ބުދަ - 9 އެޕްރީލު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސުއޫދުގެ ފޮޓޯތައް - 'ކުރިއަށް' މީޑިއާ އާޓްވޯކްސް
ހުސްނުއްސުއޫދަކީ މި ހަފުތާގެ "ހެޑްލައިން މޭކާ" އެވެ. މުޅި ސޯޝަލް މީޑިއާގައި ސުއޫދެވެ. އެއް ބަޔަކަށް ސުއޫދަކީ ގައުމީ ބަތަލެކެވެ. ފަސްޖެހުމެއް ނެތި މަގާމަކުން އެ މަނިކުފާނު އިސްތިއުފާ ދެއްވި މިއީ ދެވަނަ ފަހަރެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގާޒީއަކު ހައްޔަރުކުރި ގޮތާއި ސުޕްރީމް ކޯޓުގައި ބޮޑުތަޅު އެޅުވި ގޮތާ މެދު ނުރުހިގެން ނަޝީދުގެ ބަންޑާރަ ނައިބު ކަމުން އިސްތިއުފާ ދެއްވި އެވެ.
މި ފަހަރު އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވީ، ޝަރުއީ ދާއިރާ ހުއްޓުވަން އުޅުއްވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި އެޅުވުމަށް ފަހު އެވެ.
ސުއޫދު ވިދާޅުވާ ގޮތުން އެ މަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށް ޖޭއެސްސީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތަކެއް ބަލަން ފެށީ ނުފޫޒު ފޯރުވާށެވެ. ސުޕްރީމް ކޯޓުން ބަލަން ނިންމާފައި އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލެއްގެ މައްސަލައިގެ ޝަރީއަތް ހުއްޓުވަން ކަމަށެވެ.
އެކަމަކު ޕީއެންސީގެ ލަޝްކަރީން ސޯޝަލް މީޑިއާއަށް ނުކުމެ ހަނދުމަކޮށްދިނީ ސުއޫދުގެ މާޒީ އެވެ.
އެ މީހުންނަކަށް ސުއޫދު ބަތަލަކަށް ނުވެ އެވެ. އެ މީހުންގެ ސުވާލަކީ ސުއޫދަކީ ކޮޅަކަށް ނުޖެހޭ އިންސާފުވެރި މީހެކޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެމްޑީޕީގެ ސަރުކާރުގައި، އެމްޑީޕީގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހަކުން ރުހުން ދީގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އިސްކުރެއްވުމުގެ ކުރިއަށް ސުއޫދު ހުންނެވީ އެ ޕާޓީގެ ޕޯޑިއަމްތަކުގަ އެވެ.
ޕީއެންސީގެ އެކްޓިވިސްޓް މަލްސާ ޝަރީފް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރެއްވީ ސުއޫދު އެމްޑީޕީގެ ހަރުގޭގައި ފެންނަ އެތައް ފޮޓޯއެއްގެ ކޮލާޖެކެވެ. ފޮޓޯތަކުގެ މެދުން ލިޔެފައިވަނީ "އެކްޓިވިސްޓުން ތިބެންޖެހޭނީ އެމްޑީޕީ ހަރުގޭގަ، ކޯޓުތަކުގައެއް ނޫން" މިހެނެވެ.
އަދި އެހާ ސާފުކަން ބޮޑު ގޮތެއްގައި ސިޔާސީ ވަކި ފިކުރެއްގެ ކަންކަމުގައި އުޅޫއްވާއިރު ވަކި ކޮޅަކަށް ނުޖެހި ރަނގަޅު ނިންމުމެއް ނުނިންމޭނެ ކަމަށް މަލްޝާގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
ކުރީގެ އެމްޑީޕީ ޖަލްސާއެއްގެ ތެރެއިން ސުއޫދު ވާހަކަދައްކަވަން ހުންނެވި ވީޑިއޯއެއް ވެސް "އެކްސް" ގައި އެކްޓިވިސްޓް ހަމްދާން ޝަކީލް އާންމުކޮށްފައިވެއެވެ. އަދި ރައީސް ސޯލިހުއާ އެކު ސުއޫދު ހުންނަވާ ފޮޓޯއެއް ވެސް ދައުރު ކުރަމުންނެވެ.
ޕީއެންސީގެ ސަޕޯޓަރުންގެ ބައިގަނޑު ނުކުމެ ދައްކަނީ ހަމައެކަނި އެ ވާހަކައެއް ނޫނެވެ. އެ މީހުން ސުއޫދު ސިފަކުރަނީ ފެއިލް ވެސް ވެފައިވާ މީހެއް ގޮތަށެވެ.
ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެމްޑީޕީން ބަދަލުކޮށްލި އެވެ. އެ މަސައްކަތް ހިނގައި ނިމެންދެން، ސުޕްރީމް ކޯޓަށް ސުއޫދު އައްޔަންކުރެވެން ދެން ހުރީ މަރާލާފައި މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސަކަށެވެ. އެކަމަކު އެ ކޮމިޝަނަކަށް ކުރެވުނު ކަމެއް ނެތް ކަމަށް ބުނެ ވެސް ގިނަ ޕޯސްޓްތައް ކޮށްފައިވެ އެވެ.
ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރަށްރަށުގެ ހަރަކާތްތެރިންނާއި، ސަރުކާރުގެ އެކި ސިޔާސީ މަގާމުތައް ފުރާ މީހުން ވެސް ހިމެނޭހެން މުޅި ލަޝްކަރުގެ އަމާޒުފަތްގަނޑަކަށް އޮތީ ސުއޫދެވެ. ހަމަ ދޫކުރުމެއް ނެތި އަވަސްއަވަހަށް ސުއޫދަށް ފާޑުކިޔާފައި ހުންނަ ޝުއޫރުތައް ގިނަކޮށް އެ ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
ސިޔާސީ ހޮޅުއަށީގައި އެންމެ އޮލަ ވާހަކައަކަށް މި ވީ ސުއޫދެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
30 މާރިޗު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

24 މާރިޗު 2025
2

17 މާރިޗު 2025

1 މާރިޗު 2025
1