ހިރިމަރަދޫ މަތިން : ފޮޓޯ: ޕީއެސްއެމް
ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު 206 މަޝްރޫއެއް ހިންގަން އަމިއްލަ ކުންފުނިތަކަކަށް ހަވާލުކުރި އެވެ. ބިޑަކަށް ހުޅުވާ ނުލަ އެވެ. މާލިއްޔަތު ގަވާއިދުން އެ ޖާގަ ލިބޭ ގޮތަށް ބަދަލު ކުރުމަށް ފަހުގަ އެވެ.
ބުރާސްފަތި ދުވަހު ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއަކީ، ރާއްޖޭގެ އުތުރުގެ އެންމެ މީހުން މަދު އެއް ރަށް ހދ. ހިރިމަރަދޫގައި ކުނި މެނޭޖުކުރާ ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއެވެ.
ދިރިއުޅޭ އާބާދީގައި 300 ވެސް ހަމަނުވާ ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރަން ހަވާލުކުރީ 4.1 މިލިއަން ރުފިޔާއަށް ބިލްޑްޓެކް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ހިރިމަރަދޫގައި ދިރިއުޅޭ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
އަދި މިދިޔަ އޮގަސްޓު މަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދޮޅު އަހަރު ތެރޭގައި ހިރިމަރަދޫގައި ހުރި ވަރަށް ގޯތި، ހަނިމާދޫން ދޫކޮށް ސަރުކާރުން ގެ އަޅައިދީ ނިންމައި އެ ރަށަށް މީހުން ބަދަލުކުރާނެ ކަމަށެވެ.
ހިރިމަރަދޫ މަޝްރޫއުގެ އިޝްތިހާރު
އެހެންވިއްޔާ ހިރިމަރަދޫގައި މި ވަރުގެ މަޝްރޫއެއް ހިންގަނީ ކީއްކުރަން ހެއްޔެވެ؟ ފަހަރުގައި މުސްތަގުބަލުގައި ކުނި ކޮއްޓެއް ގޮތަށް އެ ރަށް ހިންގަން ވިސްނީ ކަންނޭނގެ އެވެ. ނަމަވެސް ސަރުކާރުގެ ޖަވާބުން ދޭހަވީ ޕްލޭނެއް ނެތް ކަމެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ބައެއް ނޫސްތަކަށް ވިދާޅުވި ގޮތުގައި އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އެ ރަށަކަށް ބޭނުންވާ ކަންކަން ސަރުކާރުން ހިންގާނެ އެވެ. އަދި އެ ރަށުގައި މީހުން ދޮޅު އަހަރު ވަން ދެން އުޅޭނެތާ އެވެ.
ފަހަރުގައި 20 އަހަރުގެ ތަރައްގީގެ ޕްލޭނުން ވެސް ފެންނާނީ މި ކަހަލަ ޒާތުގެ މަޝްރޫއުތަކަށް ވެދާނެ އެވެ. އެހެންވިއްޔާ ކީއްކުރާ ދުރު ރާސްތާ ޕްލޭނެއް ހެއްޔެވެ؟
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2