ރަށްރަށުގައި ތިބި ޕީއެންސީގެ ސަޕޯޓަރުން މާލެއަށް ޖަމާކުރަން ފަށައިފި އެވެ.
މާދަމާ ރޭ އާޓިފިޝަލް ބީޗުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޕީއެންސީގެ ބޮޑު ޖަލްސާއެއް އެބަ އޮތެވެ.
އެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން ގެނައުމުގެ މަސައްކަތް ޕީއެންސީގެ ލީޑާޝިޕުން ދަނީ ކުރަމުންނެވެ.
އެންމެ އުތުރުންނާއި އެންމެ ދެކުނުން ވެސް ފްލައިޓްތައް ޗާޓަރުކޮށްގެން ވެސް ސަޕޯޓަރުން އެބަ ގެނެ އެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓެކްސީ ކިއު ވެސް ދަމާލާފައި އެބަ އޮތެވެ. އެއާޕޯޓް ބާރުބޮޑުވެފައިވެ އެވެ.
ރަށް ރަށުން ފްލައިޓްގައި އަންނަ ސަޕޯޓަރުންނަށް ވެސް މަރުހަބާ ދަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުތުރާއި ދެކުނުގެ މަޖިލިސް މެންބަރުންނާއި ލީޑާޝިޕް ބޭފުޅުން ވަޑައިގެން ތިއްބެވި އެވެ.
ސަޕޯޓަރުން ނުކުތުމުން ލީޑާޝިޕާ އެކު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް ވެސް ދަނީ ލަމުންނެވެ.
ކައިރި ރަށް ރަށުން ބޮޑެތި ލޯންޗްތައް ހިފައިގެން ސަޕޯޓަރުން އަންނަ މަންޒަރުގެ ފޮޓޯތައް ވެސް ދަނީ ދައުރުކުރަމުންނެވެ.
މާދަމާ ރޭ ބާއްވާ މި ބޮޑު ޖަލްސާއަކީ މި ސަރުކާރަށް ދެ އަހަރު ފުރުން ދިމާކޮށް ބާއްވާ ޖަލްސާއެކެވެ. ލީޑާޝިޕުން ބުނާ ގޮތުގައި މިވަރުގެ ޖަލްސާއެއް މި ބާއްވަނީ ސަޕޯޓަރުން އެ ކަމަށް އެދޭލެއް ބޮޑުކަމުންނެވެ.
އަދި މިދިޔަ ދެ އަހަރެއްހާ ދުވަހު ސަރުކާރަށް ކާމިޔާބީތަކެއް ވެސް ހޯދިފައިވާ ކަމަށް ޕީއެންސީން ގަބޫލުކުރެ އެވެ. މާލޭގެ މައި މަގުތަކުގައި އެ މީހުން ދެކޭ ކާމިޔާބީތައް ލިޔެފައިވާ ބެނާތައް ވެސް ދަމާފައި އެބަ ހުއްޓެވެ.
އޭގެ ތެރޭގައި ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުތިބިތާ 15 އަހަރު ފަހުން ބޭރުގެ ސިފައިން މި ފަސްގަނޑުގައި ތިބުން ނިމުމަކަށް ގެނައުން ހިމެނެ އެވެ.
ދެކުނުގެ ކަނޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމާއި، ޑޮލަރުގެ މާރުކުރަން މަޖުބޫރުކުރުމުން ހައްލުތަކެއް އައި ކަމާއި، ދަރަނި ދައްކަމުން ދައުލަތް ހިންގަމުންދާ ކަން ފަދަ ކަންކަން ބެނާތަކުގައި ލިޔެފައިވެ އެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަ އަދި ބިދޭސީންގެ މައްސަލަ ހައްލުކުރަން އަޅަން ފެށި ފިޔަވަޅުތައް ވެސް ކާމިޔާބު ވަމުންދާ ކަމަށް ބެނާތަކުގައި ލިޔެފައިވެ އެވެ.
މި ހަފުތާ ބަންދަށް ވެރިރަށް މާލެ ވަނީ ޕީއެންސީގެ ވިލުފެހި ކުލައިން ޖަރީވެފަ އެވެ. އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަކޮށް ފެންނަ މި ދަނޑިވަޅުގައި ވިލުފެހި ލަޝްކަރުގެ ސިޔާސީ ހަރަކާތްތައް ގަދަވެފައި ފޯރި ހުންނާނެ ކަމަށް ބެލެވެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
12 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2