ބ. އަތޮޅުގައި އެއް ފައްޗަކަށް އޮންނަ 'ފަސްދޭތެރެ' ސަރަހައްދުގެ ރަށްތަކަކީ ރާއްޖެއަށް ލިބިގައިވާ ހުސްނުވާ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. ފަސްދޭތެރެ ސިފަކުރާ ހަރަށަކީ އިރުން ހުޅަގަށް ފައްޗަކަށް ބ. އަތޮޅުގައި އެ އޮތް އުޑޫދޫ، ފުނަދޫ، ހުޅުދޫ، ގެމެންދޫ، ކެންދޫ، ކެޔޮދޫ އެވެ. އޭގެތެރެއިން މިހާރު މީހުންއުޅޭ ރަށަކީ ކެންދޫ އެވެ.
އެ ފަތީގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށްވާ ފުނަދޫ ވިއްކާލަން ބިދޭސީއަކު ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓަކާއެކު އެ ރަށް ނުވިއްކާލަން ގޮވާ އަޑުތައް ވަނީ ގަދަވެފަ އެވެ. ދިވެހި ކުންފުންޏެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ރަށުގެ އަގަކީ 4 މިލިއަން ޑޮލަރު ކަމަށެވެ.
އެއާއެކު އެ ތަނުން ރަށެއް ވިއްކުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި މަޝްހޫރު އަދި ބ. އަތޮޅަށް އުފަން ޝައްމޫނު ޖަލީލް (ލޫކަސް) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަށްތައް ވިއްކައިގެން މުއްސަނދިވަނީ ބޭރު މީހުން ކަމަށެވެ. އަދި ދިވެހިން ތިބީ ތިބި ގޮތަށް ކަމަށެވެ.
''ކޮންމެ އަތޮޅެއްގެ ފަޅުރަށްތަކުގެ މިންވަރެއް ފަޅު ރަށުގެ ގޮތުގައި ބާއްވަން ޖެހެއެވެ. ފަޅުރަށެއް ފަޅު ރަށެއްގެ ގޮތުގައި އޮތުމަކީ ގެއްލުމެއް ނޫނެވެ އަތޮޅެއްގެ ހުރިހާ ފަޅުރަށެއްގަ ރިސޯޓް ހެދިޔަސް، ރަށު ފުދުންތެރިކަން ނާންނާނެކަން ބ. އަތޮޅަށް ބެލީމަ އެނގޭ'' ލޫކަސް ބުނީ ރިސޯޓަކީ މަދު ވަޒީފާ ކޮޅެއް ކަމަށެވެ. މަތީ ފަންތީގެ ގިނަ ވަޒީފާތަކުގައި ތިބެނީ ބިދޭސީން ކަމަށްވާއިރު ރިސޯޓަކުން އަތޮޅަށް ވަންނަ އާމްދަނީ ކުޑަކަން އޭނާ ފާހަގަކުރި އެވެ.
ބ. ފުނަދޫ ރިސޯޓް ހަދަން ވިއްކާލަން ރާއްޖޭގެ ރަށްތައް ވިއްކާ ބޭރު އޭޖެންޓެއް އިސްތިހާރު ޖަހާފަ
ބ. ފަސްދޭތެރެ ރަށްފައްޗަކީ ރާއްޖޭގެ އެންމެ މަގުބޫލު އޭރިއަލް ވިއު. ޓޫރިޒަމް ފެއާތަކާ ދިވެހި ރާއްޖެ ބުނެދީ، އިސްތިހާރުކުރަން އެންމެ ގިނައިން ބޭނުންކުރާ ފޮޓޯ. ފަސްދޭތެރެ އެއްވެސް ރަށެއް… pic.twitter.com/VbrPesBmE6 — Luke (@lucasjalyl) December 27, 2025
އޭނާ ބުނީ ފަޅުރަށަކީ އިސްރާފެއް ނޫން ކަމަށެވެ. ''އިސްރާފަކީ ހުރިހާ ފަޅުރަށެއްގައި ރިސޯޓް ހަދައި، ނުވަތަ އިގްތިސާދީ ބޭނުމަށް ވާ ކޮށައި، ގުދުރަތީ ވަސީލަތްތައް ހުސްކޮށް ފެހިކަން ނަގާލުމެވެ'' ލޫކަސްގެ ޕޯސްޓު ނިންމާލަމުން ބުންޏެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2025
0
15 ޑިސެންބަރު 2025
0
14 ޑިސެންބަރު 2025
0
12 ޑިސެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2