ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސް ގައި އޮތީ މުޅިން އާދަޔާ ހިލާފު މައުލޫއެކެވެ. އެ މައުލޫއަކީ މެންބަރުންންގެ ޔުނީފޯމް ކޯޑާއި ހެދުން އަޅާނެ ގޮތެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ޖަލްސާތަކަށް ޓައި ނާޅުއްވާ ވަޑައިގަންނަވާތީވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅީ ޓައީ އަޅަން ލާޒިމްނުވާ ގޮތަށް ހެދުމަށެވެ.
އެކަމަކު މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ފާސްވީ ޓައި އަޅަން ޖެހޭ ގޮތަށެވެ. އަދި މެންބަރުންނަށް ތުރުކުރެވޭނެ 4 ވައްތަރެއްގެ ހެދުމެއް ވަނީ ކަނޑައަޅާފަ އެވެ. އެ އިސްލާހު ހުށަހަޅީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އެވެ.
ރައީސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފިޔަވައި އެހެން ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ 4 ބާވަތެއްގެ ހެދުމުގަ އެވެ. އެއީ:
1. ކޯޓުފަޓުލޫނާއި ޓައީ
2. ގަމީހާއި ފަޓުލޫނު އަދި ޓައީ
3. ގައުމީ ހެދުން
4. އަންހެން މެންބަރެއްނަމަ ދިވެހިރާއްޖޭގެ އާންމު އަދަބާ ހިލާފުނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން
އެ އިސްލާހުގައި މަޖިލީހުގައި މެންބަރުންނަށް ތުރުނުކުރެއްވޭނެ ހެދުންތައްވެސް ވަނީ ބަޔާންކޮށްފަ އެވެ. އެއީ:
1. އެއްވެސް ބާވަތެއްގެ ޖީންސް
2. ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު
3. ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން
4. ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް
މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރީ 48 މެންބަރުންގެ ވޯޓުންނެވެ. ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވައިދުގެ ދަށުން ފިޔަވަޅުތައް އަޅާނެ އެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2