މަމްދާނީގެ ސިޔާސަތުތައް ދިވެހިންނަށް ވެސް އަޅައިގެންފި

Mamdani ge siyaasathuthah dhivehin ah ves alhaigenfi

މަމްދާނީ ކެމްޕެއިން ވައުދުތަކާއެކު - ފޮޓޯ: ރެއުޓާސް

ރިޕޯޓް

ތާރީހީ ކާމިޔާބީއެކެވެ. ޝިއާއީ މުސްލިމެއް ކަމަށްވާ، ޒަހުރާން މަމްދާނީ ނިއުޔޯކްގެ މޭޔަރުކަމަށް އިންތިހާބުވީ އެ ގައުމުގެ އެންމެ ނުފޫޒުގަދަ ބިލިއަނަރުންނާ ވެސް ކުރިމަތިލައިގެނެވެ. އެމެރިކާގައި ދިރިއުޅޭ އާބާދީ އެންމެ ބޮޑު ނިއުޔޯކްގެ މޭޔަރުކަމަށް އިންތިހާބުވި މަމްދާނީގެ މަގުބޫލުކަން ބޮޑުވީ އަސާސީ ހިދުމަތްތަކުގެ އަގުމަތިވެގެން ދިއުމާ ދެކޮޅަށް، ހައްލުކުރުމަށް ހުށަހެޅި ސިޔާސަތުތަކަށެވެ.

މަމްދާނީގެ "ސޯޝަލިސްޓް" ސިޔާސަތުތައް ދިވެހިންނަށް ވެސް އަޅައިގަނެ ސޯޝަލް މީޑިއާގައި އެ ވާހަކަ ދަނީ ގިނަވަމުންނެވެ.

މާލެ ތޮއްޖެސި ސިޔާސަތުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިލާލުފާޅުކުރާ ސިޔާސީ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ވެސް ފާހަގަކުރެއްވީ ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި އެފަދަ ސިޔާސަތުތަކަށް ވޯޓު ނުދޭންވީ ކީއްވެގެން ހެއްޔެވެ.

މަމްދާނީގެ ފާހަގަކޮށްލެވޭ ސިޔާސަތުތައް:

  • އެއްވެސް ނަސްލެއް، ދީނެއްގެ މީހަކަށް ދެރަކޮށް ނުހިތުން
  • ދިރިއުޅޭ ތަންތަނުގެ ކުލި އިތުރަށް ބޮޑުކުރުން މުއްދަތަކަށް ހުއްޓުވާ ގޮތަށް 'ރެންޓް ފްރީޒް' ކުރުން
  • އަތްފޯރާފަށުގެ 200،000 ސޯޝަލް ހައުންސިން ޔުނިޓް ބިނާކުރުން 
  • ސިޓީ ކައުންސިލް ހިންގާ އާންމު ކާބޯތަކެތީގެ ފިހާރަތައް
  • ސިޓީގެ ބަސްދަތުރު ހިލޭކޮށް، ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުން
  • ސިޓީގެ މިނިމަމް ވޭޖް، އެންމެ ކުޑަ އުޖޫރަ ގަޑިއިރަކަށް 30 ޑޮލަރަށް ހެދުން
  • ވިޔަފާރިތަކުން ސީދާ ނަގާ ޓެކްސްއާއި އިންކަމް ޓެކްސް ބޮޑުކުރުން 

ޝައްމޫން ވިދާޅުވީ މަމްދާނީ ހުށަހެޅުއްވީ ސިޓީގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ފުދިގެން ދިރިއުޅެވޭނެ ސިޓީއެއް ހޯދައިދިނުމެވެ. ސިޓީއަށް ނިސްބަތްވާ 'ހަތަރުކަށިމަތި' މީހުންނަށް އެކަނި ނިސްބަތްވާ ސިޔާސަތުތަކެއް ނޫން ކަމެވެ.

އޭނާ އެ އިޝާރާތްކުރެއްވީ ރަށްރަށުންނާއި ވެރިރަށް މާލެ ހިމެނޭ ސަރަހައްދުން ހިދުމަތް ދިނުމުގެ ސިޔާސަތުތައް މާ ބޮޑަށް ރަށަށް ނިސްބަތްވާ މީހުންނަށް ހާއްސަވާ ގޮތަށް ބައްޓަން ކުރާތީ އެ ކަމަށެވެ.

ނޫސްވެރިޔާ އިބްރާހީމް މާހިލް މުހައްމަދު ނެންގެވީ ޒުވާން ފަންނީ މީހުންނަށް ސިޓީ ކައުންސިލުން ވަޒީފާ ދިނުމަށް ހުޅުވާލި ފުރުސަތުގައި ގެންގުޅުއްވި ސިޔާސަތެވެ. 

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސިޓީ ކައުންސިލުން ވަޒީފާ ދެނީ އެއްވެސް 'މެރިޓް'އެއް ނެތް ގޮތަށް ތަރުޖަމާ ކުރުމާއި ސިޓީ ޑްރާފްޓް ކުރުމާއި ސެޓްފިކެޓް ދޫކުރުމާއި ފޮޓޯ ވީޑިއޯ ނަގައިދިނުން ފަދަ ކަންކަމަށް 'ކޮންސަލްޓެންޓުން' ގެ ވަޒީފާ އެވެ. ދެން ވަޒީފާތައް ބަހަނީ ކައުންސިލަރުންގެ ގާތް އެކުވެރިންނާއި ސިޔާސީ ޕާޓީގެ ވަފާތެރިންނަށެވެ.

މަމްދާނީގެ ސިޔާސަތުތަކާ އެއް ގޮތަށް މާލެ ސިޓީ ކައުނުްސިލުން ވެސް ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް މާހިލް ގޮވާލެއްވި އެވެ.

ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސައިން އިބްރާހީމް، މަމްދާނީގެ ސިޔާސީ ދަތުރު ފާހަގަކުރެއްވީ އިބުރަތެއް ގޮތަށެވެ. ހާއްސަކޮށް ރާއްޖޭގައި ވެސް ޒުވާން ލީޑަރުން ނުކުންނަން ޖެހޭ ކަމެވެ. ހައްގު ފޮތާއި ގޮތައިގެން ތެދުވެ، މަސައްކަތްތަކެއް ކޮށްފިނަމަ ރައްޔިތުންގެ ތާއީދު ލިބޭނެ އެވެ.

"އަހުރެން މަމްދާނީގެ ވާހަކަ މި ގެނެސްދެނީ ދިވެހި ޒުވާން ދަރިންނަށް ހިތްރުދީ ސިޔާސީ ކަންކަމަށް ނެރުމަށެވެ. ވީހާ ގިނަ ޒުވާނުން މަމްދާނީގެ މައުލޫމާތުތައް އެއްކޮށް ކިޔާއި ދިވެހިރާއްޖެ ވެއްޓެމުން މިދާ ހާލަތުން ނެގުމަށް ތެދުވާން އަޒުމް ކަނޑައަޅާށެވެ.ކުރިމަގު އޮތީ ވަރަށް ތަނަވަސްކޮށެވެ. ކެރެންވީއޭ،" އިލްޔާސް ހުސައިން އިބްރާހީމް ލިއުއްވާފައިވެ އެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2