3. 3 އޭއެމް – ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
4. ބުންޔޭ ދުރުވާން – ޓޯއި އެފްޓީ ނައްލު (ޕްރޮޑް.ޝަހޫ ވެއިން)
5. ބޭވަފާތެރިޔާ - ޓޯއި އެފްޓީ ޕެންޑާ (ޕްރޮޑް.ޕެންޑާ)
6. ނޯޔާ - ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
7. ހިތުގާ ޖެހިއްޖޭ - ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
8. ދެވުނީމާ – ޓޯއި އެފްޓީ ނައްލު (ޕްރޮޑް.ޝަހޫ ވެއިން)
9. މާފުކުރާށޭ - ޓޯއި އެފްޓީ ޝާދިން (ޕްރޮޑް.ޝަހޫ ވެއިން)
10. ކެތްކުރެވޭހޭ - ޓޯއި އެފްޓީ ސައިފް (ޕްރޮޑް.ޝަހޫ ވެއިން)
11. ފޫހިވަނީތޯ؟ - ޓޯއި އެފްޓީ ޒިޔާ،ނައިޑެން (ޕްރޮޑް.ޝަހޫ ވެއިން)
12. ހިޔަނި - - ޓޯއި (ޕްރޮޑް.ޑީމަން)
13. ވީ ވަފާ - ޓޯއި (ޕްރޮޑް.ޝަހޫ ވެއިން)
14. ދަތިކަން - – ޓޯއި އެފްޓީ ނައްލު (ޕްރޮޑް.ޕެންޑާ)
15. ކެތްކުރެވޭހޭ - ޓޯއި އެފްޓީ ތިފޫ (ޕްރޮޑް.ޕެންޑާ)
16. ނޫޅެވުން - ޓޯއި އެފްޓީ ސިރާޖް، މާނު (ޕްރޮޑް.ޑީމަން)
17. އުވާލާދަނީ - ޓޯއި އެފްޓީ މާޓު
18. ލިފާފާ - ޓޯއި އެފްޓީ ޕެސްޓް (ޕްރޮޑް.ޝަހޫ ވެއިން)
19. ހުންނަމޭ - ޓޯއި އެފްޓީ ޑެވިން (ޕްރޮޑް.ޝަހޫ ވެއިން)
20. ހީލާނަމޭ - - ޓޯއި (ޕްރޮޑް.ރީޕާ)
0%
0%
0%
0%
0%
9 ޖޫން 2025
0
8 ޖޫން 2025
0
7 ޖޫން 2025
0
7 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0