ފޮޓޯ: ބީއެމްއެލް
ޑެެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް ބީއެމްއެލުން ބޮޑުކުރީ މި އަހަރުގެ ޖުލައި މަހު އެވެ. ޖުލައި އެއްވަނަ ދުވަހު ބޭންކުން ބަޔާނެއް ނެރޭ ޑެބިޓު ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރިކަން ވަނީ ހާމަކޮށްފަ އެވެ. އެ ލިމިޓް ބޭނުންކުރެވުނީ 4 މަސް ދުވަހަށެވެ.
ވީނުވީއެއް ނޭނގި ޑޮލަރު ލިމިޓް ކުއްލިއަކަށް މި ވަނީ ކުޑަކޮށްފަ އެވެ. ކުރިން ލިމިޓުގެ ގޮތުގައި ދެމުން އައި 500 ޑޮލަރުގެ ބަދަލުގައި މިހާރު ލިމިޓް ކުޑަކުރީ 250 ޑޮލަރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލުން އާއްމުކުރި ޕްރެސް ރިލީޒް އެއްގައިވާ ގޮތުން އީ-ކޮމާސް ޕްލެޓް ފޯމުން ވިޔަފާރިކުރެވޭ ލިމިޓް ވަނީ 250 ޑޮޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ބީއެމްއެލުން ބުނެފައިވާ ގޮތުން ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަށް ކަމަށެވެ.
އެހެންކަމުން ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (ޓީމ،ޫ ޝީއިނ،ް އަލިބާބ،ާ އަލި އެކްސްޕްރެސ،ް ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު 30 ޕަސެންޓާ އާ ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެ އެވެ.
Whats happening with BeeEmEl pic.twitter.com/LAKnOfEJzO — Alex Ahmed (#mdp2023) (@SikkaMohoree) December 13, 2025
އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނެ އެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެ އެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި ބަލަނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށެވެ.
ބީއެމްއެލުން ލިމިޓް ކަނޑާލުމުން ގިނަ ބަޔަކު ދަނީ އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓައް ލިޔަމުންނެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2