އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ގާއިމުކުރަން މަޝްރޫއެއް ދާދި ފަހު ގޫގުލްއިން ވަނީ އިއުލާންކޮށްފަ އެވެ. ގޫގުލްގެ އެ ނިންމުމަށް މި ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ މެންބަރުންނެވެ.
ގޫގުލްގެ ނިންމުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއް ރީޕޯސްޓު ކުރައްވާ އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާން 'އެކްސް' ގައި ވިދާޅުވީ ގޫގުލް އިން އައްޑޫ ސިޓީއަށް އިންވެސްޓް ކުރާތީ އުފާކުރާ ކަމަށެވެ.
''މިއީ ޑިޖިޓަލް އަދި އިގްތިސާދީ މުސްތަގުބަލަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ'' އަޒާނު ވިދާޅުވި އެވެ.
Happy that Google will invest in Addu City. Their recent decision shows the impact of President @MMuizzu ‘s work to build a stable, investor-friendly climate. A major boost for our digital and economic future. https://t.co/PlHnYfzpJu — Ahmed Azaan (@axanner) November 17, 2025
އަޒާނުގެ ޕޯސްޓަށް ރައްދު ދެއްވައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ މަޝްރޫއު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ގޫގުލް އިން ހުށަހެޅި ކަމަށެވެ.
އެކަމަށް އޭރު އެކަމަށް އެއްބަސް ނުވީ ރާއްޖެ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ގެންގުޅުނު ސިޔާސަތަށް އެ މަޝްރޫއުން ހުރަސް އެޅޭތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
Google’s Dhivaru cable confirms and validates what we worked for in MDP government. Our vision to capitalize and take advantage on the strategic location to make Maldives a true ICT hub linking Africa, the Middle East, Asia & Australia. Our digital-economy vision aimed to… https://t.co/HN8PjYEV3r — Fayyaz Ismail (@faya_i) November 18, 2025
"މިހާރު ހަމަ އެ މަޝްރޫއު ކުރިއަށް މިގެންދަނީ ތަފުސީލެއް ހާމަކުރުމެއްނެތި،" ފައްޔާޒު ވިދާޅުވީ ގޫގޫލްގެ މަޝްރޫއުގެ ދަށުން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ބޭރުގެ ބަޔަކަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލޭނެ ކަމަށެވެ.
އަދި ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަށް ހުޅުވުނު ދޮރެއް ބަންދުވެގެން ގޮސްފައިވާ ކަމަށާއި، މަޝްރޫއުގެ ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ގޫގުލް އިން ރާއްޖެއަށް ކުރި އިއުލާންކުރި ކޭބަލް އަށް ދީފައި ވަނީ ދިވެހި ނަމެކެވެ. އެއީ ދިވަރަ އެވެ. ދިވަރަ އަކީ އިހުގެ ދިވެހި ރިޔަލު އޮޑިދޯނިފަހަރުގެ ފަން ރިޔަލުގެ ބޭރުން އޮންނަ ވަލެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
12 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2