ގަސް ނުކަނޑައި ތަރައްގީ ގެންނާނެ ގޮތުގެ ނަމޫނާ ކުޅުދުއްފުށިން

Gass nukandai tharahgee gennaane gothu ge namoonaa Kulhudhuffushin

ކުޅުދުއްފުށި ހޮނިހިރު ބާޒާރުގެ ސަރަހައްދު، ސިޓީ ކައުންސިލުން ތަރައްގީކޮށްފައި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ރިޕޯޓް

ރާއްޖޭގައި ގިނަ ފަހަރު ތަރައްގީގެ ފަލްސަފާ ގެންގުޅެވޭ ގޮތް އެހާ ރަނގަޅެއް ނޫނެވެ. އަމީނީ މަގު ތަރައްގީ ކުރުމަށް އެ މަގުގައި އެތައް ޒަމާނަކުން ހެދި ބޮޑުވި ގަސްތައް ކަނޑާލި އެވެ. ވިލިމާލޭގައި ބަސް ދަތުރު ކުރުމަށް އުނދަގޫވިއޭ ކިޔާފައި ގަސްތަކެއް ކެނޑި އެވެ. އާންމުންނަށް އުނދަގޫވާތީވެ، ގަސް ނުކަނޑައި ވާނެ ގޮތެއް ބެލުމުގެ ބަދަލުގައި، ވިލިމާލޭގައި ޒަމާންވީ ދެ ނިކަ ގަސް ކަނޑާލަން ވެސް އެ ނިންމީ އެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ދެއްކީ ތަފާތު މަންޒަރެކެވެ.

އެ ކައުންސިލުން ވަނީ އެ ރަށުގެ ޒަމާންވީ ހޮނިހިރު ބާޒާރު ކުރިއަށްގެންދާ ސަރައްދު ގަސްތައް ނުކަނޑައި އެ ސަރަހައްދު ތަރައްގީ ކޮށްފައެވެ. އަދި އެތަން ތަރައްގީ ކޮށްފައި ވަނީ އެ ރަށުގައި ޒަމާނުއްސުރެ ހޮނިހިރު ބާޒާރު ކުރިއަށް ގެންދާ އުސޫލާ ސަގާފަތް ނުގެއްލޭ ގޮތަށް ކަން ފާހަގަ ކޮށްލެވެއެވެ.

ހޮނިހިރު ބާޒާރާއި ކުޅުދުއްފުށި

ކުޅުދުއްފުޓަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ ވެސް ވެރި ރަށޭ ބުނެވިދާނެ އެވެ. ކާބަފައިންގެ ބަހުރުވައިން ބުނާ ނަމަ ބޮޑު ތިލަދުންމަތީގެ ހިތަކީ ކުޅުދުއްފުއްޓެވެ.

ވުމާއެކު އެކި ހިދުމަތްތަކަށް އެ ތިން އަތޮޅުގެ މީހުން ކުޅުދުއްފުށްޓަށް ގޮސް އުޅެއެވެ. ހަފްތާ ބަންދުގެ ތެރެއިން ހޮނިހިރު ދުވަހަކީ ވަރަށް ގިނަ މީހުން އެ ރަށަށް ޖަމާވާ ދުވަހެކެވެ. ވުމާއެކު ދަނޑުވެރިކަން ކުރާ ކައިރި ރަށްރަށުން މޭވާ އާއި ތަރުކާރީ ހިފައިގެން ވިއްކުމަށް ވެސް އެ ދުވަހު ކުޅުދުއްފުއްޓަށް ދެ އެވެ. ޒަމާންތަކެއް ވަންދެން އެ ރަށުގައި ހިނގާ މި ބާޒާރަށް ކިޔަނީ ހޮނިހިރު ބާޒާރެވެ.

މި ބާޒާރު ހިނގާ ސަރައްދު ތަރައްގީ ކުރުމަށް ކޮންކްރީޓް ގޮޅިތަކެއް އެޅުމުގެ ހިޔާލު ގެންގުޅުނެވެ. އެ ރަށު މީހުންނަށް އެ ހިޔާލު ކަމަކު ނުދިޔައެވެ. މާޒީގައި ވެއްޓަށް ގެއްލުންވާނެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ވީ ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ކަމާ ދެކޮޅަށް އެ ރަށު ޒުވާނުން ނުކުތް ކަން ތާރީހު ހެކި ދޭނެ އެވެ.

 

ކުޅުދުއްފުށި ހޮނިހިރު ބާޒާރުގެ ސަރަހައްދު، ސިޓީ ކައުންސިލުން ތަރައްގީކޮށްފައި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން 

ގިނަ ބަޔެއްގެ ތައުރީފު

ކޮންމެ އަކަސް ހޮނިހިރު ބާޒާރު ތަރައްގީކޮށް ހުޅުވާލުމުން އެތަށް ބަޔަކު ކޮޅު ނެތްކޮޅަށް ތައުރީފް ކުރިއެވެ. އެފަދައިން ތައުރީފްކޮށް ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ، އައްޑޫ އަތޮޅަށް އުފަން ނާޖިހު ދީދީ ވިދާޅިވީ ހުރިހާ ސިޓީތަކާއި ރަށެއްގެ ކައުންސިލްތަކުން އެ ގޮތަށް ރުއްގަސް ނުކަނޑައި ތަރައްގީ ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. 

ތާރީހު ދިރާސާ ކުރައްވާ, ބ. އަތޮޅު ކުޑަރިކިއްޔައް އުފަން ޝަމްމޫން ޖަލީލު (ލޫކަސް) ވެސް ފޭސްބުކްގައި ލިއުއްވީ  ކައުންސިލްތައް ރޭންކު ކުރާ ނަމަ އެންމެ މަތިން ރޭންކު ކުރާނީ ކުޅުދުއްފުށި ސިޓީ ކައުންސިލް ކަމަށެވެ.

މީގެ އިތުރުން އެތަން ހުޅުވި ހަބަރު ކުޅުދުއްފުށި އޮންލައިން އިން ރިޕޯޓްކޮށް ލިޔެފައިވާ ހަބަރުގެ ޕޯސްޓަށް 70 އަށް ވުރެ ގިނަ ޝެއާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ލިބިފައިވެ އެވެ. ގިނަ ބަޔަކު ތައުރީފްކޮށް ކޮމެންޓު ކޮށްފައިވެ އެވެ.

އަދި ނޯ ސްމޯކިން ބޯޑު ޖެހި ނަމަ މާ ފުރިހަމަވާނެ ކަން ވެސް އޭގެ ކޮމެންޓު ސެކްޝަނުގައި މީހަކު ފާހަގަ ކޮށްފަައިވެއެވެ.

ކޮންމެ އަކަސް ކުޅުދުއްފުށި ވެފައި މިވަނީ ނަމޫނާ ރަށަކަށެވެ. ގަސްތައް ނުކަނޑައި ތަރައްގީ ގެނެވޭނެ ކަން ސާބިތު ކޮށްދީފި އެވެ. އަދި ކޮންކްރީޓަކީ ތަރައްގީ ނޫން ކަން ވެސް ބުނެދީފި އެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

'2 of us' roolhijje; Jaisham ai Hisam ves feyah

'2 އޮފް އަސް' ރޫޅިއްޖެ؛ ޖައިޝަމް އާއި ހިޝާމްވެސް ފެޔަށް

2