17 މޭ 2025
މުންބާއީގައި ބޭއްވުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ މިއުޒިކް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތް ކަމުގައިވާ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް 2025 ގައި ދިވެހިރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" އިން ތިންވަނަ ހޯދުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝޯއަށް ޓިކެޓު ގަންނަ ފަރާތްތަކަށް ލަކީ ޑްރޯގެ އިނާމެއް ލިބޭ ގޮތަށް ޓިކެޓު ވިއްކަން ފަށައިފި އެވެ.
ޓިކެޓު ވިއްކަމުން ދަނީ އޮންލައިންކޮށެވެ.
އެ ބޭންޑުން ބުނި ގޮތުގައި ތިން ކެޓެގަރީ އަކުން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވެެއެވެ. އަދި ޓިކެޓު ގަންނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ ކޮންމެ ކެޓަގަރީއަކުން އެއް ޓިކެޓަކަށެވެ.
ޕްލެޓިނަމް ޓިކެޓު ގަންނަ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ވީއައިޕީ ސީޓިން، ސްވެނިއާ، ސްނެކްސް، ރޭގަނޑުގެ ކެއުމުގެ އިތުރުން ބޭންޑާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެެއެވެ.
ގޯލްޑަން ޓިކެޓު ގަންނަ ފަރާތްތަކަށް ލިބޭނެ ހިދުމަތްތަކަކީ ހަދިޔާ، ސްނެކްސް އަދި ބުއިމެވެ. ބްރޯންޒް ޓިކެޓަށް ހުރި ހިދުމަތަކީ ޝޯއަށް ވަނުމުގެ ފުރުސަތާއި ސްވެނިއާ އެކަންޏެވެ.
އެ ބޭންޑުން ބުނި ގޮތުގައި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަސްގަ އެވެ. ޝޯ ފަށާނީ އެ ރޭ 8:00 ޖަހާއިރުގަ އެވެ. މިއީ މި ބޭންޑުން މާލޭގައި ބާއްވާ ފުރަތަަމަ ލައިވް މިއުޒިކް ޝޯ އެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0