3 ނޮވެންބަރު 2025
ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހިމް ޑައިރެކްޓްކުރާ ''ލިލީ'' ފިލްމު މި ނޮވެމަބަރު މަހުގެ 20 ވަނަ ދުވަހު ޕްރިމިއާ ކުރަން ތައްޔާރުވެފައިވާއިރު، ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ބުކިން މިހާރު ފުލްވެއްޖެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.
ނިމިދިޔަ އަހަރު ''މީ އިޝްގް'' ގެނެސްދިން އަޒްހާން އިބްރާހިމް ޑައިރެކްޓު ކުރާ މި ފިލްމަކީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.
މި ފިލްމުގެ ފިލްމުގެ ލީޑު ތަރިންނަކީ އާއިޝާ އަލީ، މުހައްމަދު އިޝްފާން އަދި އަހުމަދު ޝާރިފްގެ އިތުރުން މަރިޔަމް ޝިމާ އެވެ.
އަޒްހާން ''ކުރިއަށް'' މީޑިއާއާ ވާހަކަ ދައްކަމުން ބުނީ، ފިލްމުގެ ޝޫޓިން ނިމި މިހާރު ކުރިއަށްދަނީ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށެވެ.
ލިލީގެ ބުކިން އަށް މީގެ ދެ މަހެއް ކުރިން ހުޅުވާލިއިރު ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އޮލިމްޕަހުގެ ކައުންޓަރު ދަނީ ފިލްމުގެ ޓިކެޓް ވިއްކަމުންނެވެ.
އަޒްހާން ބުނީ ފިލްމުގެ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގަނޑު 12 ގެ ކުރިން ޓިކެޓް ގަންނަ ފަރާތްތަކަށް ގަވިން އިން ހަދިޔާކޮށްފައިވާ ބަދިގެ ސެޓެއް ލިބޭނެ ކަމަށެވެ. ޓިކެޓް ގަންނަ މީހުންގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އިތުރު އިނާމުތަކެއްވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިއީ ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2