1438 ބޮޑުބެރު ގްރޫޕް ކ. ހުރާގައި - މުޅި ހުރާ ފުރިފައިވާ މިރޭގައި ޝޯ ގުގުމާލާނެ ކަމަށް ބެލެވޭ / ފޮޓޯ: 1438
1 ދުވަސް ކުރި
ފޯރިގަދަ ކުޅިވަރުތަކެއް ކުރިއަށް ގެންދިޔަ ހުރާ 1438 ބޮޑުބެރު ގުރޫޕުގެ ޝޯއިން މިރޭގައި އިތުރަށް ފޯރިގަދަކޮށްލާނެއެވެ.
ކ. ހުރާ އަކީ 1438 ބޮޑުބެރު ގުރޫޕުގެ އީދު ޝޯތަކުގެ އެންމެ ފަހު ޝޯ ކުރިއަށް ގެންދިއުމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށެވެ. ތުލުސްދޫ، ވ.ތިނަދޫ އަދި ބޮޑުފޮޅުދޫގައި ވެސް 1438 އިން ފޯރިގަދަ ޝޯތަކެއް ދީފައިވެއެވެ.
ހުރާއަކީ ކޮންމެ އީދަކަށް ވެސް އެންމެ ގިނަ ބަޔަކު ދާ އެއް ރަށެވެ. މާލޭން މަދު ވަގުތުކޮޅެއްގެ ތެރޭގައި ހުރާއަކީ އީދުގެ ފޯރި ބޮޑު ރަށެކެވެ. މި ފަހަރުގެ ބޮޑު އީދު ވެސް ހުރާ ވަރަށް ފޯރިގަދައެވެ.
ހުރާގައި ކުރިއަށް ދިޔަ ފޯރިގަދަ އީދު ކުޅިވަރުތަކުގެ ތެރޭގައި އީދު ހުޅުޖެހުމާއި، އީދު ސައި، މެންދުރުގެ ބޮޑު ޖާފަތް، ޒޯން ވާ ދެމުން، ފަންނާނުންގެ ޝޯ، ކޯޑި ނެރުމާއި ރަށު މީހުންގެ ސަގާފީ ޝޯ ހިމެނެއެވެ. އަދި ދޮށީ އުމުރުގެ މީހުންންގެ ހަވީރާއި މަސްރޭހުގެ އިތުރުން ބޮޑު ޕިކްނިކް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ހުރާ ކައުންސިލްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި މި ފަހަރުގެ ބޮޑު އީދަށް އެހެން އީދުތަކާ ޚިލާފަށް ވަރަށް ގިނަ ބަޔަކު ރަށަށް ޒިޔާރަތްކޮށްފައިވެއެވެ. މާލެއާ ކައިރިވެފައި، ރީތި ކުޅިއަކާއި ގޮނޑުދޮށެއް ވެސް އޮންނަ ހުރާގެ ރީތިކަމާއި ހުރާގައި ކުރިއަށްދާ ހަރަކާތްތައް ބަލަން އަހަރަކަށް ފަހު އަހަރެއް، އީދަށް ހުރާއަށް ޒިޔާރަތްކުރާ މީހުން ދަނީ ގިނަވަމުންނެވެ.
"މި ފަހަރުގެ އީދުގައި ރަށަށް ޒިޔާރަތްކުރި މީހުންގެ އަދަދު ވަރަށް ބޮޑު ތަން އިތުރު. ފެރީތަކާއި ލޯންޗުތައް ވެސް ހަމަ ފުލް. އަދި ގެސްޓްހައުސްތަކުގެ ބުކިންތައް ވެސް ވަނީ ފުރިފަ،" ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އީދު ފުރަތަމަ ދުވަހު ރަށަށް ޒިޔާރަތްކުރި ގިނަ ބަޔަކު އަދިވެސް ރަށުގައި ތިބިކަން ފާހަގަކުރެވެއެވެ.
1438 ބޮޑުބެރު ގުރޫޕުގެ ހަތަރުވަނަ މަންޒިލްގެ ގޮތުގައި ހުރާގައި ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޖް ޝޯއެކެވެ. މުޅި ހުރާ ފުރިފައިވާ މި ވަގުތު، މިރޭ 1438 ބޮޑުބެރު ގްރޫޕުން ދޭ ޝޯ ވަރަށް ބޮޑަށް ގުގުމާލާނެ ކަމަށް ބެލެވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0