ފައްތާހު - ފޮޓޯ: ސަން
އިއްޔެ ކުއްލި ގޮތަކަށް ނިޔާވި، މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުއްފައްތާހު މީގެ މަހެއް ކުރިން ކުރި ޕޯސްޓެއް އަންނަނީ ވަރަށް ބޮޑަށް ދައުރު ވަމުންނެވެ.
ކުޅަދަނާ، ލޯބީގެ ވާހަކަތައް ދައްކުވައިދޭ ފިލްމުތަކެއް ދިވެހިންނަށް ދޫކޮށްލި ފައްތާހުގެ މި ބުނާ ޕޯސްޓް ހާއްސަކޮށްފައި ވަނީ ވެސް މަރު ހަނދާން ކުރުމަށެވެ.
"މަރު! ހަނދާން ކޮށްދިނުމެއް ކަމުގައި ނުފުދެނީ ހެއްޔެވެ؟" މިދިޔަ މަހު 29 ގައި ފައްތާހު ކުރި ޕޯސްޓްގައިވާ ފޮޓޯގައި ލިޔެފައިވަނީ މިހެނެވެ.
އެނގިފައިވާ ގޮތުން ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. އޭނާ ނިޔާވީ ހއ. ދިއްދޫގައި އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށް ހަށިގަނޑު ވަޅުލީ ވެސް އެ ރަށުގަ އެވެ.
ފައްތާހު މި ފަހުން ދިރިއުޅުން އުފަން ރަށް ހއ. ކެލައަށް ބަދަލުކޮށްފަ އެވެ. އެ ރަށުގައި ރެސްޓޯރަންޓެއް ހުޅުވައި، އެކި ހަރަކާތްތައް ހިންގަމުން ޕީއެންސީގެ ޓިކެޓްގައި ރަށު ރައީސްކަމަށް ވެސް ކުރިމަތިލި އެވެ. އުމުރުން 54 އަހަރުގައި އޭނާ ނިޔާވީ، ޕީއެންސީގެ ޕްރައިމަރީ ވެސް ކާމިޔާބުކޮށްފައި ވަނިކޮށެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
18 ޑިސެންބަރު 2025
0
15 ޑިސެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2