ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސޯޝަލް މީޑީއާގައިވެސް އެ ވާހަކަ މިހާރު ވަނީ ''ވައިރަލް'' ވެފަ އެވެ.
ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އޯޝަންސް ނޭޝަން އިން އެކަމާ ކަންބޮޑުވުންތައް ފާޅުކޮށް އިންސްތަގްރާމް ގައި ކުރި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމަލުކަން ވަނީ ލިބިފަ އެވެ.
''އަހަރެން ރާއްޖެ ޒިޔާރަތްކުރާ ހަމައެކަނި ސަބަބަކީ މިޔަރުތައް ބަލަން'' ނިޒީއިޒީ ނަމަކަށް ކިޔާ އެކައުންޓަކުން އެ ޕޯސްޓަށް ކުރި ޕޯސްޓެއްގައި ބުންޏެވެ.
ޖޯ ތިތޯ ނަމަކަށް ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ބުނީ އޭނާ އެންމެ ދާން ބޭނުންވާ ގައުމުތަކުގެ ލިސްޓު (ބަކެޓް ލިސްޓު) ގައި ރާއްޖެ ހިމެނެނީ، ކަނޑުގެ ދިރުންތައް ރައްކާކުރަން ރާއްޖެއިން މަސައްކަތް ކުރާތީ ކަމަށެވެ. އެކަމަކު މިޔަރު މަސްވެރިކަމަށް ހުޅުވަން ނިންމުމުން ރާއްޖެ ދިޔުމުގެ ހިޔާދު ދޫކޮށްލާފައިވާ ކަމަށް އެ މީހާ ބުންޏެވެ.
''އަންނަ އަހަރު ރާއްޖެ ދާން އޮތީ ރާވާފައި، އެކަމަކު މިހާރު ކެންސަލް ކޮށްފިން'' އެ މީހާ ބުންޏެވެ.
''ދިވެހި ސަރުކާރުން މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެނީ ކީއްވެ'' ސަރުކާރުގެ ނިންމުމާ މެދު ސުވާލު ކުރަމުން މީހަކު ލިޔުނު ކޮމެންޓެއްގައި ބުންޏެވެ.
އިތުރު މީހަކު ކުރި ޕޯސްޓެއްގައި ބުނީ އޭނާ ދެން ރާއްޖެ ދާނީ ސަރުކާރުގެ ނިންމުން ބަދަލުކުރުމުން ކަމަށެވެ. މިޔަރުގެ މަސްވެރިކަން ހުއްދަކުރުމާ ދެކޮޅަށް ބޭރުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2