ހައުސް އޮފް ޖޭޑްގައި ތައްޔާރުކުރި ކައިވެނި ހަފުލާއެއް ތެރެއިން : ކުރިއަށް ކެމެރާ / އަހްމަދް އަލީ
ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެންމެ އުފާވެރި އެއް ދުވަހަކީ އެމީހަކު ޒަވާޖީ ހަޔާތެއް ފަށާ ދުވަހެވެ. އެދުވަހުގެ އުފަލުގައި އާއިލާއާއި، ރަހްމަތްތެރިންގެ އިތުރުން ގާތް މީހުން ވެސް ޝާމިލު ކުރަން ކޮންމެ މީހަކު ވެސް ބޭނުންވާނެ އެވެ.
އެފަދަ އުފާވެރި ހިޔާލުތަކެއް އައިޝަތު ނަދާގެ ދެމަފިރިންވެސް ކުރިއެވެ. ކައިވެނި ޕާޓީގެ ހުރިހާ ކަމެއް މާކުރިން ފެށިގެން ރާވައި، ތައްޔާރުވީ ހަޔާތުގެ އެންމެ އުފާވެރި ދުވަސް އާއިލާއާއި ގާތް މީހުންނާއެކު ވަރަށް ފުރިހަމަކަމާއެކީ ހޭދަ ކޮށްލާށެވެ.
ނަމަވެސް ކަންތައް ދިމާވީ އެމީހުން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ޒިންމާދާރުކަން ކުޑަ ބައެއްގެ ސަބަބުން ނަދާގެ ދެމަފިރިން ބެދެން ޖެހުނީ ބޮޑު ލަދެއްގައެވެ. އެންމެ އުފާވެރި ދުވަހު ލޮލުން އޮޮހޮރަން ޖެހުނީ ހިތާމައިގެ ކަރުނަ އެވެ.
މިކަން ދިމާވީ ކައިވެނި ހަފްލާތައް އިންތިޒާމު ކުރާ ބައެއް ކަމަށްވާ "ޖަސްޓް މެރިޑް" އިން އެ ދެމަފިރިންނަށް ދިން ލަނޑެއްގެ ސަބަބުންނެވެ. އެމީހުންގެ ސްކޭމުގައި ޖެހި ނަދާގެ ދެމަފިރިންނަށް ލިބުނީ ދުވަހަކު ވެސް ހިތުން ނުފިލާނެވަރުގެ ކެއްސެކެވެ.
އެވާހަކަ ނަދާ ވަނީ ފޭސްބުކް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.
އޭގައި ލިޔެފައިވާ ގޮތުގައި "ޖަސްޓު މެރިޑް" ކިޔާ ޕޭޖު ހިންގާ މުހައްމަދު ހުނައިނު އަށް ނަދާ ފައިސާ ދިނީ އެ ދެމަފިރިންގެ އެންމެ އުފާވެރި ދުވަހުގެ ޑެކަރޭޝަނާއި ކެއުމަށާއި ތަނުގެ އަގު ވެސް ހިމަނައިގެންނެވެ.
އެ ކައިވެނީގެ ހަފްލާ ބޭއްވީ "ހައުސް އޮފް ޖޭޑް" ގައެވެ. ކައިވެނީގެ ޑެކަރޭޝަނަށް ނަދާގެ ދެމަފިރިން 20،000 ރުފިޔާ ދިނީ މިދިޔަ މަހު 1 ގައެވެ. އެއީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ. އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކި އެވެ.
ނަދާ ބުނި ގޮތުގައި އެ ފައިސާތައް ދެއްކުމަށްފަހު ބާކީ ނުދީ އޮންނާނީ 2،000 ރުފިޔާ އެވެ. އެއީ ކައިވެނީގެ ކަންކަން ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވި އަދަދެކެވެ.
ނަދާގެ ދެމަފިރިން ކައިވެނި ކުރީ އެ ދުވަހު ހަވީރު 4:00 ގައެވެ. ޕާޓީ އޮތީ ހަވީރު 5:00 ން 7:30 އަށެވެ. ނަމަވެސް ޕާޓީ ފެށިގެން، ނިމެން ގަޑިއިރެއް ހާއިރު ވީއިރުވެސް ބަދިގެއިން ކާއެއްޗެއް ނުނެރެ އެވެ.
"އަހަރެންގެ ފިރިމީހާ އާއި ބޭބެ 5:45 ވަންދެން ތަކުރާރުކޮށް ހުނައިނަށް ގުޅަމުންދިޔަ. އޭނާގެ ޖަވާބަކީ ބަލަމުންދާ ކަމަށް. ވެގެން އުޅޭ ގޮތް އެނގުނީ އެ މީހުން ގޮސް ހައުސް އޮފް ޖޭޑުގެ ކޭޓަރިން މުވައްޒަފުންނާ ވާހަކަ ދެއްކުމުން." ނަދާ ބުނެފައިވެ އެވެ.
ނަދާގެ ދެމަފިރިންގެ ކައިވެނި ޕާޓީއަށް ކާއެއްޗެހި ހުރީ ތައްޔާރު ކޮށްފަ އެވެ. ނަމަވެސް އެ ތަކެތި ނުނެރި ތިބީ "ހައުސް އޮފް ޖޭޑް" އަށް ހުނެއިން ދައްކަން ޖެހޭ 37،000 ރުފިޔާ ނުދައްކާ އޮތުމުން ނެވެ. އެތަނުގައި ހުރި ވެއިޓަރު ނަދާމެން ކައިރީގައި ބުނީ "ބޮސް" އާ ވާހަކަ ދެއްކުމަށެވެ. ނަމަވެސް އެބުނާ "ބޮހެއް" އެތަނުގައި ފެންނާކަށް ވެސް ނެތެވެ.
ކާއެއްޗެހި ނެރެދޭން ބުނުމުން އެތަނުގައި ތިބި މުވައްޒަފުން އެކަންކޮށް ނުދިނެވެ. އެންމެފަހުން ނަދާއަށް ރޮވެން ފެށުމުން، އޭނާގެ ފިރިމީހާއާއި ބޭބެ ބަދިގެއަށް ގޮސް ކާއެއްޗެހި ނެރެ، އަމިއްލައަށް މެހެމާނުންނަށް ދޭން ފެށި އެވެ.
މި ހިނގީ ވަރަށް ވެސް ދެރަ ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި ކޮންމެ ވިޔަފާރިއަކުން ވެސް އިސްކުރަން ވާނީ އިންސާނިއްޔަތު ކަމެވެ. މިހެން މީހުނަށް ލަނޑުދޭ ފަރާތްތަކަށް ހައްގު އަދަބު ދޭން ވެސް އެބަ ޖެހެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
3 ޖޫން 2025
2
30 މޭ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025

17 މާރިޗު 2025
0