ކަމަދޫގައި އޮތް އީދު ހަރަކާތެއް ތެރެއިން - ފޮޓޯ: އަހުނަފު އެމްވީ
ބޮޑު އީދުގެ ބަންދު މިދިޔަ ހޯމަ ދުވަހު ނިމިއްޖެ އެވެ. އެކަމަކު ބައެއް ރަށްރަށަށް އަދިވެސް އީދު ހަރަކާތްތައް ނުނިމެއެވެ. އީދު ހަރަކާތްތަކަށް މަޝްހޫރު ބ. ކަމަދޫއަކީ އެއިން އެއް ރަށެވެ. ކުރީ އަހަރުތަކުގައި ސޯޝަލް މީޑިއާއިން ފެނުނު ކަމަދޫއާއެކު، މި އަހަރު ކުރިއަށް ވުރެ ވެސް ގިނަ ބަޔަކު އީދު ހަރަކާތްތައް ބަލަން ކަމަދޫއަށް ވަނީ ގޮސްފައެވެ.
ކަމަދޫ ކައުންސިލްގެ މެންބަރު މަރްޔަމް ނަފްޙަތު 'ކުރިއަށް މީޑިއާ'އަށް ވިދާޅުވީ އެ ކައުންސިލުން ރޭވި އީދު ހަރަކާތްތައް ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ އެކި ޖަމިއްޔާތަކުންނާއި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ "ދަ ހޯކްސް" އިން ކުރިއަށް ގެންދާ ހަރަކާތްތަކާ އެކު ރަށަށް އަދިވެސް އީދު ހަރަކާތްތައް ނުނިމެއެވެ.
ހާއްސަކޮށް ހޯކްސް އިން ރާވައިގެން ހަތަރު ޝޯއެއް ގެންދެ އެވެ. އެ ގޮތުން "ހަބޭސް" ބޮޑު ބެރު ގްރޫޕް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ބޭންޑުގެ ޝޯ މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިރޭ "ޓޫ އޮފް އަސް" ގެ ޝޯއެއް އޮތްއިރު، މާދަމާ ރޭ "1438" ގެ ޝޯއެއް އޮންނާނެ ކަމަށް ވެސް ނަފްޙަތު ބުންޏެވެ.
"މި ރަށުގެ 17 ގެސްޓްހައުސް ހަމަ އެއްކޮށް ފުލް. އެއީ ގާތްގަނޑަކަށް ބަލާ އެއީ 1500 އަށް ވުރެ ގިނަ މީހުން އަރާނެ ކަމަށް. ދެން ޑޭ ވިޒިޓް އަށް ވެސް ކައިރި ރަށްރަށުންނާ އެގޮތަށް ވެސް ބައިވަރު މީހުން އެރި،" ކައުންސިލް މެންބަރު މަރްޔަމް ނަފްހަތު ވިދާޅުވިއެވެ.
ބ. އަތޮޅަށް އުފަން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލު (ލޫކަސް) ވަނީ ކަމަދޫގެ އީދު ހަރަކާތްތަކާ ގުޅޭ ގޮތުން އޭނާ ހޯދި މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އީދުގެ 5 ދުވަހު، 13 ގެސްޓްހައުސް ފުރި، ގޭގެއިން ހިމަނައިގެން ޖުމްލަ 350 ކޮޓަރި ކުއްޔަށް ދޫކުރި އެވެ. ކޮޓަރި ކުއްޔަށް ދުވާލަކު 280،000 ރުފިޔާ ލިބޭއިރު މި އީދުގައި ހަމައެކަނި ކޮޓަރި ކުލިން 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކެއުމާއި، ރެސްޓޯރަންޓްތަކާއި، ފިހާރަތަކުން އިތުރު އާމްދަނީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ކަމަދޫ އަކީ ކަމަދޫއަކީ ރާއްޖޭގެ މީހުންނަށް ލޯކަލް ޓޫރިޒަމްގެ ރަނގަޅު މިސާލެއް ކަމަށާއި ކަމަދޫއަކީ ހަމައެކަނި ޢީދަށް ނޫން، ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ވެއްޖެ ކަމަށް ވެސް ލޫކަސް ބުންޏެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
4 ޖޫން 2025
0
3 ޖޫން 2025
2
30 މޭ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025

17 މާރިޗު 2025
0