ގައްދޫ ފަރުހާނާގެ ތުނޑު ކުނާ؛ ބުރައަކަސް މިއީ ފަހުރެއް!

Gadhdhoo Faruhaana ge thundu kunaa; Bura akas miee fahureh!

ރިޕޯޓް

އާމިނަތު ފަރުހާނާ، ގދ. ގައްދޫ (49އ) އުޅެ ބޮޑުވީ ތުނޑު ކުނާ ވިޔުމުގެ މަސައްކަތުގެ ތެރެއިންނޭ ބުނެވިދާނެ އެވެ. އެއީ އުފަންވެ، އުޅެ ބޮޑުވި ގައްދޫއަކީ އެ ކަމަށް ހާއްސަ ރަށެކެވެ. އޭނާގެ މާމަ ކުރި މަސައްކަތަކީ އެއީ އެވެ. މަންމަގެ އުމުރު ވެސް ހުސްކުރީ އެ ފަންނީ މަސައްކަތުގަ އެވެ. ފަރުހާނާއަކީ ވެސް، މާމައާއި މަންމަ ދަތުރުކުރި މަގުން ދަތުރުކުރަމުން އަންނަ ތުނޑުކުނާ ވިޔުމުގެ ފަންނުވެރިއެކެވެ.

'ކުރިއަށް' މީޑިއާގެ 'ކުރިއެރުން' ޕްރޮގްރާމަށް ފަރުހާނާ ދިން އިންޓަވިއުގައި އޭނާ ބުނި ގޮތުގައި ތުނޑު ކުނާ ވިޔާތާ މިހާރު އަދިވީ އަހަރެކެވެ. އެކަމަކު އެންމެ ޅަ އިރުން ފެށިގެން ވެސް މާމަ އަދި މަންމަ ކުނާ ވިޔާތަން އޭނާ ދެކެ އެވެ. އެހެންވެ އެ ކަން ކުރަންވީ ގޮތް އޭނާއަށް ކޮންމެ ވެސް ވަރަކަށް އެނގެއޭ ބުންޏެވެ.

ނަމަވެސް އޭގެ ހުރި ބުރަކަން، އަލިފުން ޔާއަށް، އަކުރުން އަކުރަށް، ފިލިން ފިއްޔަށް އޭނާ މިހާރު ދަނެ އެވެ. އިންޓަވިއުގެ ދެން އޮތް ބައިން އެ ކަން ފެނުނެވެ. މުޅި މަސައްކަތް ހިނގާ ގޮތް އެހާ ތަފްސީލްކޮށް ކިޔައދިނެވެ.

 

 

ވަރަށް ބުރަ، ކަވި މަސައްކަތެއް

އޭނާ ކިޔައިދިން ގޮތުގައި މި މަސައްކަތަށް ކުރީގައި ބޭނުންކުރަނީ ދިއްގާ ގަހުގެ ވަކައެވެ. ނަމަވެސް ޒަމާން ބަދަލުވެ، މިހާރު އާންމުކޮށް ބޭނުންކުރަނީ ބަރަންޏެވެ. އެހެންވިޔަސް ސެންޓްރަކް ޕާކްގައި މި ފަހަރު ކުރިއަށް ގެންދިޔަ މައުރަޒަށް ފަރުހަނާ މި މަސައްކަތް ކުރަން ގެންދިޔައީ ދިއްގާ ގަހުގެ ވަކަ އެވެ. ރަށުގެ ޒަމާނީ ސަގާފަތާ އެއްގޮތަށް ކުނާ ވިޔާ ތަން ދައްކަމުންނެވެ.

ދެން ވަކަ ތައްޔާރުކުރާ ގޮތް ކިޔައދިނެވެ. ދިއްގާ ގަހުގެ ދަނޑީގެ ތޮށިގަނޑު ނައްޓާލައި، އޭގެ ތެރޭގައި ހުންނަ ބައި ނަގައި، މޫދަށް އަޅައި މަޑުކޮށްލުމަށްފަހު، އެއިން ފަށްތައް ނަގައި ހަރުކޮށްގެންނެވެ.

ދެން މި މަސައްކަތަށް ބޭނުން ކުރަނީ ހާއެވެ. ހާއަކީ މުޅި ތުނޑު ކުނާ ހަދަން ބޭނުންކުރާ ވިނަ އެވެ. ކުނާ ޒީނަތްތެރިކޮށްފައި ހުންނަނީ މި ވިނައިންނެވެ.

އާންމުކޮށް ކުނަލުގައި މި ވިންނަ ފެންނާނީ ރަތް، ރީނދޫ، އަލި ކަޅު ކުލައިންނެވެ. އެކަމަކު ހަގީގަތުގައި މި ވިނައިގެ އަސްލު ކުލައަކީ ހުދެވެ. ހުދު ކުލައިގެ ވިނަތަކަށް މި ބުނާ ކުލަތައް ގެންނަ ގޮތަކީ މި މަސައްކަތުގެ އެންމެ ޝައުގުވެރި ހިސާބެވެ. އެކަމަކު އެންމެ ބުރަ މަސައްކަތް ފެށެނީ ވެސް މި ހިސާބުންނެވެ.

"ހާ އަކީ ވިނައެއް، މި ހުންނަނީ ޗަކަ ބިމުގަ، ދެން އަޅުގަނޑުމެން މި ހާ ގެންނަނީ ގދ ފިޔޯރީ އިން. އެ ރަށުގައި މިއީ ހަމަ ދަނޑުތައް ހައްދައިގެން އެ ބޭފުޅުން އަޅުގަނޑުމެންގެ ރަށުގައި މި މަސައްކަތް ކުރާ މީހުންނަށް ވިއްކަނީ. ދެން މި އެއްޗެހިތައް އަޅުގަނޑުމެންނަށް ފަސޭހައިން ލިބެނީ އެ ގޮތަށް، " ފަރުހާނާ ބުންޏެވެ.

މި ހާގައި ތިން ކުލަ ވެސް ޖައްސަނީ ތަފާތު ގޮތްގޮތަށެވެ. ކަޅު، ރަތް، އަދި ރީނދޫ، އެއިން ކޮންމެ ކުލައެއް އަރުވަން ކުރަން ޖެހެނީ ތަފާތު މަސައްކަތެކެވެ. މި މަސައްކަތް ބުރަވެފައި، ހާއްސަ ފަންނަކަށް ވަނީ ވެސް މިހެންވެގެނެވެ.

ރަތް ކުލަ ޖައްސަން ކުރާ ކަމަކީ ފުރަތަމަ އަހިގަހުގެ މޫ ނަގައިގެން ކުދިކޮށް ކޮށަނީއެވެ. ދެން ފެން އަޅައިގެން ހާ އޭގެ ތެރެއަށް އަޅައިގެން ކައްކައިގެންނެވެ.

ރީނދޫ ކުލަ ވެސް ޖައްސަނީ ކައްކައިގެންނެވެ. ހާ ކައްކަން ފެށުމުން އޭގެ ކުލަ މަޑުމަޑުން ބަދަލުވަމުންދެއެވެ. ރީތިކޮށް ރީނދޫ ކުލަ އަރަންދެން ކައްކާނެ އެވެ. ރީނދޫ ކުލަ ޖައްސަން ރީނދޫ އަޅަ އެވެ. މި ފަހަރު ރީނދުލާއެކު މޫދު ލޮނު ވެސް އަޅައެވެ.

ދެން އޮތީ ކަޅު ހާ ތައްޔާރުކުރުމެވެ. ފުރަތަމަ ކާށި ފެނަށް ދަގަނޑު އަޅައި އެ ފެންގަނޑު ކަޅުވަން ދެން ބަހައްޓަ އެވެ. ކަޅު ކުލަ ހުރި ވަރު ބަލަން ގަބުޅި ކަށީގެ ބޮނބިގަނޑު ވެސް ފެންގަނޑު ތެރެއަށް ލައިގެން ބަލައެވެ.

ކުލަ އެރުވުމަށް ފަހު ވެސް އަދި ހާ ކައްކަން ޖެހެ އެވެ. ހާއަށް އޮނި ތޮށި އަޅައި ގިނަ ދުވަހު ކައްކައެވެ. ދަގަނޑު ރާ އަޅައި، ލާޖަހާ ދުވަހު އަލުން ތައްޔާރުކުރެއެވެ. ކާށި ކިރު ފެން ނުވަތަ ތެޔޮ ފެން ވެސް އަޅައެވެ. މި މަސައްކަތަށް 15 ދުވަހެއްހާ ދުވަސް ނަގައެވެ. ނިމުމުން މޫދު ލޮނުން ދޮވެ ބޭނުންކުރެވެއެވެ. ދަގަނޑު ރާ އަކީ ކާށިފެނަށް ދަގަނޑު އަޅައި ގެން ކަޅުވަންދެން ބެހެއްޓި ފެނެވެ.

އެއަށް ފަހު އޮންނާނީ ފަށްތައް ފުރައި ލިޔުމެވެ. އެމީހަކު ބޭނުންވާ ޑިޒައިނަކަށް ލިޔެވޭނެއެވެ. އެއް ފޫޓުގެ ކުނައެއް ނިންމުމަށް ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަކޮށްގެން ވެސް ދެ ދުވަސް ނަގައެވެ. 

ބުރައަކަސް މި ފަހުރެއް؛ އާމްދަނީއެއް ވެސް ލިބޭ

"މި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ، 5000 ރުފިޔާ، 7000 ރުފިޔާ ވަރު ހަމަ ޖެހޭނެ ހަމަ މި މަސައްކަތުން މަހެއްގެ މައްޗަށް ވެސް،" ފަރުހާނާ ބުންޏެވެ.

މިކަމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓްކުރުމަށް ހުރި ދަތިތައް ކަން ފަރުހާނާ ފާހަގަކުރިއެވެ.  ކާބަފައިން ކުރަމުން އައި މަސައްކަތަކަށް ވުމާއެކު މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ރަށުގެ ގިނަ ޒުވާނުންތަކެއް އުޅެގެން މި މަސައްކަތް ދިރުވައި އާލާ ކުރާތަން ދެކެން ބޭނުންވާ ކަމަށް ފަރުހާނާ ބުންޏެވެ. 

"މި ހަމަ ހުރިހާ ކުދިން ވެސް ހަމަ އެ ހިތްވަރާއެކު ކުރީމާ ދަސްވާނެ ދަސްކޮށްގެން މި މަސައްކަތް ކުރާށޭ މިއީ ހަމަ ރަނގަޅު އާމްދަނީ ހަމަ ގޭގައި ތިބެގެން ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެކޭ، އަދި މިއީ އަހަރުމެން ގައްދޫ މީހުންގެ ފަހުރެއް،" ފަރުހާނާ ބުންޏެވެ. 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0