މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ'' މިއީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވ ވާހަކަ އެކެވެ.
މަޖިލީހުގެ ރައީސް އެހެން ވިދާޅުވީ އިތުބާރު ނެތިގެން މަޖިލީހުން ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ޓެކްސް ޓްރައިބިއުނަލް އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވުމާ ގުޅުވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
އަބްދުއްރަހީމް އެ ވިދާޅުވި ވާހަކައާއެކު ސޯޝަލް މީޑިއާގައި އެ ހަބަރު ލިޔެފާއި އާޓިކަލް ކޮމެންޓުންތަކުން ވަނީ ފުރާލާފަ އެވެ. އަދި އެތައް ބަޔަކު އެ އާޓިކަލް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެ އެވެ.
"މާނައަކީ އަދި ރައީސް ޔާމީންވެސް ކަމުގޮސްފާނެޔޯ ދޯ" އަބްދުއްރަހީމްގެ ހަބަރު ލިޔެފައިވާ އާޓިކަލް އަށް މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. އެ ކޮމެންޓު ކުރި މީހާ އިޝާރާތް އެކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އަބްދުއްރަހީމްއާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ދިޔުމަށެވެ.
އިތުރު މީހަކު ކުރި ކޮމެންޓެއްގައި ބުނީ އަބްދުއްރަހީމްގެ ވާހަކައިން ދޭހަވަނީ އެމަނިކުފާނާ ޔާމީންއާ ދެބޭފުޅުން އެކުގައި މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމުގެ ސިގްނަލް ކަމަށެވެ.
"މަނިކުފާނުގެ ސިޔާސީ ކެރިއަރު ނިންމާނީ ހަމަ ރައީސް ޔާމީންއާ އެއްކޮށް ހުރެގެން. އަދި ވަގުތު އެބައޮތް. ފުރުސަތުވެސް އެބައޮތް" ޔާމީނަށް ތާއިދުކުރާ މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
ސޯޝަލް މީޑީއާގެ ޕޯސްޓުތަކުގައި އަބްދުއްރަހީމް ދެއްކެވި ވާހަކައަކީ ޔާމީނަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ކަމަށް ކޮމެންޓުތަކުގައި ހުއްޓަސް އަބްދުއްރަހީމްގެ ވާހަކާގައި އެއްވެސް މީހެއްގެ ނަން ނުގެންނަވަ އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި އަބްދުއްރަހީމްއާ ޔާމީންއާ ދެމެދު އޮތް ގުޅުން ހީނަރުވިތާ މާގިނަ ދުވަހެއް ނުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެބޭފުޅުންގެވެސް ގުޅުން ވަރަށް ބޮޑަށް ވަނީ ހީނަރުވެފަ އެވެ.
އެ ދެބޭފުޅުން ދެމެދު "މައްސަލަ" ޖެހުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރި ހިސާބުންނެވެ. އެ މައްސަލާގައި އަބްދުއްރަހީމް ރައީސް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ހަމަ އެ ދޭތެރެއިން މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ވަކިކުރުމަށް ޕީއެންސީން މަސައްކަތް ފެށިކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.
0%
0%
0%
0%
0%
3 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
12 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0