8 މޭ 2025
މުންބާއީގައި ބޭއްވުނު އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ މިއުޒިކް މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތް ކަމުގައިވާ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް 2025 ގައި ދިވެހިރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" އިން ތިންވަނަ ހޯދުން ފާހަގަކުރުމުގެ ގޮތުން މާލޭގައި ޝޯއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އެ ބޭންޑުން ބުނި ގޮތުގައި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަސްގަ އެވެ. ޝޯ ފަށާނީ އެ ރޭ 8:00 ޖަހާއިރުގަ އެވެ. މިއީ މި ބޭންޑުން މާލޭގައި ބާއްވާ ފުރަތަަމަ ލައިވް މިއުޒިކް ޝޯ އެވެ.
ޝޯގެ ޓިކެޓުގެ މައުލޫމާތު ފަހުން އާންމުކުރާނެ އެވެ.
އެ ޝޯ އެހެން އެތައް ގޮތަކުން ވެސް ހާއްސަވެ، ފޯރިގަދަވާނެ ކަމަށް ޓޫ އޮފް އަސް އިން ބުނެ އެވެ. އެ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރަދާ ޕަންޑިތުގެ ވަރަށް ހާއްސަ ލައިވް ޕާފޮމެންސެއް އޮންނާނެ އެވެ.
އޭގެ އިތުރަށް ވެސް، ރާއްޖެއާއި އިންޑިއާގެ ޕާފޯމަރުން ބައިވެރިވެ، މިއުޒިކާއި އެއްބައިވަންތަކުގެ އުފާ ފާޅު ކުރުމުގެ ރެއަކަށް ވާނެ ކަމަށް ޓޫ އޮފް އަސް އިން ބުންޏެވެ.
މި ކާމިޔާބީއަކީ ހަމައެކަނި ބޭންޑަށް ނިސްބަތްވާ ކާމިޔާބީއެއް ނޫންކަމަށް ބޭންޑުން ފާހަގަކުރެއެވެ. މިއީ އެ ބޭފުޅުންގެ ފަހަތުގައި ތިބި ހުރިހާ ދިވެހި ރައްޔިތުންގެ ކާމިޔާބީއެކެވެ. ބޭންޑަށް އިތުބާރުކޮށް، ހިތްވަރުދީ، ދުޢާކޮށްދިން އެންމެހާ ފަރާތްތަކުގެ ކާމިޔާބީއެކެވެ.
"މި ކާމިޔާބީ އަޅުގަނޑުމެން މި ހަދިޔާކުރަނީ އަޅުގަނޑުމެންގެ ލޮބުވެތި ގައުމަށާއި، ޒުވާނުންނަށާއި، އަދި އަޑު މާ ކުޑަކަމަށް ދެކޭ ކޮންމެ ހުވަފެންވެރިއަކަށެވެ. މިއީ ދިވެހިންނަށް ބައިނަލްއަޤްވާމީ މައިދާނުގައިވެސް ޖާގަ އޮތްކަމުގެ ހެއްކެކެވެ،" މިހެން ބޭންޑުގެ ފަރާތުން ބުނެފައިވެއެވެ.
0%
0%
0%
0%
0%
9 ޖޫން 2025
0
8 ޖޫން 2025
0
7 ޖޫން 2025
0
7 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0