އެސްޓިއޯ އައުޓްލެޓެއްގައި އެމްޑީ ޝިމާދު އާއި އިކޮނޮމިކް މިނިސްޓަރު ސައީދު --
އެސްޓީއޯގެ ފިހާރަތަކުން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އިސްތިހާރެއް ގައި ބުނުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ މީގެ އިޝްތިހާރު ވީޑިއޯއެއް ލައިފަ އެވެ. ޕްރެޒެންޓަރު އައިޝާ ޝަރީފް (އައިޝީ މާލޭގެ އެސްޓީއޯ ފިހާރައަކަށް ވަންނަ މަންޒަރެވެ. އަދި އަސާސީ ކާބޯތަކެތީގެ ހުރިހާ ބާވަތެއް އެސްޓީއޯގެ ހުރިހާ އައުޓްލެޓަކުން ލިބެން ހުންނާނެ ކަމަށް އޭނާ އެ ވީޑިއޯގައި ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޕޯސްޓްގެ ކެޕްޝަނުގައި ވެސް ލިޔެފައި ވަނީ "އެސްޓީއޯގެ ހުރިހާ އައުޓްލެޓްތަކުންވެސް އަސާސީ ކާބޯތަކެތީގެ 26 ބާވަތް ހެޔޮ އަގުގައި ގަންނަން ލިބޭނެ،" ކަމަށެވެ.
ސޯޝަލް މީޑިއާގައި އައްޑޫ އާއި ފުވައްމުލަކުގެ މީހުން އެހެންވެ އެ ވީޑިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
"ގެއްލި ފާރިސް ގޯން" ނަމުގައިވާ އެކްސް އެކައުންޓަކުން ލިއުނީ ތިމަންނާއާ ވާހަކަ ދައްކަން ވާނީ މާލޭގެ ތިޔަ ފިހާރައަކުން ލިބޭ ހުރިހާ އެއްޗެއް އޭނާ ދިރިއުޅޭ އައްޑޫގައި ލިބެން ހުންނަ ދުވަހަކުން ކަމަށެވެ.
އައްޑޫއަށް އުފަން ސޯޝަލް މީޑިއާ އެކްޓިވިސްޓް އާނިމް ވެސް ލިއުނީ މާލޭގެ ހުރިހާ އައުޓެލަކުން ލިބެން ހުރެދާނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ އެހެން އަތޮޅުތަކުގެ އައުޓްލެޓްތަކުން ލިބެން ހުރިކަމަށް އިޝްތިހާރު ކުރާނެ ކަމެއް ނެތް ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
ފުވައްމުލަކަށް އުފަން ނޫސްވެރިޔާ މުހައްމަދު ނޫރު އަހުމަދު ބުނީ އިކޮނޮމިކް މިނިސްޓްރީގެ އިޝްތިހާރު ފެނިގެން ރަށުގައި ހުރި އެސްޓީއޯ ފިހާރައަށް އޭނާ ދިޔަ ކަމަށެވެ. ނަމަވެސް އެ ތަނުގައި ލިބެން ހުރީ ފިޔާ، އަލުވި، އަދި ބިސް އެކަނި ކަމަށް އޭނާ ބުންޏެވެ.
"ދޮގު މައުލޫމާތު ފެތުރުން ހުއްޓާލާ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ޓެގް ކުރައްވައި ނޫރު ލިޔެފައިވެ އެވެ.
ތެދެކެވެ. މާލެއަކީ މުޅި ރާއްޖެއެއް ނޫނެވެ. މަރުކަޒީ ސަރުކާރު ހިންގާ ވެރިރަށުގައި ތިޔަ ހުރިހާ ތަކެތި ހުއްޓަސް އާބާދީގެ ދެން އެންމެ ބޮޑު އައްޑުއާއި ފުވައްމުލަކުން އެ ބުނަނީ އެ ތަކެތި ލިބެން ނެތް ކަމެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
5 ދުވަސް ކުރި
0
17 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2