ކުރިއަށް މީޑިއާ ގްރެފިކްސް
ރައްޔިތުންގެ މެންބަރުންގެ މަސައްކަތް ރޭންކް ކުރާ ސައިޓެއް ލޯންޗުކޮށް މެންބަރުން ރޭންކު ކުރަން ފަށައިފި އެވެ.
ކާކުކަން ނޭނގޭ ބަޔަކު ހެދި މި ސައިޓަށް ކިޔަނީ މޯލްޑިވްސް މަޖިލީސް މޮނިޓަރިން އެވެ. އެ ސައިޓުގައި މަޖިލީހުގެ މަސައްކަތްތަކުގެ އިތުރުން މެންބަރުންގެ މަސައްކަތުގެ ތަފްސީލުތައް ހިއްސާކޮށްފައިވެ އެވެ.
ސައިޓުގައި މެންބަރުންނަށް ރޭންކު ދީފައިވަނީ 4 ކަމެއްގެ މައްޗަށެވެ. އެއީ ހާޒިރުވާ ޖަލްސާތަކުގެ އަދަދު، ބަހުސްގައި ބައިވެރިވާ މިންވަރު، މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީތަކުގެ އަދަދު އަދި ލީޑާޝިޕް ދެއްކުމުގެ އިތުރުން މެންބަރު ސްޕޮންސާކޮށްގެން ފާސްވި ބިލުތަކުގެ މައްޗަށެވެ.
އެ ސައިޓުގައި އެންމެ ގިނަ ޕޮއިންޓު ލިބިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށެވެ. ކުޑޫ އަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީއަށް ބަލާއިރު ކުޑޫ އަށް ލިބިފައިވަނީ 89.7 ޕަސެންޓެވެ. ކުޑޫ ވަނީ ޖުމްލަ 6 ބިލެއް ސްޕޮންސާކޮށްފަ އެވެ. ޕްރޮޕޯސްކޮށްފައިވާ ބިލުގެ އަދަދަކީ 2 އެވެ.
ލީޑާބޯޑުގެ ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބިފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް (ހުސެއިންބެ) އެވެ. ހުސެންބެއަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ހުސެންބެގެ މަޖިލީހުގެ ހާޒިރީ ރޭޓަކީ 90 ޕަސެންޓެވެ. މިހާތަނަށް ހުސެންބެ ސްޕޮންސާ ކޮށްފައިވަނީ އެންމެ ބިލެކެވެ.
އެ ލިސްޓުގެ 3 ވަނަ ލިބިފައިވަނީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން އަށެވެ. އޭނާ އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. އަދި ހާޒީރީ ރޭޓަކީ 89.5 އިންސައްތަ އެވެ.
އެ ލިސްޓުގެ އެންމެ ފުލުން ޖާގަ ހޯދި މެންބަރުން ވަރަށް ގިނަ އެވެ. އެއީ 10 ޕޮއިންޓް ހޯދާފައިވާ މެންބަރުންނެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
21 ނޮވެންބަރު 2025
0
19 ނޮވެންބަރު 2025
0
16 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2