ދިވެހިންގެ ތެރޭގައި މަގްބޫލު، އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ. މެޒޯ ނިޔާވިތާ އަހަރެއްހާ ދުވަސް ވެފައިވާއިރު އޭނާގެ ހަނދާންތައް އަދިވެސް ނުފިލާކަން މެޒޯގެ އެންމެ ގާތް އެއް އެކުވެރިޔާ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ފޭސްބުކްގައި ލިޔުނު ޕޯސްޓަކުން އެކަނިވެސް އެނގެއެވެ.
''މެޒޯ ވަކިވިތާ އަހަރެއް، އެކަމަކު މެޒޯ އަޑުނާހާ ދުވަހެއް ނާދޭ، ނިމުމެއް ނެތް ހަނދާންތަކެއް'' މެޒޯގެ ހަނދާންތައް އާކޮށް މަރުޒޫގް އެފްބީގައި ލިޔުނު ޕޯސްޓެއްގައި ބުންޏެވެ.
މަރްޒޫގަށް މެޒޯއާ އެންމެ ފަހުން ބައްދަލުވީ މެޒޯ ނިޔާވުމުގެ 45 މިނިޓް ކުރިންނެވެ. އެ 45 މިނިޓް ކުރިން ނެގި ފޮޓޯ މަރްޒޫގް ވަނީ މެޒޯ ނިޔާވި ދުވަހު ފޭސްބުކްގައި ހިއްސާކޮށްފައެވެ. މަރުޒޫގް އެ ފޮޓޯ ނެގީ ކޮފީއެއްގައި ތިބެފަ އެވެ.
މެޒޯ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޔުޒިކް އާޓިސްޓެވެ. އޭނާގެ އަމިއްލަ ރާގުތަކުގެ ލަވަތައް 1990 އާއި 2000ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ އެވެ. އަދި އޭނާއަކީ މިޔުޒިކަށް ހާއްސަ ޗެނެލް، އެމްޓީވީގައި ލަވައެއް ދެއްކި ދިވެހި ފުރަތަމަ ފަންނާނު ވެސް މެ އެވެ.
މެޒޯގެ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާ" އާއި "ޖިސްމު" އާއި "ރޯނުއެދުރު" އާއި "އެޅި މިކަނޑުމަތި" އާއި "އަކިރި ދެމޭ" އާއި "އުޑުން ތަރިތައް" އަދި "ވިސްނާ ވިސްނާ" ގެ އިތުރުން "ދާނޭހޭ ތިހަނދާން ފިލާ" ފަދަ ލަވަތަކެވެ.
0%
0%
0%
0%
0%
6 ދުވަސް ކުރި
0
4 ފެބުރުވަރީ 2026
0
3 ފެބުރުވަރީ 2026
0
29 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2