ހދ. ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީކޮށް ރޭ ވަނީ ހުޅުވާފަ އެވެ. އެންމެންވެސް އެންމެ ބޮޑަށް އަޅައިގަތީ އެއާޕޯޓުގެ އިންޓީރިއަށެވެ. އެއިން ފެންނަ ރީތީ ކުރެހުންތަކަަށެވެ. ދިވެހިންވަންތަ ކުރެހުމެވެ. މި ކުރެހުންތަކުގެ ފަހަތުގައި ވަނީ 6 އާޓިސްޓުންގެ ބުރަ މަސައްކަތެވެ. ހަނިމާދޫ އެއާޕޯޓުގެ އެއާޕޯޓުގެ އާޓްވޯކް ޑިޒައިން އާއި ޕްރޮޑަކްޝަންގެ ކަންތައްތަކުގައި މަސައްކަތްކުރީ އިންޑިއާގެ ސަޗިން ކަލުސްކަރު އެވެ. އާޓް އެންޑް ކަލްޗާ ޕްރޮމޯޓްގައި ހަރަކާތްތެރިވާ ސަޗިން ވަނީ މީގެ ކުރިން އިންޑިއާގެ އެކި އާޓްތައް ޑިޒައިންކޮށްފަ އެވެ. އަދި އެވޯޑްތައްވެސް އޭނާ ވަނީ ހޯދާފަ އެވެ.
އެ ކުރެހުންތަކުގެ އާޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދިވެހި އާޓިސްޓުންނެވެ. އެއީ އަލީމް ޝަކޫރު، އާމިނަތު ޒައިނާ، ލައުޒަސް އާޓް، ޒައިން ރިޔާޒުގެ އިތުރުން ޝިމަން ސޯލަހު އެވެ.
އެ އާޓިސްޓުންގެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ އެތައް ހާސް ބަޔަކު ރާއްޖެއަށް އެއްޗެއް ބަލަން ޒިޔާރަތްކުރާ، މަޑިތަކެކެވެ. ޓާމިނަލްގެ ފާރުގައި ހަރުކޮށްފައިވާ ފޮޓޯއިން ދައްކުވަނީ ގިނަ އަދަދެއްގެ މަޑިތަކެއް މޫދުގައި ހަރަކާތްތެރިވާ ރީތި ކުރެހުމެކެވެ.
އެ ފޮޓޯތަކުގެ ތެރެއިން ދެން އެންމެ އަޅައިގަތް ފޮޓޯއަކީ ދިވެހިްނ ލިޔެކިޔުމަށް ބޭނުންކުރަމުން އަންނަ އަކުުރުތައް ދައްކުވައިދޭ ފްރޭމްއެކެވެ. އެ ފްރޭމްގެ މެދުގައި ސަންގު ފެންނަނައިރު އެ ވަށައިގެން 'ދިވެސް' އަކުރުން ލިޔުންތަކެއް ފެނެ އެވެ. އޭގެ ކަނާތްފަރާތު ތިރިން ފެންނަނީ ދިވެހި ލިޔުންތަކުގެ ތެރެއިން ރާއްޖޭގައި ފެންނަން އޮތް 3 ވަނައަށް އެންމެ ގިނަ ދުވަސްވީ އަދި އެންމެ އިތުބާރު ކުރެވޭ ލިޔުން ކަމަށްވާ ލޯމާފަނު އެވެ.
ރީތި ކުރެހުންތައް ހިމެނޭ ހަނިމާދޫ އެއާޕޯޓު ހުޅުވައިދެއްވީ ރޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.އެއާޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2