ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ރަސްމީކޮށް ހުޅުވަން ތައްޔާރުވެފައިވާއިރު، އެންމެ ތަފާތުކަމެއްގެ ގޮތުގައި ފެންނަނީ އެއާޕޯޓުގެ އިންޓީރިއާ އެވެ. ރާއްޖޭގެ އޭވިއޭޝަންގައި އުޅޭ މުވައްޒަފުންތަކެއް ހިންގާ އޭވިއޭޓާ މޯލްޑިވްސް އިން ވަނީ ހަނިމާދޫ އާ ޓާމިނަލްގެ ބައެއް މަންޒަރުތައް 'އެކްސް' އަށް ދޫކޮށްލާފަ އެވެ.
އޭގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ އެތައް ހާސް ބަޔަކު ރާއްޖެއަށް އެއްޗެއް ބަލަން ޒިޔާރަތްކުރާ، މަޑިތަކެކެވެ. ޓާމިނަލްގެ ފާރުގައި ހަރުކޮށްފައިވާ ފޮޓޯއިން ދައްކުވަނީ ގިނަ އަދަދެއްގެ މަޑިތަކެއް މޫދުގައި ހަރަކާތްތެރިވާ ރީތި ކުރެހުމެކެވެ.
އެ ފޮޓޯތަކުގެ ތެރެއިން ދެން އެންމެ އަޅައިގަތް ފޮޓޯއަކީ ދިވެހިްނ ލިޔެކިޔުމަށް ބޭނުންކުރަމުން އަންނަ އަކުުރުތައް ދައްކުވައިދޭ ފްރޭމްއެކެވެ. އެ ފްރޭމްގެ މެދުގައި ސަންގު ފެންނަނައިރު އެ ވަށައިގެން 'ދިވެސް' އަކުރުން ލިޔުންތަކެއް ފެނެ އެވެ. އޭގެ ކަނާތްފަރާތު ތިރިން ފެންނަނީ ދިވެހި ލިޔުންތަކުގެ ތެރެއިން ރާއްޖޭގައި ފެންނަން އޮތް 3 ވަނައަށް އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ލިޔުން ކަމަށްވާ ލޯމާފަނު އެވެ.
Pictures showcasing the beautiful interior of the new terminal at Hanimaadhoo International Airport.
Photo: ammu.visuals
Telegram Channel: https://t.co/KUkXqwLO2W pic.twitter.com/nDczP3KgzS — AviatorsMaldives (@AviatorsMaldive) November 9, 2025
އެއާޕޯޓުގެ އާ ޓާމިނަލްގައި ހިރިގަލުގެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯއެއްވެސް ފެނެ އެވެ. އެ ފޮޓޯއިން ދައްކުވައިދެނީ ހިރިގާ އެކި ގޮތް ގޮތަށް ކަނޑާފައި ލިޔެފައިވާތަނެވެ.
ހަނިމާދޫ އެއާޕޮޓު އަލުން ހުޅުވަން ހަމަޖެހިފައިވަނީ މިރޭ އެވެ. އެ އެއާޕޯޓު މަޝްރޫއަކީ މިދިޔަ ސަރުކާރުގައި އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އެ އެއާޕޯޓަށް ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، އެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެވެ.
އެ މަޝްރޫއުގެ ދަށުން 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރަން އެއްބަސްވެފައިވެ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2