ސަރުކާރުގެ ރަސްމީ އިދާރާތަކަށް ރާއްޖޭގެ އީދާރީ ރަށްރަށާއި އަތޮޅުތައް ވަކިކުރާކަށް ނޭނގޭ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ދިވެހި ތާރީހު ދިރާސާކުރާ ނާޖިހު ދީދީ ވަނީ ''އެކްސް'' ގައި އިލެކްޝަން ކޮމިޝަންގެ ޕޯޓަލްގައި އޭނާ އެޕްލައި ކުރި ފޯމެއްގެ ސްކްރީން ޝޮޓެއް ހިއްސާކޮށްފަ އެވެ. ނާޖިހު ހިއްސާކުރި ސްކްރީން ޝޮޓުން ފެންނަނީ އަތޮޅާއި/ ރަށުގެ ކެޓަގަރީ ގައި ސ. މަރަދޫ އަދި ރިކުއެސްޓެޑް ކޮލަމްގެ ދަށުގައ ކ. މާލެ ޖަހާފައިވާތަނެވެ.
އެ ސްކްރީން ޝޮޓް ހިއްސާކޮށް ނާޖިހު ބުނީ، ރާއްޖޭގެ ރަސްމީ މުއައްސަސާތަކަށް ރާއްޖޭގެ އިދާރީ ރަށްރަށާއި އަތޮޅުތައް ވަކިކުރާކަށް ނޭނގޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ރަސްމީ މުއައްސަސާތަކުގެ ފެންވަރަކީ މިއީ! ދިވެހިރާއްޖޭގެ އިދާރީ ރަށްރަށާއި އަތޮޅުތައް ވަކިކުރާކަށް ނޭނގޭ! އިދާރީ ގޮތުން މާލެއަކީ ކ އަތޮޅުގެ ރަށެއް ނޫން! ކ.އަތޮޅާއި މާލެއަކީ އިދާރީ ވަކި ދެ "ޕްރޮވިންސް"! ކ އަކީ އިދާރީ މާލެއަތޮޅަށް ދީފައި އޮންނަ އަކުރެއް. މާލެއަކީ… pic.twitter.com/vEO0UtGTyX — Dhivehi Archives by Naajih Didi (@NaajihDidi) February 21, 2026
އޭނާ އިޝާރާތް އެ ކުރަނީ ރަށުގެ ކެޓަގަރީ ގައި މާލެ އޮތުމުންނެވެ. އިދާރީ ގޮތުން މާލެއަކީ ކ އަތޮޅުގެ ރަށެއް ނޫނެވެ. ކ.އަތޮޅާއި މާލެ އަކީ އިދާރީ ވަކި ދެ "ޕްރޮވިންސް" އެވެ.
''ކ އަކީ އިދާރީ މާލެއަތޮޅަށް ދީފައި އޮންނަ އަކުރެއް. މާލެއަކީ ގުދުރަތީ މާލެއަތޮޅު އުތުރުބުރީގެ ރަށަކަށް ވިޔަސް އިދާރީ ގޮތުން މާލެ ސިޓީއަކީ ވަކި ބަޔެއް'' ނާޖިހު ބުންޏެވެ.
އަދި ހަމަ އެގޮތަށް 2010 ވަނަ އަހަރުން ސ.މަރަދޫ އަކީ ވަކި ރަށެއް ނޫނެވެ.
''އޮންނަނީ އައްޑޫ އޭ ކިޔާ ރަށެއް! އަދި 2025 އިން ފެށިގެން މަރަދޫ ހިމެނޭ ރަށުގެ ނަމަކީ އައްޑޫ ސިޓީ'' ނާޖިހު ބުނީ މިއީ ހަމަ އެކަނި އިލެކްޝަންސް ކޮމިޝަންގެ ހާލަތެއް ނޫން ކަމަށެވެ.
''ހުރިހާ މުއައްސަސާއެއްގެ ހާލަކީ މީ!'' ނާޖިހުގެ ޓްވީޓް ނިންމާލަމުން ބުންޏެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
15 ފެބުރުވަރީ 2026
0
12 ފެބުރުވަރީ 2026
0
6 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2