ސަރުކާރުން ގެންދަނީ އާންމު އެތައް ވިޔަފާރިއަކަށް ވަންނަމުންނެވެ. ޓެކްސީ، އައިނު ވިޔަފާރި، މޭވާ ތަރުކާރީ ވިޔަފާރި މިހެން ގޮސް އެކި ވިޔަފާރިތަކެވެ. އަދި ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތައް ދެނީ، ކުންފުނި އުފެއްދި ސަބަބަށް ވެސް ބެލުމެއް ނެތި، ސަރުކާރުގެ ކުންފުނިތަކަށެވެ.
އެ ހާލަތުގައި މީގެ ކުރީގައި އަމިއްލަ ކުންފުނިތަކުން ކޮށްދީފައިވާ މަސައްކަތްތަކަށް ސަރުކާރުން ދަރާފައިވާ ފައިސާ ވެސް ނުދެއްކި ދިގުލައިތީ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.
ރާއްޖޭގެ އެންމެ ދެކުނު، އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްކެވި ވާހަކަފުޅުގައި އެންމެ ބޮޑަށް އަލިއަޅުއްވައިލެއްވީ ވެސް ޕްރައިވެޓް ސެކްޓާ އަށެވެ. އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ސިޔާސަތުތަކެއް ގެންގުޅޭ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ފުރަތަމަ ކަމަކަށް މާލެއާއި ރަށްރަށުގައި ސަރުކާރުން ހިންގާ އުމްރާނީ މަޝްރޫއުތައް ޕްރައިވެޓް ސެކްޓަރަށް ހަވާލުކުރާނެ ބަލާއިރުގައި މާލިއްޔަތު ގާނޫނުގައި އޮންނަނީ ހަރުކަށި އުސޫލުތަކެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކޮށްފައި ވެސް މަޝްރޫއުތަކެއް ޕްރައިވެޓް ސެކްޓަރަށް ދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި އެވެ.
އެ ގޮތުން ފުވައްމުލައް ސިޓީގައި އައްޑޫ ސިޓީގައި ހިންގާ 8 މަޝްރޫއެއް ދިނީ ޕްރައިވެޓް ސެކްޓަރަށް ކަން ފާހަގަކުރެއްވި އެވެ. އަދި މުޅި ރާއްޖޭގައި ގާތްގަނޑަކަށް 213 މަޝްރޫއު ޕްރައިވެޓް ސެކްޓަރަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކި ދާއިރާތަކުގެ މަޝްރޫއު. އެއީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުޅިވަރު ދާއިރާ ކަމަށް ވިއަސް، އަމަންއަމާންކަން ކަމަށް ވިއަސް، އަޅުގަނޑުމެން މި ހަވާލުކުރަން ތައްޔާރުވެފައި," ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މިހާރު ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރީ ފައިސާ އިއްޔެއިން ފެށިގެން ދައްކަމުންދާ ކަމަށާއި މި މަސް ނިމޭއިރު ދަރަނިތައް އެއްކޮށް ހަލާސްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓަރަށް އަންނާނެ ކުރިއެރުން ވަޒަން ކުރެވޭނީ ރައީސްގެ ބަހާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުންނެވެ. އަދި އެއީ ވަކި ބަޔަކު އިސްނުކޮށް ހަމަހަމަ ދެފުށް ފެންނަ އުސޫލެއްގެ ވެސް ތެރެއިންނެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2