ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖަލްސާއެއްގެ އިސް ސަފުގައި - ފޮޓޯ: ރައީސް އޮފީސް
އިންތިހާބީ މަގާމުތަކާއި ސިޔާސީ އިސް މަގާމުތަކަށް އަންނަ މީހުން މާލީ ބަޔާން ހުށަހެޅުމާއި އާންމުކުރުމުގެ ނިޒާމެއް އޮތުމުގައި އޮތީ އެންމެ ބޭނުމެކެވެ. އެއީ ވެރިންގެ މުއްސަނދިކަމަށް އަންނަ ބަދަލު ރައްޔިތުންނަށް އެނގުމެވެ. ނަހަމަ، ނުހައްގު މުއްސަނދިކަން ނުހޯދާކަން ކަށަވަރުކުރުމެވެ.
އެކަމަކު ރާއްޖޭގެ އެ ނިޒާމު އޮތީ އޭގެ ބޭނުން ނުހިފޭ ގޮތަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ޕޯސްޓްކުރީ 2019ވަނަ އަހަރު އެ ކޮމިޝަނުގެ ހޯދުންތަކެވެ. އެ ނިޒާމު ނުހިނގާ ސަބަބުތަކެއް ދެނެގަނެފައިވާ ދިރާސާއެކެވެ.
އޭރު އޮތް އެމްޑީޕީގެ ސަރުކާރު ހަތަރު އަހަރުވީ އެވެ. އޭގައި ހުރި ކަމަކަށް އަޅައެއް ނުލަ އެވެ. ޕީއެންސީގެ ސަރުކާރު ވެސް ދެ އަހަރުވާން މި ދަނީ އެވެ. ކަހާތާ ހިރުވާ ވެސް ނުލަ އެވެ. ނިޒާމަށް ހެޔޮ ބަދަލު ގެނައުމުގެ ކަންކަމުގައި އުޅެނީ ފަހަތުފަޔަށް ބުރަވެގެނެވެ.
އޭރު ވެސް ހޯދިފައިވާ ގޮތުން، ނިޒާމުގެ އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ އިސް ބައެއް މަގާމުތަކަށް މާލީ ބަޔާން ހުށަހެޅުން ލާޒިމު ވެސް ކޮށްފައި ނެތުމެވެ.
އޭގެ ބައެއް މިސާލުތަކަކީ:
ދެން އެންމެ ބޮޑު މައްސަލައެއް ގޮތުގައި އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަމަކީ އެ ވެރިއެއް މަސައްކަތްކުރާ ތަނަށް މާލީ ބަޔާން ހުށަހެޅުމެވެ. އަދި އެ މާލީ ބަޔާން އޮޑިޓް ކުރުމުގެ އެއްވެސް މަރުހަލާއެއް ނެތުމެވެ.
އޭގެ ބައެއް މިސާލުތަކަކީ:
ހުށަހަޅާ މާލީ ބަޔާން އާންމުކުރުމާ ގުޅޭ ގޮތުން ވެސް ގާނޫނުތަކުގައި އެއްވެސް ގޮތެއް ކަނޑައަޅާފައި ނެތެވެ. އަދި މާލީ ބަޔާނުގައި ގޯހެއް އޮތަސް ދެވޭނެ އަދަބެއް ނުވަތަ އަދަބުތަކެއް ގާނޫނުގައި ސާފުކޮށްދީފައި ވެސް ނެތެވެ.
ވެރިންގެ މާލީ ބަޔާނުން އަދި ވެރިންގެ މުއްސަނދިކަމެއް ހަގީގަތުގައި ނޭނގެ އެވެ. އޭސީސީން ވެސް ނިޒާމު އިސްލާހުކޮށް ހަރުދަނާ ކުރަން ކުރި ކަމެއް ނުފެނެ އެވެ. ފަސް އަހަރު ފަހުން އެކްސްގައި ޕޯސްޓްކޮށްލީ އެވެ.
0%
0%
0%
0%
0%
19 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2