ސަރުކާރުގެ މޫނުމަތި ރީތިކުރަން ޖައްސާ "ޕީއާރު" ސްޓަންޓް ބައެއް ފަހަރު އަތަށް ވެސް ގޮވަ އެވެ. މީހުންގެ ސަމާލުކަން ލިބެ އެވެ. ނަމަވެސް ސަރުކާރަށް ތައުރީފު ކުރުމުގެ ބަދަލުގައި އަމާޒު ވަނީ ފާޑުކިއުމެވެ. ބައެއް ފަހަރު މަލާމާތްކޮށް، ޖޯކު ވެސް ޖަހަ އެވެ.
އަޅުގަނޑުމެންގެ މި ސިޔާސަ ސަމާސާ މުޖްތަމައުގައި ވެސް ކޮންމެ ސަރުކާރެއް އޮތަކަސް މި ކަހަލަ ޖޯކުތައް ޖެހުމާއި މީމް ހެދުން އާންމެވެ. މިއަދު ޖާގަ ހޯދީ، ސިއްހީ ވަޒީރު ނާޒިމް ނެންގެވި ފޮޓޯއެކެވެ.
ވިލިމާލޭގެ ޒަމާންވީ ދެ ބޮޑު ނިކަގަހެއް ކަނޑާލަން އުޅޭތީ، ވެއްޓަށް ލޯބިކުރާ މީހުންގެ ފާޑުކިއުންތަކަށް ރައްދެއް ގެ ގޮތުގައި ސަރުކާރުން ދައްކަން އުޅުނީ ގަސް އިންދުމަށް މި ސަރުކާރުން މާ މަސައްކަތްކުރާ ކަމެވެ. މި ފޮޓޯއަކީ އެ ޕީއާރުގެ ބޭނުމުގައި ނަންގަވައި ސޯޝަލް މީޑިއާއަށް ދޫކޮށްލެވި ފޮޓޯ އެކެވެ.
Maldivian politicians recreated a meme pic.twitter.com/6cTlBuRiF8 — Luke (@lucasjalyl) December 1, 2025
ނަމަވެސް ބަލަ، ގަހަކަށް ވަޒީރު ފެން ދެނިކޮށް ފޮޓޯ ނެގި ވަގުތު ދިޔައީ ވާރޭ ވެހެމުންނެވެ. ވަޒީރު ފެން ނުދިނަސް އެ ވަގުތު ގަހަށް ދިޔައީ ފެން ލިބެމުންނެވެ.
އަދި މިވީކީ ނޫނެވެ. ގަހަށް ލިބެމުން ދިޔަ ވާރޭ ފެން ވަޒީރުގެ ގައިކޮޅުގައި ޖެހިޔަ ނުދޭން އަރިހުގައި ދެތިން މީހަކު ކުޑަ ހިފައިގެން ތިއްބެވެ.
އޭގެ ތެރޭގައި އެއް ބޭފުޅަކީ ތިމާވެށީގެ ވަޒީރު ތޯރިގެވެ. ވިލިމާލޭގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް އަރިހުގައި ހުންނެވި އެވެ. ނަމަވެސް "ނިކަމެތި" މަޖިލިސް މެންބަރު ހުންނެވީ ވާރެއާ ތެމޭށެވެ.
އެއްކަލަ ފާޑުކިޔަން ތިބި މީހުންގެ ފާޑުކިއުންވީ ބޮޑެވެ. އަވިދޭ ވަގުތު ގޮސް ގަސްތައް ކަނޑާލީއޭ ކިޔައިފަ އެވެ. ގަހަކަށް ފެން ދޭން ވަޒީރު ވަޑައިގަންނަވަނީ ވިއްސާރަވެ, ގަހަށް ފެން ލިބޭ ގަޑީގަ އެވެ.
މަޖާ ދޯ އެވެ. ސަރުކާރުގެ ޕީއާރު ޓީމެވެ. ތަންކޮޅެއް ރަނގަޅުކޮށްލާށެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
5 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2