ކުޅުދުއްފުށީ މަށި ކުޅިއަށް ކަހަނބު ދޫކުރާތީވެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކަންބޮޑުވުން އާއްމުންގެ ސަމާލުކަމަށް ގެނައީ ސިކްސެންސެސް ކަނުހުރާގައި މަސައްކަތްކުރާ ސީ ޓާޓުލް ބަޔޮލިޖިސްޓް އާދަމް އާތިފް މުހައްމަދެވެ.
ފޭސްބުކްގައި އާތިފް ވަނީ ކުޅިއަށް ދިރޭ ކޮންމެ އެއްޗެއް، ހާއްސަކޮށް ކަނޑުގައި އުޅޭ ދިރުންތައް ދޫކުރުން ހުއްޓާލައިދޭން އެދި ޕޯސްޓެއް ކޮށްފަ އެވެ. އޭނާ ބުނީ ކުޅިއަށް ވެލާގެ އިތުރުން ވެނާއި އެހެނިހެން ކަނޑުގެ ދިރުންތައް ވެސް އަޅަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
''ފޮޓޯއިން މި ފެންނަނީ މޫދުގައި އުޅޭ ވެލާ ކަހަނބުގެ ތެރެއިން, ކަހަނބެވެ. ކަންޒު ކަހަނބެއް ނޫނެވެ. މިއީ ކަނޑުގައި އުޅެންޖެހޭ އެއްޗެކެވެ، މިއީ ކަނޑާ ގުޅިފައި އޮތް ހުޅުވިފައިވާ ކުޅިއެއް ނަމަ ތަފާތުވީހެވެ. ނަމަވެސް މިއީ ބަންދުވެފައިވާ ކުޅިއެކެވެ" އާތިފް ބުނީ ކަނޑުގެ ދިރުންތައް ކުޅިއަށް ދޫކުރުމަކީ އެ އެއްޗެއްސަށް ވެސް އަދި ކުޅީގެ ތިމާވެއްޓަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މި ނޫހާ ވާހަކަ ދައްކަމުން އާތިފް ބުނީ ވެލާ އަދި ކަހަނބު މީހުން ކުޅިއަށް ދޫކުރަނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ މައުލޫމާތުވެސް އާއްމުންނަށް ލިބިފައިވެސް ނެތުމުން ކަމަށެވެ.
0%
0%
0%
0%
0%
3 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
15 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2