އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ ފެންނަ ނުފެންނަ ވޯޓު މި ވަނީ ގާތްވެފަ އެވެ. އެކަމުގައި އައްޑޫގެ އެކީ މީހުންގެ ހިޔާލުތައް ތަފާތެވެ. ޝައުގުވެރި އެކި ނަޒަރިއްޔާތުތައް އެބަ ފެނެ އެވެ.
ތާރީހާއި ދިވެހި ބަހުގެ އެތައް ވާހަކައެއް އާންމުންނާ ހަމައަށް ގެނެސްދޭ އައްޑޫ އަށް ނިސްބަތްވާ މުހައްމަދު ނާޖިހު ދީދީ ވަނީ މި ބަހުސްއާ ގުޅޭ އަދި ވަރަށް ތަފާތު ގޮތަކަށް ނަޒަރު ހިންގައިފަ އެވެ.
ނާޖިހު ''އެކްސް'' ގައި ކުރި ދިގު ޕޯސްޓެއްގައި ބުނީ ގާނޫނުއަސާސީ ނުވަތަ ލާމަރުކަޒީ ގާނޫނުން ހުޅުދޫ އަދި މީދޫގައި އަމިއްލަ ކައުންސިލްތަކެއް ހުރުމަށް ހުއްދަ ދީފައިވާ ކަމަށް ބުނުމަކީ މާލޭގެ ކޮންމެ އަވަށެއްގައި އަމިއްލަ ކައުންސިލެއް އޮންނަން ޖެހޭނެ ކަމަށް ބުނުމެއް ފަދަ ކަމެކެވެ. އެއީ މާނައެއް ނެތް ކަމެއް ގޮތަށެވެ.
މީގެ ކުރިން ވެސް ހުޅުދޫ އާއި މީދޫއަކީ ތަފާތު ދެ ރަށެއްކަން ފާހަގަކޮށް ނާޖިހު ވިދާޅުވީ އެކަމަކު އެއްފަސްގަނޑަކަށް އޮންނަ އެއް ރަށް ގޮތުގައި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެއް ރަށެއްގައި އެއް ކައުންސިލަ ށްވުރެ ގިނަ ކައުންސިލް އޮތުމަކީ މާނައެއް ނެތް، ބޭކަރު ހަރަދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމީދޫ ވަކި ދެ ރަށެއްގެ ގޮތުގައި ހިންގުމުގެ ނަތީޖާ ސާފު ކަމަށް ނާޖިހުގެ ޕޯސްޓުގައި ބުންޏެވެ.
ހުޅުދޫގައި އަމިއްލަ ބަނދަރެއް އޮވެ، މީދޫގައި އެހެން ބަނދަރެއް އޮވެ، މެދުގައި އިތުރު ބޮޑު ބަނދަރެއް އޮވެއެވެ. އެއް ބަނދަރުން ފުދޭނެ ތަނެއްގައި ތިން ބަނދަރު މިހާރު ވެސް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ނާޖިހު ވިދާޅުވީ ހުޅުމީދު އައްޑޫ ސިޓީ ކައުންސިލުން ވަކިވެއްޖެނަމަ އެންމެ ރަނގަޅު އަދި އެންމެ ވިސްނުންތެރި ގޮތަކީ އެއް ކައުންސިލު (ހުޅުމީދޫ) ކައުންސިލެއް އޮތުން ކަމަށެވެ.
ހުޅުމީދޫ ގައި ދެ ކައުންސިލު އޮތުން އެއީ އެންމެ ބުއްދިވެރިގޮތް ނޫން ކަމަށް ނާޖިހު ވިދާޅުވެފައިވާއިރު، ރާއްޖޭގައި އެއް ފަސްގަނޑެއްގައި އިދާރީ ދެ ރަށް ހިންގާ ތިން ތަނެއް އެބަ އޮތެވެ.
އެއީ ހުޅުމީދޫގެ އިތުރުން ލ. އިސްދޫ ކަލައިދޫ އަދި ސ. މަރަދޫ އާއި މަރަދޫފޭދު އެވެ. އެއިން އިސްދޫ އާއި ކަލައިދޫގައި މިހާރު ވެސް އޮންނަނީ ދެ ރަށު ކައުންސިލެކެވެ.
0%
0%
0%
0%
0%
19 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2