ޕެންޝަން އޮފީހުން އިސްތިއުފާ ދެއްވި ބޭފުޅުން -
ޕެންޝަން އޮފީހުގައި އިސްތިއުފާގެ ސިލްސިލާއެއް މި ދަނީ ހިންގަމުންނެވެ. އިއްޔެއާ އެކީ 5 އިސްތިއުފާ އެވެ.
މި އެންމެން އިސްތިއުފާ މި ދެއްވީ، ސަރުކާރާ އެކު ބޮޑު މުއާމަލާތެއް ހިންގަން ހުށަހަޅާފައި ވަނިކޮށެވެ. މި އެންމެންގެ އިސްތިއުފާއާ އެކު ސަރުކާރުގެ ޓީބިލަކަށް އިންވެސްޓް ކުރަން ބޯޑުން މިހާރު ވަނީ ނިންމައިފަ އެވެ.
އެއީ ޕެންޝަން ފަންޑުން އިންވެސްޓްކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށްފަހު ސަރުކާރުގެ ބޮންޑަކަށް އެ ފައިސާ އިންވެސްޓް ކުރުމެވެ.
މީގެ ކުރިން ސަރުވަޝް ނެރުއްވި ބަޔާނެއްގައި މިއީ ފައިސާ ޗާޕްކުރުން ކަމަށް ތުހުމަތުކުރައްވާފައިވެ އެވެ.
މި ހިންގަން އުޅެނީ ސީރިއަސް ކަމެކެވެ. ހާއްސަކޮށް މަސައްކަތްތެރިންގެ ފައިސާއިން އިންވެސްޓްކޮށްފައި ހުރި ބޮންޑެއް ވިއްކާލުމަކީ ވިސްނަން ޖެހޭ އަދި ކަންބޮޑުވުން ހުރި ކަމެކެވެ.
މި ވާން އުޅޭ ގޮތަކާއި އިސްތިއުފާ ދެއްވަން ޖެހުނު ސަބަބު އިސްތިއުފާ ދެއްވި މީހުން ކިޔައިދޭން އެބަ ޖެހެ އެވެ. ހާއްސަކޮށް ބޯޑުގެ ޗެއާމަން އިނާޒެވެ.
އިނާޒަކީ މާލީ ތަޖުރިބާކާރެކެވެ. މާލީ ވަޒީރުކަން އަދި އިގުތިސޯދީ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އެންމެ ނިންމުމަކާ ގުޅިގެން ޕެންޝަން އޮފީހުން މިހާ ގިނަ އަދަދެއްގެ ބަޔަކު އިސްތިއުފާ ދެއްވީ މިއީ ރާއްޖޭގެ ތާރީހުގައި ކުރިން ފެނުނު ކަމެއް ނޫނެވެ. މި ވަރުން ވެސް މީގެ ސީރިއަސްކަން އެބަ ފެނެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
29 ޖަނަވަރީ 2026
0
28 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2