އެންޑޯ އެޑްވަކޭޓްސް އިން ބޭއްވި އިވެންޓެއްގެ ތެރެއިން -
ދުނިޔޭގެ ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކު ތަހައްމަލު ކުރަމުންދާ އެންޑޮމީޓްރިއޯސިސް ބައްޔަށް ރާއްޖޭގައި އެކަށީގެންވާ ފަރުވާ ނުލިބި، ގިނަ އަންހެނުން ދަނީ ވޭންދެނިވި ތަޖުރިބާތަކާ ކުރިމަތިލަމުންނެވެ.
އެންޑޯ އެޑްވަކޭޓްސް ސަޕޯޓް ގުރޫޕްއިން ބުނި ގޮތުގައި މި ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ އެންޑޮމީޓްރިއޯސިސް ސްޕެޝަލިސްޓުން ރާއްޖޭގައި ނެތުމަކީ މިކަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އެންޑޮމީޓްރިއޯސިސްއަކީ މުޅި ހަށިގަނޑަށް ފެތުރި، އެކި ގުނަވަންތަކުގެ މަސައްކަތަށް ބުރޫ އަރާ އިންފްލެމޭޓަރީ ބައްޔެކެވެ.
"މި ބައްޔަކީ ހަކުރު ބައްޔަށްވުރެވެސް އާންމު، އަދި ދުނިޔޭގެ އެންމެ ވޭންގަދަ 10 ބަލީގެ ތެރޭގައި ހިމެނޭ ބައްޔެއް" ކަމަށް ދިރާސާތަކުން ދައްކައެވެ.
އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނަކީ އެންޑޮމީޓްރިއޯސިސް އަށް ފަރުވާ ކުރުމުގެ ޓްރެއިނިން ލިބިފައިވާ ބަޔަކަށް ނުވުމުގެ ސަބަބުން ސައްޙަ މައުލޫމާތު ބަލި މީހުންނަށް ފޯރުކޮށްދިނުމެއްނެތި އެކި ކަހަލަ ހޯމޯނަލް ބޭސްތަކާއި އިންޖެކްޝަންތައް ދިގު މުއްދަތަކަށް ދިނުމާއި، ރަހިމާއި އޯވަރީ ނެގުން ފަދަ އިއާދަ ނުކުރެވޭ ވަރުގެ ސަރޖަރީތައް ކުރުން މީގެ ތެރޭގައި ހިމެނެއެވެ.
މި ބަލީގެ ސަބަބުން ދިމާވާ އަލާމާތްތައް ޑޮކްޓަރުންނަށް ކިޔައިދިން ނަމަވެސް، ގިނަ ޑޮކްޓަރުން އެކަން ޤަބޫލުނުކުރާކަމަށް ބަލިމީހުން ފާހަގަކުރެއެވެ. އަދި ޅައުމުރުގައި އޯވަރީ ނެގުމުގެ ސަބަބުން ދަރިމައިވުމަށް ހުރަސްއެޅި، އެތައް އަންހެނުންނަކަށް ފޫނުބެއްދޭވަރުގެ ހިތާމަވެރި ތަޖުރިބާތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މި ބަލީގެ ފަރުވާ ހޯދުމަށް އެންޑޯމެޓްރިއޯސިސް ސްޕެޝަލިސްޓުންގެ އެހީތެރިކަން ކޮންމެހެން މުހިންމުވާއިރު، ރާއްޖޭގައި މިފަދަ ޚާއްސަ ޑޮކްޓަރުން ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ގިނަ އަންހެނުން މަޖުބޫރުވަނީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދަން ނުވަތަ އެކަށީގެންނުވާ ފަރުވާތަކާ ކުރިމަތިލާށެވެ.
ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ ވައުދުތަކުގެ ތެރެއިން އައިޖީއެމްއެޗްގައި އެންޑޮމެޓްރިއޯސިސް ކްލިނިކެއް ޤާއިމްކޮށްފައިވީ ނަމަވެސް، އެ ކްލިނިކްގައި އެންޑޮމެޓްރިއޯސިސް ސްޕެޝަލިސްޓުން ނެތުމުން އަންހެނުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
އެންޑޮމެޓްރިއޯސިސްއަށް ފަރުވާ ހޯދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އާސަންދަ ހަމަޖެހިފައިވާ އެއްވެސް ހޮސްޕިޓަލެއްގައި މި ބައްޔަށް ޚާއްޞަ ސްޕެޝަލިސްޓެއް ނެތްކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން އާސަންދައިން ދޭ ދެކޮޅު ޓިކެޓާއި މެޑިކަލް ޔޫ.އެސް.ޑީގެ އަސްލު ބޭނުން ގެއްލިގެންދެއެވެ.
މީގެއިތުރުން، ރޭޑިއޮލޮޖިސްޓް ޑރ. އިބްރާހިމް ރަޝީދު ފިޔަވައި، ސްކޭން މެދުވެރިކޮށް މި ބަލި ދެނެގަނެވޭނެ އިތުރު ރޭޑިއޮލޮޖިސްޓެއް ނެތުމަކީވެސް ދިމާވެފައިވާ އެހެން ގޮންޖެހުމެކެވެ.
އެންޑޮމެޓްރިއޯސިސްއަށް ފަރުވާ ހޯދުމަށް އެންްސްޕާ އެހީއަށް އެދޭ ފަރާތްތަކަށް 4,500 އާއި 5,100 ޔޫ.އެސް ޑޮލަރަށްވާ ދިވެހި ފައިސާ ހަމަޖައްސައިދޭ ކަމުގައިވީ ނަމަވެސް، މިއީ ސަރޖަރީގެ އަގުގެ ދެބައިކުޅަ އެއްބައިވެސް ހަމަނުވާ އަދަދެއްކަމަށް ބަލި ތަހައްމަލު ކުރާ ފަރާތްތަކުން ބުނެއެވެ.
މިހެންކަމުން، އެންޑޮމެޓްރިއޯސިސްއަށް ފަރުވާ ހޯދަން ބޭނުންވާ އަންހެނުންނަށް ބޮޑެތި މާލީ ދަތިތަކާއި ކުރިމަތިލާން ޖެހި، އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރަސްތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
ސާޖަރީއަށް ފަހު ފޮލޯއަޕް ނުވަތަ ސްޕެޝަލިސްޓަށް ދެއްކުމުގެ ހުރިހާ ހަރަދަކާއި އިންތިޒާމްތައް ހަމަޖައްސަން ޖެހެނީ ބަލިމީހާ އަމިއްލައަށެވެ. އެންޑޮމީޓްރިއޯސިސް އަކީ ދާއިމީ ބައްޔެއް ކަމުން ބަލީގެ ހާލަތު އަބަދުވެސް މޮނީޓަރ ކުރަންޖެހެއެވެ. މިއީ ވެސް ރާއްޖޭގައި ބަލީގެ ސްޕެޝަލިސްޓުން ނެތް އެންޑޮމީޓްރިއޯސިސް ކްލިނިކް ހުރުމުން ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
0%
0%
0%
0%
0%
ޕޭޝަންޓެއް
2 ދުވަސް ކުރި
އަދި މީގެ އިތުރުން ކްލިނިކުން ބައްލަވާ ޑރއުން، އެއްވެސް ވަރަކަށް ބަލީގެ އަދުގެ ހޯދުންތައް ނުބަލައި، މީގެ ފަނަރަ ވިހި އަހަރު ކުރީގެ ޓެކްސްޓް ފޮތްތަކަށް އެކަނި ބަރޯސާވެގެން، ބަލިމީހާ އަށް އެެއްވެސް ފައިދާއެއް ނެތް ގޮތަށް އަމަލުކުރަމުންދާތީ، ބަލި މީހާގެ ބަލި ޕްރޮގްރެސް ވަމުންގޮސް އިތުރަށް ވަނީ ގެއްލުން.
އިމިތައްލީ
6 ދުވަސް ކުރި
މީ ހަމަ މިކަމުގެ ހަގީގަތް. ބަލީގެ ހާލަތުން ވަޒީފާއަށް ނުދެވޭއިރު. ބޭރަށްގޮސް ހަރަދު ކުރަން މި ޖެހެނީ ބޮޱތި ލޯނުނަގައިގެން. މި ބަލި ތަހައްމަލް ކުރުމުގެ އިތުރުން، ސާރޖަރީއައް ފައިސާހޯދުން ވެސް މިވަނީ އަތުރު ވޭނަކަށްވެފަ.
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
30 މޭ 2025
0
18 މޭ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0