މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި ޤަތަރު އެއަރވޭޒް އާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަރަބިއަން ޓްރެވަލް މާކެޓް 2025 ގެ ތެރެއިން، 2025 ވަނަ އަހަރުގެ އޭޕްރިލް 28 އިން ފެށިގެން އަމަލުކުރާ ގޮތަށެވެ.
މި އެއްބަސްވުމުގައި ޤަތަރު އެއަރވޭޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ސޭލްސް، މެޓް ރާއޯސް އެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އެވެ. މި ބައިވެރިވުމުގެ ދަށުން، ޤަތަރު އެއަރވޭޒްގެ 170 އަށްވުރެ ގިނަ މަންޒިލުތަކުގެ ވިއުގަ އާއި އެމްއެމްޕީއާރުސީގެ މާކެޓިންގ ތަޖުރިބާ އެއްކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި ބައިވެރިވުންތަކާއި، ސީދާ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ މާކެޓިންގ ކެމްޕޭންތަކާއި، މީޑިއާ ހަރަކާތްތަކާއި، އަދި ވިޔަފާރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. "ވިޒިޓް މޯލްޑިވްސްއާއެކު މި އައު ބައިވެރިވުމަކީ، ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލުތަކަށް ފަތުރުވެރިން ގެނައުމަށް ޤަތަރު އެއަރވޭޒުން ކުރާ މަސައްކަތުގެ ހެއްކެކެވެ،" މެޓް ރާއޯސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، "ޤަތަރު އެއަރވޭޒްއާއެކު މި ސްޓްރެޓެޖިކް އެލައަންސްއަކީ ދުނިޔޭގެ ފަތުރުވެރިންނާ ގުޅުން ބަދަހިކުރުމަށް އެޅޭ ވަރުގަދا ފިޔަވަޅެކެވެ. ޤަތަރު އެއަރވޭޒްގެ ފެންވަރު މަތި ޚިދުމަތްތަކާއި، މުހިންމު މާކެޓުތަކާ ހަމައަށް ވާސިލުވުމުގެ ޤާބިލުކަން، ސަނީ ސައިޑް އޮފް ލައިފްގެ ތަޖުރިބާ ދުނިޔޭގެ ކޮންމެ ކަންކޮޅަކުން ވެސް ހޯދުމަށް ފުރުސަތު ހުޅުވާލުމުގެ އަޅުގަނޑުމެންގެ ވިޝަންއާ ވަރަށް ރަނގަޅަށް ގުޅެއެވެ."
ޤަތަރު އެއަރވޭޒުން މިހާރު ވަނީ މޯލްޑިވިއަންއާއެކު އިންޓަރލައިން ޕާޓްނަރޝިޕްއެއް ޤާއިމްކޮށް، ރާއްޖޭގެ 17 އެތެރޭގެ ވައިގެ ބަނދަރަށް ދަތުރުކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ފަހިކޮށްދީފައެވެ. މި އެއްބަސްވުމަކީ ޤަތަރު އެއަރވޭޒް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދު އޮތް ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
0%
0%
0%
0%
0%
10 މޭ 2025
0
30 އެޕްރީލު 2025
0
5 އެޕްރީލު 2025
0
4 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0