ގާސިމްއާ ނާޒިމު މަޖިލީހުގައި ކުރާ މަސައްކަތެއް ނެތް

Gasim aa Nazim majileehugai kuraa massahkatheh neh

ރިޕޯޓް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މި ހިނގާ 20 ވަނަ މަޖިލީހުގައި އެއްވެސް މަސައްކަތެއް ކޮށްފައިނެތް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަޖިލީހުން އާއްމުކޮށްފައިވާ މި ދައުރުގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މި ދެ މެންބަރުން އެއްވެސް ބިލެއް ހުށަނާޅާ ތަނުގައި ބިލެއްގެ ބަހުސްގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަދި އެއްވެސް ވަޒީރަކާ ސުވާލުކުރަން ވެސް ދެ މެންބަރުންވެސް ހުށަހަޅާފައެއް ނުވެ އެވެ. މަޖިލީހުގައި ޖުމްހޫރީ ޕާޓީ ގާސިމް ތަމްސީލު ކުރައްވާއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލުކުރައްވަނީ ނާޒިމް އެވެ. މިއީ އެ ދެ ޕާޓީގެ ލީޑަރުންވެސްމެ އެވެ.

މަޖިލީހުގައި އެއްވެސް މަސައްކަތެއް މި ބޭފުޅުން ކޮށްފައިނުވާއިރު މި ދެ މެންބަރުންނަކީވެސް މި ސަރުކާރުގެ ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. އަދި ދެ މެންބަރުންނަށް އެކި ގޮތް ގޮތުން ސަރުކާރު މެދުވެރިކޮށް ފައިދާތަކެއްވެސް ވަނީ ލިބިފަ އެވެ. ވަކިން ހާއްސަކޮށް ނާޒިމްގެ އާރުސީސީ ކުންފުންޏަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފަ އެވެ.

އާރުސީސީއާ ހަވާލުކުރި އެންމެ ބޮޑު މަޝްރޫއުއަކީ ކައުންސިލު އިމާރާތްތައް އެޅުމަށް 631 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. އާރުސީސީއާ އެ މަޝްރޫއު ހަވާލުކުރީ މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާއެކު އެއްބަސްވީ ގޮތަށް، އެ ކުންފުނީގެ ހަރަދުގައި ޕްރޮޖެކްޓު ހިންގައި އިމާރާތްތައް ހަވާލުކުރުމުން ސަރުކާރުން ފައިސާދޭ ގޮތަށެވެ. އެ މަޝްރޫއުގެ މައްސަލަ އެސީސީން ގެންދަނީ ބަލަމުންނެވެ.

އާރުސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލު އިމާރާތުގެ މަސައްކަތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ހުޅުމާލޭގައި ޖާހުއިން މަސައްކަތް ކުރަމުން އައި ޖާހު ގާޑަންސް ފާހަގަކޮށްލެވެ އެވެ. އެނގިފައިވާ ގޮތުން ގިނަ މަޝްރޫއުތައް އެ ކުންފުންޏަށް ދިނީ އާންމު ބީލަމަކަށް ނުގޮހެވެ

އާރުސީސީއަށް ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ އަޑީގައި އޮތީ ސިޔާސީ ނުފޫޒު ކަމަށް ދެކެވޭ ވާހަކަތައް ނާޒިމް ވަނީ ދޮގުކޮށްފަ އެވެ. 'އަދަދު' ނޫހަށް ދިން އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ އެއްވެސް މަޝްރޫއުއެއް ހޯދަން ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި މަޝްރޫއުތައް ހޯދަނީ ކުންފުނީގެ ގާބިލުކަމަށް ބަލާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.

ގާސިމް އަށް ބަލާއިރު މި ސަރުކާރުގައި އެންމެ ބޮޑަށް ލިބުނު ފައިދާއަކީ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި، ވިލާއިން ހުށަހެޅި އަގު ދަށްކޮށް، 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ)ގެ ބަދަލެއް ދޭން ސަރުކާރުން ނިންމުމެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މައިދާނުގައި ދުރުގައި އުޅުމަށް ފަހު ގާސިމް ވަނީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާމިގިލިއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ރައީސް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. ރައީސްގެ ދަތުރުފުޅުގައި މާމިގިލީގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ.

'ގާސިމްއާ ނާޒިމް މަޖިލީހުގައި މަސައްކަތެއް ނުކުރިޔަސް އެ މެންބަރުންނަށްވެސް މި ސަރުކާރުން އޮތީ ހުސް ފައިދާ އެވެ. މި ދެ މެންބަރުން އިންތިބާކުރަން، މަޖިލީސް އިންތިހާބުގައި އެ ދެ ދާއިރާއަށް ވެރިންކަންކުރާ ޕީއެންސީން ކެނޑިޑޭޓަކުވެސް ނުނެރެ އެވެ.

އެކަމަކު މި ދެ މެމްބަރުންގެ ފަރާތުން ސަރުކާރަށްވީ ފައިދާއެއް އަދި ފެންނާކަށް ނެތެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0