ލައިލަތުލް ޤަދްރް އަކީ ކޮބާ؟

Laylatul Gadr Aki Koba ?

ދީނީ

ރަމަޟާން މަސް ބަރަކާތުގެ މައްސަރަކަށްވަނީ މުސްލިމުންނަށް އަންނަ އެއްމެ މާތް މައްސަރުކަމަށް ރަމަޟާން މައްސަރު ވާތީއެވެ ކީރިތި ޤުރުޢާން ބާވައިލެއްވެވި މި މަތިވެރި މައްސަރު މިހާރު އަހަރެމެންނާއި ހިސާބަށް މި އޮތީ އައިސްފައެވެ.

 

بِسْمِ اللهِ الرَّحْمنِ الرَّحِيمِ

 

"رحمن ވަންތަ رحيم ވަންތަ اللهގެ އިސްމަފުޅުން ފަށައިގަންނަމެވެ."

 

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ {1}

"ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ"

 

وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ {2}

"އަދި ليلةالقدر ވިލޭރެއަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ.؟"

 

މި މައްސަރަކީ ސަވާބު ހޯދުމުގައި އެކަކު އަނެކަކަށްވުރެން ހެޔޮ ޢަމަލުތައް ގިނަ ކުރަންވީ މައްސަރެވެ. اللهސުބުހާނަހޫ ވަޠަޢާލާ މަތިން ހަނދުމަކުރުން އިތުރު ކުރަންވީ މައްސަރެވެ.

 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މި މައްސަރުގައި އަންނަ އެންމެ މާތް ބަރަކާތްތެރިކަން ގަދަ ރެއަކީ ފަހު ދިހައެއްގައި އަންނަ އޮނަހިރި ރޭތަކުން ކުރެ ރެއެއްގައި އަންނަ ލައިލަތުލް ޤަދްރި ވިލޭރެއެވެ.  އެހެންނަމަވެސް އެ ރެއަކީ ކޮބައިކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަންހަނާ ކުރައްވާފައިވާފައެވެ. އެ ރޭ ވަންހަނާ ކުރައްވާފައި ވުމުގެ ވަރަށް ގިނަގުނަ ޙިކުމައްތަކެއް ވެއެވެ.

 

ލައިލަތުލް ޤަދްރް ވިލޭރެއަކީ الله ސުބްހާނަހޫ ވަޠަޢާލާ ލައުޙުލް މަހުފޫޠުން ބައިތުލް ޢިއްޒާއަށް (އެކަލާނގެ ހަޒުރަތުން ދުނިޔޭގެ އުޑަށް) ޤުރްއާން ބާވައިލެއްވި ރެއެވެ.

 

ލައިލަތުލް ޤަދްރް ވިލޭރެއަކީ މުސްލިމުންނަށް އެހާ މުހިންމު ރެއަކަށް ވެފައިވަނީ އެ ރޭގެ ސަވާބު އެއްހާސް މައްސަރަށް ވުރެން ހެޔޮކަން ބޮޑެވެގެން ވާތީއެވެ. އަދި އެކަލާނގެ އަނގްވާފައި ވެއެވެ. "ފަރުބަދައެއްހާ އުސްމިން ހުންނަވަރަށް ފާފަ ކުރެވިފައި ވީނަމަވެސް އެރެއާ ބައްދަލުވެއްޖެ މީހާގެ ފާފަ ފުއްސަވާ ދެއްވާނެކަމެވެ.

 

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ {3}

"ليلةالقدر ވިލޭރޭ އެއްހާސް މައްސަރަށްވުރެން ހެޔޮކަން ބޮޑެވެ."

 

ލައިލަތުލް ޤަދްރި ވިލޭރޭގެ ސަވާބާއި ދަރުމަ ހޯދުމަށްޓަކައި ރަމަޟާމް މަހުގެ އެނަހިރި ރޭތަކުގައި އަޅުކަންތައް ގިނަ ކުރާށެވެ. ގިނަގިނައިން الله މަތިން ހަނދުމަކުރުމުގައި ދެމި ހުންނާށެވެ. ދުޢާ ކުރުން ގިނަ ކުރާށެވެ. ކުރެވިފައިވާ ކުދި ބޮޑު އެންމެހާ ފާފަތަކެއް ފުއްސަވާ ދެއްވުން އެދި އެކަލާންގެ ހަޒްރަތުގައި ދަންނަވާށެވެ. ހަމަ ޔަގީނުން އެ ރޭ ހޯދަން ބޭނުންކަމުގައި ވަނީނަމަ މުޅި ރަމަޟާން މަހުގެ ހުރިހާ ރެއެއްގައި އަޅުކަމުގައި ހޭދަކުރާށެވެ. އިންޝާﷲ އެ ރޭ ލިބޭނެތެވެ.

 

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ {4}

 

"ملاءكةންނާއި جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ اذن ފުޅާއިއެކު، ހުރިހާ أمرފުޅަކާއިގެން އެރޭ ފައިބާވަޑައިގަންނަވާނެއެވެ."

 

سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ {5}

 

"އެއީ ފަޖުރުގެ އަލިކަން ފައުޅުވުމަށް ދާންދެން امان ކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެވެ."

 

މި ރަމަޞާން މަހުގެ މައްސަރަކީ އެ ޤުރުޢާން އަހަރެމެންނަށް ބާވައިލެއްވި މައްސަރު ކަމުން ގިނަގިނައިން ޤުރުޢާން ކިޔެވުމުގައި ހޭދަކުރުންވެސް ވަރަށް މުހިންމެވެ.

 

ސަދަގާތް ދިނުމާއި، ޒަކާތް ދިނުންވެސް އެމީހަކަށް އެކަށީގެންވާ، ފުދުންތެރިކަން ހުރި މިންވަރަކަށް ދެވޭތޯ މަސައްކަތްކުރާށެވެ.

 

ރަމަޞާން މަހުގެ މި މާތް މައްސަރު އަހަރެމެން ހަނދާން ނައްތާލައިގެން ނުވާނެ އަނެއް ކަމަކީ އިސްރާފް ކުރުމެވެ. މީރު ކާއެއްޗެހިން ސުފުރާތައް، ގިނަ ތަކެތިން ފުރާލުމުގެ ބަދަލުގައި މަދު އެތިކޮޅުން ފުދޭ މިންވަރަށް ތައްޔާރު ކުރާށެވެ.

 

ހަނދާނުގައި ބަހައްޓަންވީ އަނެއްކަމަކީ މީ ކާއެއްޗެހީގެ މައްސަރެއް ނޫން ކަމެވެ. މީ ސަވާބު ހޯދުމުގެ މައްސަރެވެ. މީ އަޅުކަމުގެ މައްސަރެވެ.

 

ރަމަޞާން މަހުގެ ސަވާބާއި ދަރުމަ އެންމެހާ ބޭފުޅުންނަށްވެސް މިންވަރު ކުރައްވާށިއެވެ. އަދި ލައިލަތުލް ޤަދްރް ވިލޭރޭގެ ދަރުމަ އަޅަމެން ކޮންމެ މީހެއްގައި ލައްވާ އަޅަމެންގެ ފާފަތައް ފުއްސަވާށިއެވެ.

"اللهم انك عفو، تحب العفو فاعف عني" މި ރަމަޞާން މަހު ލައިލަތުލް ޤަދްރް ވިލޭރޭގެ ފުރިހަމަ ސަވާބު ހޯދުމަށް މި ދުޢާ ކޮންމެ ދުވަހަކު ގިނަގިނައިން ކުރާށެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0