11 ގަޑިއިރު ކުރި
މިފަހުން އޮލިމްޕަހުގައި އެންމެ ހިނގި އެއް ފިލްމު ކަމަށްވާ، ލިލީ އެނބުރި ސިނަމާއަށް އަތުވެއްޖެ އެވެ.
ލިލީ ޓީމުން ބުނީ މި ފަހަރު ސިނަމާގައި އަޅުވަނީ ޑިރެކްޓާސް ކަޓެއް ކަމަށެވެ. އަދި ކުރިން ނުފެންނަ ބައެއް ސީންތައް މިފަހަރު ފެނިގެންދާނެ ކަމަށް ލިލީގެ ޓީމުން މައުލޫމާތުދެ އެވެ. އެގޮތުން ފިލްމުގެ ފަހުގެ ޓްރެއިލާއިން މަޝްހޫރު ތަރީ ޔޫސުފް ޝަފީއު (ޔޫއްޕެ) ވެސް ފެނިގެންދެ އެވެ.
މިދިޔަ ނޮވެންބަރު މަހު 20 ވަނަ ދުވަހު ރިލީޒްކުރި ލިލީގެ ހުރިހާ ޝޯތަކެއް ވެސް ފުލްކޮށް ދެއްކިއިރު، ހަފްތާ ބަންދުގައި ދަންވަރު އަދި މެންދުރު ވެސް ލިލީގެ ޝޯތައް ވަނީ އަޅުވާފަ އެވެ.
ލިލީގެ ޓީމުން ބުނީ އޭރު އޮލިންޕަހުން ޖާގަ ނުލިބިގެން ފިލްމު ނެގިއިރު، މި މަހު 21 އިން ފެށިގެން 24، އަށް ލިލީގެ ޝޯތައް ދެއްކުމަށް ވަނީ މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ލިލީގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިން މިހާރު 4 ޝޯއެއްގެ ޓިކެޓު ބުކް ކުރަން ވަނީ ހުޅުވާލައިފަ އެވެ. ވެބްސައިޓުގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ.
އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ "ލިލީ" ފިލްމު އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖަކު ހެދިބޮޑުވަމުން އަންނައިރު ލިބޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ އިތުރުން ފިލްމުގައި ވަނީ ދިވެހި މުޖުތަމައުގައި އާންމުކޮށް ހިނގާ ބައެއް ކުށްތަކުގެ މައްޗަށްވެސް އަލިއަޅުވާލައިފަ އެވެ.
މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށްފައިވާ ލިލީގެ ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މުހިންމު ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، އަލީ ފާރޫގުގެ އިތުރުން މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. މީގެ އިތުރުން އައިޝަތު އާރިފާ، ހަދީޖާ އަބްދުއް ރަހުމާން އަދި ކުޑަ ކުއްޖެއްގެ ރޯލުން އެލީޝާ ސަނީމްވެސް ފެނެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2