މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރާ ސުވާލަކަށް ޖަވާބު ދޭން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާޒިރުކުރި އެވެ. މީކާއީލް ސައީދުއާ ސުވާލުކުރީ ރާއްޖެއާއި ޔޫކޭ ދެމެދު މަޝްވަރާކުރެވުނު ފްރީ ޓްރޭޑް އެއްބަސްވުމަށް މި އަހަރު އަމަލުކުރަން ނިންމާފައިވަނީ ކޮން މަރުހަލާއެއްގައިތޯ ކަމަށެވެ.
ޖަވާބުގައި ސައީދު ވިދާޅުވީ، ޔޫކޭ އެކު ފްރީ ޓްރޭޑް އެއްްބަސްވުމެއް ހަދަން ހުށަހެޅީ އީޔޫއިން އެ ގައުމު ވަކިވާން ހުށަހެޅުމުން 2016 އޮކްޓޯބަރު 16 ސޮއިކުރި ކަމަށާއި، އޭރު އީޔޫގައި ޔޫކޭ އޮތްއިރު ނަގަމުން ދިޔަ 24 ޕަސެންޓުގެ ޓެރިފް ބްރެކްސިޓަށް ފަހު 20 ޕަސެންޓަށް އެ ގައުމުން ތިރިކޮށްފައިވާ ކަމަށެވެ.
ސައީދުގެ ޖަވާބާ ގުޅުވައި 'އެކްސް' ގައި މީކާއީލް ލިޔުނު ޕޯސްޓެއްގައި ބުނީ ދިވެހި ސަރުކާރުން ވަނީ ޔޫކޭ އެކު ބާއްވަމުން އައި ފްރީ ޓްރޭޑް އެއްބަސްވުމުގެ ވާހަކަތައް ހުއްޓާލާފައި ކަމަށެވެ. އަދި އެ ގައުމަށް ރާއްޖޭން ބޭރުކުރާ މަހުގެ ޓެރިފް މި ސަރުކާރުގައި ކުޑަވާނެކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.
މިކާއިލް އެހެން ވިދާޅުވުމާއެކު މުޅި ސަރުކާރު ކަހަލަ ގޮތަކަށް ވަނީ އޭނާގެ ޕޯސްޓަށް ރައްދުދީފަ އެވެ. މީކާއިލްގެ ޕޯސްޓަށް ރައްދުދެމުން 'އެކްސް' ގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭ ގައި ބާނާ ކަޅުބިލަމަހާއި ކަންނެލި ޔޫކޭ އަށް އެތެރެކުރުމަށް ނަގާ ޓެރިފް ކަނޑާލުމާގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް އެބަދޭ ކަމަށެވެ.
ރައީސް މުއިއްޒު މި ފަހުން ޔޫކޭ އަށް ކުރެއްވި ދަތުރުފުޅަކީ އެ މަސައްކަތް އަވަސްކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
The allegation that Minister @em_saeed “confirmed the Maldives has dropped the UK–Maldives Free Trade Agreement (FTA) negotiations” is categorically false. At no point did the Minister say that in his statement.
Negotiations to secure tariff-free access for the world’s most… https://t.co/Ob6PdWlmzA — Ahmed Shiyam (@Shiyamaldives) October 14, 2025
ސައީދު ދިފާއުކޮށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް 'އެކްސް' ގައި ވިދާޅުވީ މިނިސްޓަރުގެ ވާހަކަތައް މީކާއިލް އޮޅުވާލާފައިވާ ކަމަށެވެ.
Hon. MP @MickailNaseem has clearly misrepresented Economic Minister @em_saeed 's live telecasted statement in the Parliament today.
Key clarifications from the Minister:
• No record of a commitment from the UK government, on an FTA with the Maldives taking effect in the year… https://t.co/XI2z24UWuP — MuazHaleem (@muazhalym) October 14, 2025
މީކައިލްގެ ޕޯސްޓަށް ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކު ރިޕްލައިކޮށްފައިވާއިރު އެ އެންމެންގެ ވާހަކަ އަކީ ސައީދުގެ ވާހަކަތައް މީކައިލް އޮޅުވާލާފައިވާ ކަމަށެވެ.
You are spreading misinformation clearly on this thread! 🧵 Stop this madness please 🙏 — Zarra (@Zarra_zeday_zaa) October 14, 2025
Spreading miss information is everything they can do now. Failed to the core — Sheikha Latheefa (@sheikha_lathifa) October 14, 2025
މިކާއިލްގެ ޕޯސްޓަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ މެމްބަރު ސުވާލުކުރުމުން ކަންކަން އޮޅުންފިލާގޮތަށް ތެދަށްޖަވާބު ދިނުމުން މީކާއިލް ޓްވީޓްވެސް ކުރައްވަނީ އޮޅުންއަރާގޮތަށް ކަމަށެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
2 ދުވަސް ކުރި
0
4 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2