ހުޅުމާލެ ހޮސްޕިޓަލް
''ދެ އަހަރުވީމަ ކުޑަކުއްޖަކަށް، 6 އަހަރުގެ ކުއްޖާ ކުޑަކުދިން ގޮތަށް ނުބެލިޔަސް ދެން އެތާ ތިބީ ބޮޑެތި މީހުންކަމަށް ވާއިރު ކުޑަކުއްޖާއަށް ހާލަތާއި އުމުރަށް ބަލާ އަވަސް ކުރެވެން ވާނެ ކަމަށެވެ. އަދި ކޮންމެ ނޭވާއަކަށް ކިޔު ނަންބަރ ނެގުމުގެ މުބާރާތް ހުއްޓަން ޖެހޭ'' ފޭސްބުކް ގައި ހުސެއިން ނިޔާޒު އަށް ހުޅުމާލެ ހޮސްޕިޓަލުން ކުރެވުނު ތަރުޖިބާއެއް ހިއްސާކުރަމުން ބުންޏެވެ.
ނިޔާޒުގެ ޕޯސްޓުގައި އޭނާ ހާމަކޮށްދޭން ބޭނުންވަނީ ހުޅުމާލޭގައި ކިޔުއަކަށް ފަހު ކިޔުއަކަށް އަރަން ޖެހުމެވެ. ކުޑަ ކުއްޖަކު ހޮޑުލާވަރުން ދިޔައީމަ ފުރަތަމަ ޖެހުނީ ޓްރައިޖު ކިޔުގައެވެ. އެއަށް ޑރ އަށް ދައްކަން މެމޯ ހަދަން ނަންބަރ ނަގައިގެން ކިޔުގައި ޖެހެން ޖެހުނެވެ،
''މެމޯ ހަދާފަ ޑރ އަަައް ދަށްކަން ކިޔު އަށް، ޑރ އަށް ދަށްކަން ހޮޑުމަނާ ކުރާ އިންޖެކްޝަން ގަންނަން އެސްޓީއޯ ކިޔު އަށް، އިންޖްކްޝަން ޖަހަން ޕްރޮސީޖަރ ރޫމް އަށް ނަންބަރު ނަގައިގެން ކިޔުއަށް، ޕުރޮސީޖަރ ރޫމަށް އިންޖެކްޝަން ޖަހަން ކުޑަ ކުއްޖާ ވައްދާފަ ބާއްވާފަ އޭގެ މެމޯ ހަދަން އަނެއްކާ ބޭރު ކައުންޓަރ އައް ގޮސް ނަންބަރު ނަގައިގެން ކިއުގައި'' ނިޔާޒު ބުންޏެވެ.
އޭނާ ބުނީ ދިގު މަރުހަލާތައް އެތައް ގަޑިއިރަކަށް ދިގު ދެމިގެންދާއިރު ކުޑަ ކުއްޖާ ގަޔައް ހޮޑުލެވި، ވަރުބަލިވެ، ހޮސްޕިޓަލް ގޮނޑިތަކުގައި ވަރަށް އުނދަގުލުގައި އެކުއްޖާ އޮށޯވެ އޮންނަން ޖެހޭ ކަމަށެވެ.
ދުނިޔެ ތަރައްގީވެފައިވާ މި ޒަމާނުގައި އެގޮތަށް ނަންބަރު ނަގަން ނުދުވެ އަވަސް ހިދުމަތް ދެވޭނެ ގޮތް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު އަދި އަމިއްލަ އަމިއްލަ ނޫހެއް ހިންގާ ޒީނާ ޒާހިރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތުގެ ލަސްކަމުގެ ވާހަކަ އަޑުއިވޭތީ ރިޕޯޓު ޕަބްލިޝްކުރުމުގެ ކުރިން އަމިއްލައަށް އެކަން ތަޖުރިބާކުރި ކަމަށެވެ.
''ހުންއައިސް، ހޮޑުލެވި ރޯގާޖެހިފައިވާ މީހުން 3 ނޫނީ 4 ގަޑިއިރު ކިއުގައި ތިބެންޖެހުމުން ވާނެގޮތް ވިސްނާލުމަށްފަހު ހިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށް އުންމީދުކުރަމެވެ'' ޒީނާ ވިދާޅުވި އެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
20 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2