ރައީސް މުއިއްޒުގެ އަރިހުގައި ގާސިމް - ފޮޓޯ: މަޖިލީސް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސަރުކާރު ކޮޅަށް ރަނގަޅަށް ޖެހިލައްވައި، މިއަދު ރަައީސް ޑރ. މުހައްމަދު މުއިއްޒަށް ސަނާ ވެސް ކިއުއްވައިފި އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވެރިކަންކުރާ ޕީއެންސީން ގާސިމް ވާދަކުރެއްވި މާމިގިލި ދާއިރާއަށް ކެންޑިޑޭޓެއް ނެރެފައެއް ނުވެ އެވެ. ބަދަލުގައި ގާސިމް ވެސް ސަރުކާރަށް ފާޑުވިދާޅުނުވެ ހުންނެވި އެވެ. އާންމުކޮށް ކޮންމެ ސަރުކާރަކާއެކީ އެ ސަރުކާރަކަށް ފާޑުވިދާޅުވާ ގާސިމް ހަނު ހުންނެވުމުން "ޑީލެއް" އޮތް ކަން ބެލެވެން އެބަ އޮތެވެ.
އޭގެ ފަހުގައި ކާޑެއްދޫ އެއާޕޯޓް، ގާސިމްގެ ވިލާ ކުންފުނިން ސަރުކާރަށް ހަވާލުކުރަނީ އެ ކުންފުނިން އެ ތަނަށް ކުރި އިންވެސްޓްމަންޓްގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ 18 މިލިއަން ޑޮލަރު ސަރުކާރުން އެ ކުންފުންޏަށް ދިނެވެ.
ދެން ފެނުނީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާއަކީ ގައުމު ހަލަބޮލިކުރަން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ގާސިމް އެކްސްގައި ޕޯސްޓެއް ކުރެއްވި ތަނެވެ.
މިއަދު ރައީސް މުއިއްޒު، ގާސިމްގެ އުފަން ރަށް ފެންފުއްޓަށް ވަޑައިގެންނެވި ވަގުތު އަރިހުގައި ހުންނެވި އެވެ. އަދި ފެންފުށީގައި ބޭއްވި ޖަލްސާގައި ރައީސަށް ހުޝާމަދު ކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.
"މި ގާނޫނުއަސާސީ ބަދަލުވެގެން އައި ފަހުން މިއަދާ ހަމައަށް ވެރިކަން ކުރަން މަނިކުފާނު ހަވާލުވެވަޑައިގަތުމާ ހަމައަށް އަޅުގަނޑު ނުދެކެން މަނިކުފާނު ހަވާލުވެވަޑައިގެން ފަހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމާ އެކީގައި އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތްކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކު އަޅުގަނޑު ނުދެކެން،" ގާސިމް ވިދާޅުވި އެވެ.
2008 ގެ ސިޔާސީ ޕާޓީ ނިޒާމާއެކު ގާސިމްގެ ދައުރު ވަރަށް ބޮޑެވެ. ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމަށް 2008 ގައި ހަތަރުވަނަ އަދި 2013 ގައި ތިންވަނަ ލިބެ އެވެ. 2013ގައި ގާސިމަށް 50،000 ވޯޓު ލިބެ އެވެ. އޭރު ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަނީ ގާސިމްގެ ތާއީދާ އެކީގަ އެވެ.
ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމްގެ މަގުބޫލުކަން ވެއްޓި ލިބިވަޑައިގަތީ އެންމެ 5،000 ވޯޓެވެ. އަދި އެއީ އިންތިހާބުގެ ފަސްވަނަ އެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
12 ޖޫން 2025
0
8 ޖޫން 2025
0
4 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0