އިންތިހާބީ ޝިއާރަކަށް ނަޝީދު ބޭނުންވަނީ "އިހަށް މަޑުކޮށްލާ"

Inthihaabee shiaarakah Nasheed beynun vanee "Ihah Madukohlaa"

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރިޕޯޓް

ތެދެކެވެ. ސިޔާސީ ވެރިންގެ ވައުދުނާމާތަކާއި އިގުތިސޯދީ ހަގީގަތަކާ ނުބައްދަލެވެ. އުމްރާނީ ތަރައްގީ ގާއިމުކުރަން މިހާރު ވެސް ދައުލަތް ދަރަނިވެއްޖެ އެވެ. ދަރަނިން މި އުފައްދާ ގިނަ ބިނާތަކުން ދައުލަތަށް މާ ބޮޑު އެއްޗެއް ނުލިބެ އެވެ. ސިނަމާލެ ބްރިޖުން ފީއެއް ނަގަން އުޅެފައި އެ ކަމެއް ވެސް ނުކުރެ އެވެ. އަދިވެސް އިތުރު ޕްރޮޖެކްޓްތައް ހިންގަން ދަރަނި ނަގަނީ އެވެ.

އިގުތިސޯދީ ބޮޑެތި ސިޔާސަތުތަކެއް ދެ ރިޔާސީ އިންތިހާބެއްގައި ރައްޔިތުންނަށް ހުށަހެޅުއްވި ސިޔާސީ ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް މިހާރު ވެރިން މިވާ ވައުދުތައް ފެނި ކެތް ނުކުރެވުނެވެ. ފުލުފުލުގައި އިއްޔެއާއި މިއަދު ވެސް ސޯޝަލް މީޑިއާގައި އެމަނިކުފާނު ގެންދަވަނީ ލިއުއްވަމުންނެވެ.

މިއަދު އަދި ވަރަށް ތަފާތު ޕޯސްޓެއް ކުރައްވައިފި އެވެ. "އަނެއް ދިވެހިރާއްޖެ"، "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް"، "އެއްބުރުން"، "ފިކުރެއްގެ ދިރުން"، ފަދަ ޖޯޝުން ފުރިގެންވާ އިންތިހާބީ ޝިއާރުތަކާއެކު ކުރިން ކެމްޕެއިން ކުރެއްވި ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ލިއުއްވީ ކުރިއަށް އޮތް އިންތިހާބުތަކަށް ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" މިއެވެ.

ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތް،5-4 އަހަރަށް ހުއްޓާލުން މުހިންމު. ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް މަޑު ކޮށްލާ". ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދުވާންވީ މަޑުޖެހިލާން

ރައީސް މުހައްމަދު ނަޝީދު

 

2008 ވަނަ އަހަރު، ވާދަވެރި ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ޑިމޮކްރެޓިކް ގާނޫނުއަސާސީގެ ފަހުން ކޮންމެ ވެރިކަމެއްގައި ވެސް ފެންނަނީ ދުރު ރާސްތާގެ ޕްލޭނެއް ނެތި ކޮންކްރީޓް ބިނާތައް އިތުރުކުރުމާއި ދައުލަތަށް ނުތަކާ ވަރަށް ވަޒީފާ ބަހަމުންދާ ތަނެވެ. ނަޝީދުގެ ވެރިކަން ވެސް ހިމެނޭހެން ކޮންމެ ވެރިކަމަކުން ވެސް ބާރު ދަމަހައްޓަން މަސައްކަތްކުރަނީ ވަޒީފާ ބަހައިގެން މީހުން މަތަކޮށްގެނެވެ.

އެހެން ނަމަވެސް، އާސަންދައާއި ގެސްޓް ހައުސް ފަދަ ސިޔާސަތުތައް ރާއްޖެއަށް ތައާރަފުކުރެއްވި ރައީސް ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ލިބޭ އާމްދަނީއަށް ބައްދަލުވާނެ ހަރަދުތަކެއް ކޮށްގެނެވެ. ބަޖެޓް ސާޕްލަސްކޮށް، ރިވާޒް ވެސް އިތުރުކޮށްގެނެވެ. އަދި ދަރަނި ވެސް ދައްކައިގެނެވެ.

ކައިރިކައިރީގައި އެއާޕޯޓް އަޅަމުންދާތީ ވެސް ނަޝީދު ފާޑުވިދާޅުވި އެވެ. އުތުރުން މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ވެސް އުތުރުގެ ތިން އަތޮޅުގައި ހަތަރު އެއާޕޯޓް އޮތް އިރު އިތުރު ހަތަރު އެއާޕޯޓް އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޖެހިޖެހިގެން ގިނަ އެއާޕޯޓްތައް އަޅާނަމަ ހުރިހާ އެއާޕޯޓެއް ވެސް މާލީ ގޮތުން ދެކޮޅު ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމީ އެއާލައިންއަށް ދެއުޅިއެއް ނުވާ ހަރަދުތަކެއް ހިންގަން ޖެހުން، އަދި ލޯކަލް ޓޫރިޒަމަށް ވެސް ކުރަންވީ މަންފާ ނުކުރުން. ސްޕީޑް ބޯޓްގައި ދެވޭ ހިސާބުތައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭނެއް ނެތް ކަމާއި ޒިންމާދާރުކަން ކުޑަކަން،" ޑިމޮކްރެޓިކް ގާނޫނުއަސާސީއަށްފަހު ފުރަތަމަ އިންތިހާބީ ރައީސް ނަޝީދު ލިއުއްވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަން ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ. ނަމަވެސް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ނަޝީދު ވަނީ އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ހިޔާލު ހޯއްދެވުމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މެސެޖު ކުރައްވައިފަ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2