ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވަނީ އެޖެންޑާކޮށްފަ އެވެ. ބަޖެޓު ހުށަހަޅާ ޖަލްސާ ފަށާނީ ހެނދުނު 9 ޖަހާއިރު އެވެ.
އެކަމަކު ބަޖެޓާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެހެންވުމާއެކު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް ނޭނގެ އެވެ. އަދި ކުރީފަހަރާ ހިލާފަށް މި ފަހަރު ރަށްރަށުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ހުންނާނެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކުރި އެވެ. އެކަމަކު އެހެން އަހަރުތަކުގެ ބަޖެޓުގައި ވަކިވަކި ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ނަމާއި އެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ މައުލޫމާތު އެ ބަޖެޓުގައި ނެތެވެ.
މީގެ ކުރިން ބަޖެޓުގައި ޕްރޮޖެކްޓްތައް މިހާރު އޮތް ސްޓޭޖް ވެސް އެނގެން އޮވެ އެވެ. އެކަމާ ގުޅޭ ގޮތުން އޭރު މެންބަރުން ސުވާލުކުރުމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަނޑައަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ލިސްޓުގެ ތަރުތީބުން ކަމަށެވެ.
އަދި މި އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެފައިވެ އެވެ. އެގޮތުން މި އަަހަރުގެ ޕީއެސްއައިޕީއަށް 11 ބިލިއަން ރުފިޔާ ބަޖެޓުކުރި އެވެ. މި އަހަރުގެ ބަޖެޓުން މަޝްރޫއުތަކަށް ހޭދަކުރީ އެންމެ ހަތަރު ބިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓުގެ 13 އިންސައްތަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރަށްރަށަށް ކަނޑައަޅާ މަޝްރޫއުތަކުގެ ތަފްސީލު ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ ކަމެއް ދެން އެނގޭނީ މާދަމާ އެވެ. ފަހަރެއްގައި މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރު ވެސް މި ތަފުސީލަކީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅު ކަމަށް ދޫކޮށްލާ އަދަދަކަށް ވެސް ވެދާނެ ކަމެކެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2