ވައިކަރަދޫ މުރަކަ ބަގީޗާ - ފޮޓޯ: މުހައްމަދު ހައްސާން
ހިންދު މާ ކަނޑު މެދުގައި އެތުރިފައިވާ މި ޖަޒީރާ އަކީ ފަތުރުވެރިންނަށް ދުނިޔެ މަތީ ސުވަރުގެ އެވެ. ގުދުރަތީ އަޖައިބުތަކުން ފުރިފައިވާ ގައުމެކެވެ. މި ފަހުން މީހުންގެ ކަޅިތައް އަމާޒުވީ ހދ. ވައިކަރަދޫ މުރަކަ ބަގީޗާއާށެވެ. ބޭރު މީހުންގެ އިތުރުން ދިވެހިން ވެސް ގެންދަނީ އެ ރީތި ކަމަށް ތައުރީފު އޮއްސަމުންނެވެ.
މި މުރަކަ ބަގީޗާގެ ރީތިކަން ފެންނަ ވީޑިއޯތަކާއި ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ. ތޮށި ހިކިފައި ހުންނަ އިރު ކިތަންމެހާ ވެސް އެތަން ޗާލެވެ. ރީއްޗެވެ. ހަމަ ގައިމު ވެސް "ބަކެޓް ލިސްޓަށް" ލައި އެތަން ހަމަ ލޮލުން ބަލާލާ ހިތްވާނެ ކަން ޔަގީނެވެ.
ވައިކަރަދުއަށް އުފަން ބައެއް މީހުންގެ ވީޑިއޯތަކަށް ލިބިފައިވާ ވިއުސް އިން އެކަނި ވެސް އެ ކަން ހާމަކޮށްދެ އެވެ.
އެ ރަށަށް އުފަން ހަސީން ޓިކްޓޮކަށް ދޫކޮށްފައިވާ އެތަނުގެ ބައެއް ޕޯސްޓްތަކަށް 136،500 ވިއުސް އަދި 10،500 ލައިކްސް ލިބިފައިވެއެވެ. ހަސީން އިންސްޓަގްރާމަށް ދޫކޮށްލި ހަމަ އެ ވީޑިއޯއަށް 28،000 ވިއުސް ލިބިފައިވެ އެވެ.
އަދި މުހައްމަދު ހައްސާން (ރާއްޖެ ފޮޓޯަސް) ޓިކްޓޮކަށް ދޫކޮށްފައިވާ އެތަނުގެ ވީޑިއޯތަކަށް 56،000 ވިއުސް އަދި 2000 ލައިކްސް ލިބިފައިވެއެވެ. އަދި އިންސްޓަގްރާމަށް ދޫކޮށްލި ހަމަ އެ ވީޑިއޯއަށް 29،000 ވިއުސް ލިބިފައިވެ އެވެ.
ޓޫރިޒަމް އެންމެ ފުޅާ ނުވެ އޮތަސް ހދ. އަތޮޅަކީ މި ފަދަ ހިތްގައިމު ރީތި އަތޮޅެކެވެ. ވައިކަރަދޫ މުރަކަ ބަގީޗާ އަކީ އޭގެ އެއް ހެއްކެވެ. މިއީ ހަމަ ގައިމު ވެސް ޒިޔާރަތްނުކޮށް ދޫކޮށްލާ ވަރު ތަނެއް ނޫނެވެ. ފަރު ހިކިގެން މުރަކަ ބަގީޗާ މޫދު މަތިން މިހެން ފެންނަ މޫސުން ނުނިމެނީސް ވައިކަރަދޫއަށް ދާން ބަޔަކު އުޅޭނެ ކަމަށް ބެލެވެ އެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
12 ނޮވެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2